މީހަ ލޭ ހަދިޔާ ކުރަނީ--
05 ޖުލައި 2025 - 13:51
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތް ހޯދަން ފަސޭހަ ކުރުމަށް ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފި އެވެ.
އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހޮޓްލައިން ނަންބަރަކީ 7333645 ކަމަށާއި އެތަން ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަމްބަރުން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި މި ނަންބަރުން ވައިބަ އާއި ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކުރެވޭނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.
އެމްބީއެސް އާއި އެތަނުގެ ދަށުން ހިންގާ ތެލަސީމިއާ ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިދިޔަ މެއި މަހު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފަ އެވެ. އަދި އެ ދެތަން މިހާރު ވަނީ މާލެ ސިޓީ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކޮށްފަ އެވެ.
އާ ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށާއި ލޭ އަޅާ ބަލިމީހުންނަށް ހާއްސަ ޖެނެރަލް ވޯޑެއް ހުރެ އެވެ. ކުޑަކުދިންނަށް ހާއްސަ ވޯޑެއްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑެއް ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޖޭ
05 July 2025
މޯލްޑިވިއަން ބްލަޑް ސާވިސަސް ހޮޓްލައިން އިން މައުލޫމާތު ސާފުކުރުން ނޫން ކަމެއް ކޮށްނުދޭތަ؟ ލޭ ދޭ މީހުންނާ ގުޅުވާ ނުދޭތަ؟