ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ
01 ޖުލައި 2025 - 18:53
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރެޖިސްޓްރީތައް ބާތިލްކޮށް އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކޮށް ގިރާވަރު ފަޅުގެ ގޯތިތައް ގުޅިފަޅުން މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައަޅަން އަލުން ވަނީ ގުރުއަތު ނަގައިފަ އެވެ.
ގުޅިފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭން.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.
މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި އަދަދަކަށް ކަމަށް އިއުލާނުގައިވެ އެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
- ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީ
- ބަދަލުގައި ދާ ފަރާތެއް ނަމަ ނޮޓަރައިޒްކޮށްފައިވާ ޕަވާ އޮފް އެޓާނީ އަދި އައިޑީ ކާޑު ކޮޕީ
- ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީ
މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓްގެ ގަޑިއަށްވުރެ ފަސް މިނެޓް ލަސްވެއްޖެ ނުވަތަ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންރަހާ
02 July 2025
ފަރެސްމާތޮޑާ މީހަކު ބޭނުންވިޔަކަސް ދައުލަތުން ދޫކޮށްފާ އޮތް ލިޔެކިޔުމެއް ބާތިލެއް ނުކުރެވޭނެ. ކުރީ ސަރުކާރުން ދިން ގޯތީގެ ރެޖިސްތްރީ ބާތިލު ކުެރެވޭނީ ކޯޓު ހުކުމަކުން. މިކަން ކި ކުރާ ބަޔަކަށް އިގޭނެ މި ކުރެވެނީ ކީއްކުރަން ކަން. ގޯތި ނުދީ ލަސް ކުރެވެން ްޮތީ މިހެން ހަދާ އަދި ބަޔަކު ކޯތަށް ގޮސް މިކަން ހުއްޓުވަން އަމުރެއް ހޯދަން އުޅެ، އެ އަމުރު ދީފިނަމަ، މުޅި އެތި ބުރަކި ޖެހޭނެ ކަން މިބައި މީހުންނަށް އިނގޭ!
ހަހަ
02 July 2025
ކޮންމެހެން ރައްޔިތައް ފައިދާ އަށް ނޫން. ރީދޫ ފިކުރު މީހުން ބޭނުންވާނީ ދިގު ދަންމަން ކަންކަން ހުއްޓުވަން. ކުރިޔަ ނުދެން. ކާކުތަ ރެޖިސްޓްރި ބާތިލުކުރަނީ. ހައްޤައް ދީފައި އޮތް ގޯއްޗަކަށް ގޯއްޗެއް. ގިރާވަރު ފެންގަނޑުންވެސް ގިނަ ބަޔަކަށް ހިކި ތަނުން ފުރުޞަތު. ރެޖިސްޓރީ ހިފައިގެން ވޯޓަރ ބަގަލޯ އަޅާގެން ތިބެ ބަ
90909999
02 July 2025
ފެންނެން ކަރަންޓް ނެތް ދެވޭނެ ގޮތެއް ނެތް ތަނަކަށް ނުކިޔާނެ ގޯއްޗެކޭ. ދެން ގިރާވަރު ގޯތި ތަކުްނ ފާނަ ބޭނޭނެ. އިންފާރު ރާނާނީ ބޮއިން! އިންސާނުން ދިރިއުޅެވޭ ތަނުން ދޭ ބިމަށް ގޯއްޗޭ ކިޔަނީ. ކަލޭމެންވެސް އޮޅުވާ ނުލާބަލަ
ސަރުކާރަށް އިތުބާރު ގެއްލިއްޖެ
02 July 2025
ގުރުނެގީވެސް ތިތާ މުވައްޒަފުން! ތިކަންވެސް އެގޮތަށްކޮށްލާ! މި ސަރުކާރުން 2 ފަހަރު ގުރު ނަގައިފި. ރަޖިސްޓަރީ ކިތައް ފަހަރު ބަދަލުކުތޭނެ ކަމެއް ނޭނގެ. އިތުބާރު ގެއްލިއްޖެ! އެމީހަމަކަށް ގޯތި ލިބިފަ އޮތްތާކުން ގޯތި ދެއްވާނަމާ ރައީސް ވިދާޅުވި ބަސްފުޅާ ހިލާފިވެއްޖެ!
ވާންވީ
01 July 2025
ރަންކޮޅާ ކޮންމެސް އިންސާނަކަށް ފަސޭހަގޮތަކަށް ކަމެއް ނުކުރާތި އިނގޭ.. ކުރިން ސަރުކާރުގަ ވެސް ރަޖިސްޓްރީ ދިނޭ.. ތިޔަ އެޕޮއިންޓްމެންޓެއް ބޭނުމެއް ނުވި !!
45689
02 July 2025
ކިޔުގަ ޖެހި ދުވާލު ބޮޑުބައި (5 ގަޑިއިރު) ދަރުބާރުގޭގެ ގޮނޑިއަކަށް ފޫހަރައިގެން ތިބެން ދޯ ޖެހުނީ. ހެޔޮ އެއްގޮތެއް ނޯންނާނެ. އެހެން ހެދިއަސް ގޯސް މިހެން ހެދިއަސް ގޯސް. އުޑު ބޮލަށް ނުވެއްޓޭތީވެސް ގޯސް ވެއްޓުނަސް ގޯސް.
