ހުޅުމާލޭގެ މަގެއްގައި ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ނަގަނީ .-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
01 ޖުލައި 2025 - 12:12
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 420 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ އެންމެ ހަލަބޮލި، ދެ މަގުގައި، އާއްމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވުމުން ފުލުހުން ވަނީ މިދިޔަ މަހުން ފެށިގެން އެ ދެ މަގުން ވެހިކަލް ޓޯކުރަން ފަށައިފަ އެވެ.
ފުލުހުން މިއަދު ވަނީ މިދިޔަ މަހުގެ 12 އިން 30 އަށް އެ ދެ މަގުން ޓޯކުރި އުޅަނދުތަކުގެ އަދަދު އާންމުކޮށްފަ އެވެ.
- 216 ސައިކަލު
- ހަތަރު ފުރޮޅުލީ ދެ އުޅަނދު
- ތަކުރާރުކޮށް އެއް ސައިކަލު ޓޯކުރި
- 164 ސައިކަލު
- ހަތަރު ފުރޮޅުލީ 64 އުޅަނދު
- ތަކުރާރުކޮށް އެއް ކާރު ޓޯކުރި
ޖުމްލަ 420 އުޅަނދެއް ޓޯކޮށްފައި ވާއިރު، އެ ދެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ފުލުހުން ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ބަހައްޓާފައި ހުރެ އެވެ.
ފުލުހުން ބުނެފައި ވަނީ އެ ދެ މަގުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.
ފިހާރަތައް ގިނަ މަޖީދީ މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ފުލުހުން އެދެނީ ޕާކިން ޒޯނުގައި ޕާކުކުރުމަށެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ވެހިކަލް ޕާކުކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވިޔަނި
01 July 2025
ބިދޭސިންގެ ކަންކަން ހައްދުން ނައްޓާފަ ހުރީ މާލޭގައި އެކަން ބަލާނެބަޔަކު ނެތް ހިތުހުހާގޮތަކައް ކަންކަންމަތީގައި ޕާކުކޮއްހަދާ ފިޔަވަޅެއްނޭޅެ ދިވެހިންނައްވުރެ ދުއްޕާންބޮޑު ދެފުރޮޅެއް ހަތަރު ފުރޮޅެއްކިޔާނެ ކަމެއްނެތް ގަވައިދާހިލާފް ވެއްޖިއްޔާ ފިޔަވަޅު އެލެންވާނެ ހަމަސާބަސް ތިކުރާ މަސައްކަތައް
ގައުމިއްޔަތު
01 July 2025
ގިނަވާނީ ސްކޭމް ގަރާޖްތަކުގެ ސާމާނު ދެއްތޮ؟
ޕީ އެން ސީ
01 July 2025
އެއްމެ މަދުމިންގަނޑުން ބެއްޔަސް މީރާއަށް ތިންލައްކަ ފަންސާސްހާ ލިބުނީއެވެ
ކޮރަލް
01 July 2025
ޓޯ ކުރާ ވެހިކަލް އަކީ ގަވާއިދާ ހިލާފް ވެގެން ވަގުތި ގޮތުން ފުލުހުންނާ ހަވާލު ކުރެވޭ އުޅަނދެކެވެ. ފުލުހުންގެ ބެލުމުގެ ދަށުގަ ހުއްޓަ ގެއްލުމެއް ލިބޭނަމަ އެމީހުން ޒިންމާ ވާން ޖެހޭނެ އެވެ. ގެއްލުމުގެ ބަދަލު ކޯޓް އަށް ގޮސް ގެންވެސް ހޯދަން ވީ އެވެ.
މސދސރ
01 July 2025
އަދިވެސް ޓޯކުރާވަރު މަދީ.. ހަފްތާއަކު އެއްފަހަރު ވެހިކަލްތަށް ޓޯކުރާނަމަ ޖެހުނުގޮތަކަށް ޕާކްކުރަކަށްނުކެރޭނެ.
