ރާއްޖެއިން އެކްސްޕޯޓުކުރާ މަސް ޗައިނާއިން ދަޅުގައި ބަންދުކޮށް، މަސްދަޅުތަކުގެ ސާމްޕަލް ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް ހަދިޔާކުރަނީ.
05 ޖުލައި 2025 - 17:57
ރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާ ކުންފުންނަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ.
އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެ، ޝިޔާމް ވަނީ މިއީ ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.
ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް އެ ކުންފުނިން ވަނީ އެ މަސްދަޅުތަކުގެ ސާމްޕަލް ދައްކާލައިފަ އެވެ.
Thrilled to congratulate Weihai QZ Blusea Foods Co. Ltd. and the Jingweidao brand team for successfully producing the first sample batch of canned tuna made from Maldives-caught fish. These samples were presented to the Maldives Ambassador to China, HE Fazeel Najeeb, @MDVinChina.… pic.twitter.com/TrqFhYSE3d
— Ahmed Shiyam (@Shiyamaldives) July 5, 2025
"މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ލިޔުއްވާފައިވެ އެވެ.
ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.
ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯރި،
06 July 2025
ދެން ތި މަސްދަޅު މިތަނަށް ގެނެސް ދިވެހިންނަށް ވިއްކާށެވެ. ޑިއުޓީ ފްރީކޮށް ގެނެވުނީމަ އަގު ހެޔޮކޮށް ވިއްކޭނެ. މިފްކޯއިން ރޯމަސް ބޭރުކޮށްލަކޮށްލާ ތިބެށޭވެ. .. ރާކަނިމަސް ކެވިފަ ހުންނާނީ
މުޑަހަންޖާ
06 July 2025
ތިއަކު ކޮބާ މާ އާދައާ ހިލާފުކަމެއް؟ އިންޑޮނޭސިއާއިން ލަކުޑި ގެނެސްގެން ދިވެހިން ފަރުނީޗަރު ޖަހާފަ އެބަ ވިއްކާ. އިންޑިއާއިން ފުށްގެނެސްގެން ހެދިކާ ހަދާފަ އެބަވިއްކާ. މިޒަމާނުގަ މަތިންދާބޯޓެއް ހެދެނީވެސް ވިހިތިރީސް ގައުމުން އޭތިމީތި އެއްކޮށްގެން. ދުނިޔޭގެ އާޖުފާޖުކިޔާ މާއްދާއެއް މަދުރަސާތަކުގަ ކިޔަވަދިނުން މުހިންމު.
ހޮޓްކިންގ
05 July 2025
މިވެރިން ހަމަ ލަދެއްވެސް ނުގަނޭ އަނގައިންވެސް ދެރައެއްނުވޭ. ބަލަ ރާއްޖޭން އެކްސްޕޯރޓްކުރާމަސް ޗައިނާގެ ކުންފުންޏަކުން ޗައިނާގައި ބަންދުކޮށް އެމީހުން އޭގެ ފައިދާ ނަގަމުން ދިޔައިމާ އެއީ ރައީސްގެ އިގްތިޞާދީ ވިސްނުންފުޅުގެ މޮޅުކަމޭ ކިޔާ އެތިބީ އެވާހަކަ ދައްކަން. މިދެން .. ތިއްބަސް ބޮޑުވަރު.
ގުލަޓު ފިޝް
05 July 2025
ޙަލާލު ޖަހާތި ދަޅު ބޭރުގައި، އެކަމުގެ ޓެސްޓު އިސްލާމިލް މިނިސްޓުރީން ހަދައިގެން.
ޢަރުތަ
05 July 2025
"ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެ އެވެ". އަހުން ހީކުރީ އަނެއްކާ އަނެއް ރެކޯޑު މުގުރާލީކަމަށް.
ދެލކި
05 July 2025
ތިއޮތީ ގައުމު ހިންގިފަ. އަތްޖަހާ މީހުން ކޮނޑުހުޅު ނެއްޓެންދެން އަތްޖަހާ!
ޢަރުތަ
05 July 2025
އަނެއްކާ އަނެއް މެގަ ޕްރޮޖެކްޓް، އެވެސް އަނެއްކާ ރައީސް ގެ އިރުޝާދާ ވިސްނުން ފުޅާއެކީ، ސާބަހޭ ރައީސް.
ކަނބުރުގެ
05 July 2025
ތިވެސް ގޮތެއް. ދެން ކުރަންވީ ކަމަކީ ރާއްޖެއިން ރޯމެޓީރިއަލް (ރޯމަސް) އަގުބޮޑުކޮށް ވިއްކަންވީ. އެއީ ރާއްޖެއިން އުފައްދާ ދަޅުމަސް އަގުހެޔޮކޮށް ނުގަނެވޭއިރު ރޯމަސް އަގުހެޔޮކޮށް ގަނެ ދަޅުގަ ބަންދުކޮށް ބޮޑުއަގުގަ ވިއްކެންވީ ވަކި ސަބަބެއް ނެތީމަ .
ޢަލްޓިކޯ
05 July 2025
ދެއުޅި އެއްނުވާ ކަމެއްވިއްޔާކުރާނެ.ބަހައްޓާ އަތާހަމަޔަށް އަންނަންދެން 5 އަހަރު 3 އަހަރަށް ވަނީ ޖަވާބުލިބޭނެ
އަހަންމާ.
05 July 2025
ދެއުޅި އެއްނުވުމަށް ވުރެ އަޖައިބުވަނީ، ތި ފަޒީލް ނަޖީބުމެން
ޗޫޤީ
05 July 2025
އަހަންނަކަށް ނޭނގެ ދިވެހިރާއްޖޭގެ ވެރިން އިކޮނޮމިކްސް ކިޔަވައިގެން މިއުޅެނީ ކޮން ފޮތަކުންކަމެއް. އެންމެ ފުރަތަމަ ރިޔާސީ ކޮމިޝަނެެއް އެކުލަވާލަންވީ މިމީހުންނަށް އިކޮނޮމިކްސް ކިޔަވައިދިން މީހަކު ހޯދަން. ރާއްޖެއަށް އާމްދަނީ އިތުރުކުރެވެން އޮތްމަގުވެސް ދިގުކަމުން އެއޮތީ ކުރުކޮށްލާފައި. އަހަރެންގެ ހިތްބުނަނީ މިގައުމުގެ ވެރިކަން ޢުމަރު ނަސީރުއާ ހަވާލުކޮށްގެން މެނުވީ ދެން ގައުމުގެ އިގުތިސޯދު ސަލާމަތެއް ނުވާނެކަމަށް.
ކުދުބެއްޔާ
05 July 2025
މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ވިދާޅުވިޔަސް މީގެން އިތުރުނަފާ ނަގަނީ ދިވެހިންނެއްނޫނެވެ. މިކަމުން އިތުރު ފައިދާ ލިބޭނީ ޗައިނާ ކުންފުންޏަކަށެވެ.