ދައިގަންނަގުރާ
01 July 2025
މި ޕްލޭނު ބަދަލުވާނެ ދެން އަންނަ ދައުރުގަ. މުހިއްމުކަންކަން ތިއްބާ އަދިވެސް ޑޮލަރު ދީފަ ބިން ހިއްކުމައިގެން. ބަންކަރިންގެ އަޕްޑޭޓުތައްވެސް ނުލިބޭ. ލިބޭ ފައިސާގެ އަދަދެއްވެސް ނޭގެ! މި ކުނި މާލޭ ސަރަހައްދުގެ ބިން އަގުބޮޑު އެމެރިކާގެ އެލް.އޭ އަށްވުރެ. ބަލާބަލަ މިހާރުވެސް 55 މިލިއަންޑޮލަރެއްގެ ގެއެއް ހުންނާނީ 10 އޭކަރު ބިމެއްގަ. އަކަފޫޓަކަށް ޖެހޭ އަދަދު މިތަނަށްވުރެ ބޮޑުތަން ކުޑަ.
ލލލލލ
02 July 2025
އަޕްޑޭޓު ހޯދަން އައިކޮމް އަށް ފޯމު ލީންތަ؟ ލީނަމަ ލިބުނީސް. ރައީސުލް ޖުމްހޫރިއްޔާގެ ވަޒީފާ ބަޔާން ޤާނޫނު އަސާސީގެ 4 ވަނަ ބާބުގަ އޮންނާނެ. އޭގަ ނޯންނާނެ ސްޓެޓިސްޓިކްސް ރައްޔިތު މީހާއަށް ފޯރުކޮށް ދިނުމެއް.
އޮނަރަބްލް އަފީފު ދީދީ
01 July 2025
ފަޅަކަށް ފަހު ފަޅެއް ކަނޑަކަށް ފަހު ކަނޑަކަށް ދިވެހި ދައުލަތުގެ ޙަޒާނާ އަޅާ ހުސްކޮށް ކ.އަތޮޅު މާލެ ވަށައިގެން ހުރި ކަނޑު ފަޅު ހިއްކާފައި "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.އަތޮޅު މާލޭގެ ބިން ވެރިންނާއި އެމީހުންގެ ދަރިންނަށް ބަހާ ހުސްކުރަނީ ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްރަށުގެ ތެރެއިން ކ.އަތޮޅު މާލެއަށްވުރެން ބޮޑު އަދި މީހުން ދިރިއުޅޭ އެފަދަ ރަށްތައް ނެތިގެނެއްނޫން. މިކަންކަން ކުރަނީ ކ. ޢަތޮޅު މާލޭމީހުންގެ އަމިއްލަ އެދުމަށް.
8965
02 July 2025
ދަރިޔާ ދޫންޏާ! 2023 ވަނަ އަހަރު ރިޔާސީ ކެމްޕޭނަށް އޭރު ހުންނެވި ރައީސް އޭނާއަށް ވާރުތައިން ލިބިފަ އޮތް ހުޅުމާލެ ބިމާއި މާލެއާ ކައިރި ފަޅުތަކާ ކަނޑުތައް ބައި އަޅައި ބަހާލީ ދައުލަތުގެ ނަމުގައި. އެހެންވީމަ ދައުލަތް ހިންގުމަށް ހަވާލުވާ ކޮންމެ މީހަކަށް ލާޒިމުވާނެ ނޫންތަ ދައުލަތުން ވީ ވައުދެއް ފުއްދަން. ތިޔަ ކުދިން މާ މާތް ބައެއްކަމަށް ބަޔަކު ވެރިކަމަށް ލިއެއްކަމަކު އެއީ ހަމަ ބާގީން. އޭގެން ނުކުންނާނީ އެތެރޭގަ ހުރިއެއްޗެއް.
ގާކޮށި
01 July 2025
ކޮބައިހޭ އަހަރެމެންގެ ފުލެޓްތައް. ފުލެޓްތައް ނުދެވެންޏާ ތިޔަތަނުން ބިމެއް ދޭންވީނުން. ބިމެއް ލިބެންޏާ އަހަރެމެންވެސް ބޭނުންވަނީ 25 ބުރިއަށް ހިއްލާލެވޭވަރުގެ ބިމެއް. ކުޑަކުޑަ ފުލެޓްގަނޑެއް ބޭނުމެއްނޫން.
ނުލިބުނުލިމިޓު
01 July 2025
ފާޑުފާޑުގެ ހަބަރު ހަދައިގެން މިއުޅެނީ ހިތުން ދެބޯގެރިދުއްވައިގެން ޑޮލަރު ލިމިޓުގެ ވާހަކަ އޮއްބާލަންތަ. ޢިރާދަކުރެއްވިއްޔާ އެކަމެއް ނުވާނެ
ޢަރުތަ
01 July 2025
ޑޮލަރުގެ ވާހަކަ އެކައްޏެއް ނޫން، ކައުންސިލް އިންތިޚާބު ބޯމަތި ވާތީވެ އެކަމާ އެ ތެޅިގަތީ، ބޮޑުކޮށް ސޮރީ.