ޕޮލިހުން މާ ހިތްހެވީ
01 July 2025
ރަނގަޅު ވާހަކައެއް ގޯޅިކަންމަތި ލަނބާލާ ފަޅީގަ ޕާކްކޮށްފަ އެބަދޭ. ބޮޑެތި ވެހިކަލް އައިސް ޓާރން ނަގަނީ ކިހިނެއް؟
ސަނީސައިޑްބޮންޑް
01 July 2025
މިހާރުވެސް ރަނގަޅު ޕަބްލިކްޓްރާންސްޕޯރޓްސިސްޓަމަކާއި ފަސޭހަކަމާއެކުމަގުތަކުގަ ހިނގޭގޮތަށް ހަދާބަލަ، އަހަރެމެން ސައިކަލްދުއްވުން ހުއްޓާލާނަން.
އަދި ކުރިޔަށްއޮތީ
01 July 2025
ހަގީގަތުގަވެސް މިސައިކަލްކުޅި މިވަރު ކުޑަތަނެއްގަ ހުއްޓަންވެއްޖެ މިހާރު.
އަލީ!
01 July 2025
ހަމަ ނަގަންވީ، ކަންމަތިތަކުގައިވެސް ޖެހުނުގޮތަކަށް ޕާކުކުރާ ސައިކަލްތަށް ޓޯކުރަންވީ..ފުލުހުން އަޅާނުލާތީ ގޮތެއްފޮތެއްނޯވެ މިހާރު
ނަވީން
01 July 2025
އަމީނީމަގާއި ހިލާލީމަގުގުޅޭ ކަންމަތިން ނުނަގަނީ ކީއްވެތަ؟
އަވީން
01 July 2025
ބުޜޯ، ސައިޒުން ކޮމެންޓު ކޮށްބަލަ
އ
01 July 2025
ތިބުނީ ދެހަފްތާ ތެރޭ 315000ރ ލިބުނު ވާހަކައެއްނުން... ވިސްނާލަބަލަ ތިކަން ކުރާ އެހެން ގައުމެއް? ކޮބާ ނަތީއްޖާ އަކީ?..
އާދަނު33
01 July 2025
އެހެންޤައުމުތަކުގެ މީހުން މިޤައުމު މީހުންހާ ގޮތެއްފޮތެއްނެތިގެން ޖެހުނުތަކު ޕާކުކޮށެއްނޫޅޭ.. އަދި އެގޮތަށް ޕާކުކުރާނަމަ މިއައްވުރެން މާހަރުކަށިވާނެ.
ތިމާވެށި
01 July 2025
ދެރަ ނުވާށެވެ. ފުލުހުން ދުއްވާ ޕްރައިވެޓް ސައިކަލް އާ ވެހިކަލް ޓޯ ނުކުރާނެ އެވެ. އެމީހުންނަށް އެނގޭނެ އެވެ.
ކޮރަލް
01 July 2025
ތިޔަވަރަށް ޓޯ ކޮށް މިލިއަނުން ފައިސާ ލިބޭ އިރު ޓޯ ޔާޑް ގެ ހާލަތު ރަނގަޅު ނުވަނީ ކީއްވެތޯ އެވެ.؟ އަގު ބޮޑުތަކެތި ( ވެހިކަލް ) ހުންނަނީ ދޭހާ ވާރެއާ އަވީގަ އެވެ. ދެން ސްޕއެއަރ ގެއްލޭ ވާހަކަ އަކީ އާއްމު ވާހަކަ އެކެވެ. ނީލަމަށް ލާއިރު ހުންނަނީ މައިގަނޑު އެކަންޔެވެ.
ރާވެރިބެ
01 July 2025
ޖުރިމާނާ ފައިސާ އިންވެސް ދަރަނި ދެއްކުމާ ސިޔާސީ މީހުންގެ މުސާރަ ހަމަޖައްސަން ޖެހެޔޭ. ދެނޯ
ގާދުން
01 July 2025
ޓޯ ކުރާ ވެހިކަލް އެހެން ރައްކާތެރިކަމާއެކު ބާއްވާނަމަ މަގޭ ވެހިކަލް ގެންދިޔަސް އޯކޭ
މުއައްސަސާތަކުގެ ފެންވަރު.
01 July 2025
ޓޯކުރަން ހަމަ އެފޯކްލިފްޓް. އަދި އަތުންވެސް ގެންދާނެ. ފެންވަރު މަތިވަނީ ސަނަދުތަކުގެ. ދޭ ޚިދްމަތް އަދި ތަރައްގީކުރުން ސުމެއް.