ރާއްޖޭގެ ކަނޑުގައި ބާނާ މަސް ޗައިނާގައި ދަޅުގައި ބަންދުކޮށްފައި.
06 ޖުލައި 2025 - 13:53
ރާއްޖޭން ބާނާ ކަނޑުމަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވުމަކީ މާކެޓްތަކުން ރާއްޖެއަށް ލިބޭ ފައިދާ ކުޑަވާނެ ގޮތެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ. އެކަމަށް މަރުހަބާ ދަންނަވައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ އެއީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއް ކަމަށެެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.
"މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ލިއުއްވާފައިވެ އެވެ.
އެކަމަކު މިއީ ރާއްޖެއަށް ފައިދާ ކުޑަ ގޮތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެ މީހުން ދެކޭ ގޮތުގައި ރޯމަސް އެކްސްޕޯޓްކޮށް، ބޮޑު ބައެއް ރިޖެކްޓްކޮށްގެން އޭގެއިން ނާޖައިޒު ފައިދާ ހޯދަން ލިބުނު ބޮޑު ކާމިޔާބީއަކަށް އެކަން ވެދާނެ އެވެ. އަދި ރާއްޖޭން ބާނާ މަސް ދަޅުގައި ބަންދުކޮށްފައި ވިއްކާ ނަމަ، އެއިން ލިބޭ މަންފާ ދެން ޗައިނާ އިން ނުލިބޭނެ ކަމަށާއި އެ ގައުމުން ފަޅު މަސް ވިއްކާ ގައުމުތަކަށް އަގު ހެޔޮކޮށް ވިއްކާ ނަމަ، އެ ގައުމުތައް މެދުވެރިކޮށް ރާއްޖެއަށް ލިބެންޖެހޭ ނަފާ ނުލިބޭނެ ކަމަށް ބުންޏެެވެ.
އެއީ، އެ މާކެޓުތަކުން ރާއްޖެއަށް ލިބޭ ފައިދާ ކުޑަވާނެ ކަމަށް ބުނެ ވެސް ނުރުހުންފާޅުކުރި އެވެ.
އެކްސްގައި ލޫކަސް ޖަލީލް ލިއެފައިވާ ގޮތުގައި މިކަން ކާމިޔާބީއަކަށް ވާނީ މިފްކޯގެ ފަސްމީރު މަސްދަޅު ޗައިނާއަށް އެކްސްޕޯޓުކޮށް ދުނިޔޭގެ ބާޒާރަށް ނެރުމުންނެވެ.
އަތްޖަހަންވީ ސަބަބެއް ނުވިސްނުނެވެ. ކާމިޔާބަކަށް ވާނީ ފަސްމީރު މަސްދަޅު ޗައިނާއަށް އެކްސްޕޯޓް ކުރެވުމެވެ. އަދި ދުނިޔޭގެ ބާޒާރަށް ނެރުމެވެ. “މޯލްޑިވް ފިޝް” ޖަހާފައި އެހެން ގައުމުތަކުން އުފައްދާ ސަންބޯލްގެ ބަދަލުގައި މޯލްޑިވްސްގައި އުފައްދާ ސަންބޯލް ދުނިޔޭގެ މާކެޓަށް ނެރެވުމެވެ… pic.twitter.com/GRcCYT0YV6
— Luke (@lucasjalyl) July 5, 2025
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އެކްސްގައި ވިދާޅުވީ ޗައިނާ އިން ދަޅުގައި ބަންދުކޮށް، ލޭބަލް ޖަހައިގެން ދުނިޔޭގެ މާކެޓަށް ރާއްޖޭގެ މަސް ވިއްކުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފްކޯއަށް ބޭރުގެ އޯޑަރެއް ނުލިބޭތާ އެތައް މަހެއްވެ، ދަޅު މަސް ނެރެނީ ހަމައެކަނި ރާއްޖޭގެ މާކެޓަށެވެ.
މަސް ފެކްޓްރީ ހިންގަނީ ގެއްލުމުގައި ކަމަށާއި މަހުގެ އަގުތައް ވެސް ދަށްވުމުގެ ސަބަބުން އޭގެ އުނދަގޫ މަސްވެރިންނަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާއާ އެކު ހެދި އެއްބަސްވުމަކީ މަސްވެރިންގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަކަށް ވިޔަސް އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތު ގެނބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެކްސްޕޯޓު ކުރާއިރު ވެލިއު އެޑް ނުކުރާ ނަމަ، އޭގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށާއި އޭގެ ފައިދާވާނީ އެހެން ބަޔަކަށް ކަމަށް އަމްރު ވިދާޅުވި އެވެ.
This is not something Maldives should be thrilled about. We are exporting raw fish under FTA. China cans it, labels it and sells to the global market.
— Amr 🎈 (@HusenAmr) July 5, 2025
And we get a clap by the Minister
Who's going to talk about the fact that:
- Mifco has had no foreign orders for months - only… https://t.co/y8KuXrsHk7
އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭން ހިތްވަރު ދޭންވާނީ ޑޮމެސްޓިކް ޕްރޮސެސިން އާއި ވެލި އެޑެޑް ޕްރޮޑަކްޝަނަށް ކަމަށެވެ. ރާއްޖޭން ރޯމަސް އެކްސްޕޯޓުކޮށް، އެ ގައުމުތަކުން ވެލިއު އެޑްވާނެ މަސައްކަތްތައް ކުރަން ފުރުސަތުދޭ ނަމަ، ފަގީރު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނީ ކަމަށް ވިދާޅުވި އެވެ.
Maldives should be encouraging domestic processing & value-added production of our fish. We will remain a poor country if we continue to export raw fish for others to do the value addition. Learn from Indonesia's ore export ban & its positive outcome.
— Umar Naseer (@UmarNaseerMV) July 5, 2025
އެހެން މީހަކު ވެސް ބުނެފައިވާ ގޮތުގައި އެއީ ކާމިޔާބީއެއް ނޫން ކަމަށާއި ރާއްޖެއިން ރޯ މަސް ފޮނުވުމުން އެ ޕްރޮސެސްކޮޮށް އެއިން ފައިދާ ނަގަނީ އެ ގައުމުންނެވެ. ހަމަ އެއާއެކު ރާއްޖޭގެ ޓެރިފް ފައިސާ ގެއްލޭ ކަމަށް ބުނެ މީހުން ނުރުހުން ފާޅުކުރި އެވެ.
Maldivian fish being packed in China under FTA? That’s not success it’s outsourcing value addition & jobs we badly need at home. We export raw fish, they profit off processing. Meanwhile, Maldives loses millions in tariff revenue & piles on more Chinese debt. That’s not ‘new…
— Assan (@assan_official) July 5, 2025
އެ ޚަބަރަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ޗައިނާގެ ކުންފުންޏަކަށް ވުރެ، ރާއްޖޭން އިތުރު މަސް ފެކްޓްރީއެއް ހަދައިގެން ކުރިއަށް ދިއުމަކީ ވެސް ރަނގަޅު ގޮތެކެވެ. ނުވަތަ މިފްކޯ އިން މިހާރު ހިންގަމުން އަންނަ މަސް ފެކްޓްރީގައި ވަސީލަތްތައް އިތުރުކޮށް އެތަނުގެ ހިންގުން ހަރުދާނާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.
ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްދަޅު
07 July 2025
ރާއްޖޭގައި ތަންތަނުގެ ވެރިންނަށް ލާފައި ތިބެނީ ރޯނުއެދުރުން އަދި މިވެރިންނަށް ކަޓު ނުލިބެންޏާ ނުކުރާނެ...މިއީ ދޮގެއްތަ؟
ޝޮކްތެރަޕީ
06 July 2025
މިހާރު ދެގޮތުންވެސް ފައިދާ އެބަލިބޭ. މަސްވެރިން ބާނާމަސް ބޭނުންވަރައްކަށް ބާންނަންވީ. ލިބޭނެ ގެއްލުމެއް ނެއް އިންޝާﷲ
ހައްގުބަސް.
06 July 2025
ލިބޭނެ ގެއްލުމެއް ނުވިސްނުނު.
މަރުމޯލު
06 July 2025
މޯލްޑިވިއަން ޓޫނާ އަކަށްވަނީ ރާއްޖޭގެ ކަނޑުން ދިވެހިން ބާނާ މަސް ކަމަށް ހަމައެކަނި ހެދުމުން އޭގެ ގެއްލުން ދިވެހިންނަށް ދައްކާނެ. އޭގެ ބަދަލުގައި މޯލްޑިވިއަން ޓޫނާ އަކީ ދިވެހިން ޕްރޮސެސް ކުރާ މަސްކަމުގައި ބެލުން މުހިންމު. ޗައިނާ އަށް އެޑްވާންޓޭޖް ނެގޭގޮތް ތިވީ މިދެންނެވި އުޞޫލުގައި ނުހިފުމުން. އަހަރެމެންގެ ބްރޭންޑް ތިއޮތީ ސަރުކާރުގެ ބޯ ނެތުމުން ފިރުކައިގަނެފަ.
މަބުރޫކު
06 July 2025
އަޖައިބެއް! ރާއްޖޭގެ މަސް މިހާރުވެސް ބަންދުކުރަނީ ތައިލެންޑުގަ. ދެން ކޮބާ މައްސަލަޔަކީ
އ.ނ.ތ
06 July 2025
ދިވެހި މަސްވެރިންނާ ހެދި މަސް ބަންދުކުރާ ކާރުހާނާތަށް ބަންގުރޫޓް ވަނީ. މަސްވެރިން ބޭނުން އަގެއްގައި ގަންނަ މިޖެހެނީ. ސަރުކާރު ކުންފުނި ބަންގުރޫޓްވިސްޔަށް ނުއަގުގައި މަސް އިބަގަނޭ. އެކަމެއް ޕްރައިވެޓް ކުންފުނިތަކަކަށް ނުކުރެވޭނެ.
އެކޮނޮމިކްސް
06 July 2025
އަޅެ ދިވެހިންނަށް އެނގޭބާ އެކޮނޮމިކްސް އަންނި ރައީސް ކަމަށް ހޮވާފަ މި ދިވެހީންނަށް ވީ އެކޮނޮމިކްސް ކިޔަވާދޭން ހީހީ ހަލާކު
އޮއިވާލި
06 July 2025
މޮޅުގޮތް ނޭނގިގެންތަ މިއުޅެނީ އެގޮތް އެނގޭއިރުވެސް އެފެންވަރު ނެތިގެންދޯ މިއުޅެނީ މިފްކޯއަކަށް އެކެށީގެންވާ ބޭރު މާކެޓެއް ދަޅުމަހަކަށް ނުހޯދޭ ބަންދުކުރާ މަހުގެ ބޮޑުބައި ވިއްކަނީ ރާއްޖޭ މާކެޓަށް މަސްވެރި ސީސަނުގައި މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުމުގެ ކެޕެސިޓީނެތް ކެޕެސިޓީ އިތުރުކޮށް ކޭނަރީ ހަދާނެ ފައިސާއެއް ނެތް ދެން ބޭރު ނުކޮށް ކީއްކުރަނީ
ޝެލަރީ
06 July 2025
އެމްޑީޕީ އަކީ ޕާޓީއެއްތޯ؟ ނޫނީ ޕާޓިގެ ކުރީސަފުގަ ތިއްބެވީ މުއީޒުގެ ޕަޕެޓުންތޯ؟ މިހެން މިދެންނެވީ ޤައުމު މިހާލަތައް ވެއްޓި ވިޔަފަރިތައް ބަނގުރޫޓްވެ ނިމިދާއިރުވެސް ޗުއްޕުވެސް ބުނެނުލާތިބޭތީއެވެ. ހުސްވެސްފައިސާގެ އަޅުންދެއްތޯއެވެ.
ޗޫޤީ
06 July 2025
މަށަށް ފެންނަނީ ރާއްޖޭގެ މަސްކާރުޚާނާތައް ބަންދުކޮށް، ބިދޭސީންނާ ގުޅިގެން ދިވެހިމަސްވެރިން ބާނާ މަސްކޮޅު ބޭރުގައުމުތަކަށް އެކްސްޕޯޓުކޮށް، ދިވެހިން ބޭނި މަހުން އެގައުމުތަކުގައި އުފައްދާ މަސްދަޅު ރާއްޖެއަށް އިމްޕޯޓުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން. އޭރުން މަސްވެރިންނަށް ކިރިޔާ ހަމަ އަގު ލިބޭނީ.