ސިޔާސީ ދާއިރާއަށް އަންހެނުން ވަަނުމަށް ބާރުއެޅުމަށް ހިންގާ ކެމްޕެއިން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް
05 ޖުލައި 2025 - 21:26
ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިން މިއަދު ފަށައިފި އެވެ.
އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރު އެޅުން ކަމަށެވެ.
މިިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 39 އަންހެނުން ބައިވެރިވެ އެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި ކިޔައިދޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ލާމަރުކަޒީ ނިޒާމު އަދި ޖެންޑާގެ މައްސަލަތައް ހިމެނެ އެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ޕްރެކްޓިސް ޕާލިމަންޓް ހިންގަމުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. މިއީ، އެގޮތަށް ހިންގާ ހަތް ވަނަ އިވެންޓެވެ.
މިހާތަނަށް ހިންގި ޕްރޮގްރާމްތަކުން 225 އަންހެން ވަނީ ބައިވެރިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
06 July 2025
އަންހެނުން ތިބެންޖެހޭނީ ގޭގައި، އެއީ އެނކަބަލުންނަށްވެސް އެންމެ ރަނގަޅުގޮތް
ސިންޕަލް
05 July 2025
ބަނގަލާދޭޝްގެ ބޮޑެތި އަންހެން ރައީސުން، ޝޭހު ހަސީނާމެން ގެންނަންވީނު. ނުޅި ޤައުމު ހަލާކުވަނިއަޔޭ ކުދިންނަށް އަލާނުލެވި ދެމަފިރިން އަބަދު މަސައްކަތުގައި ދެކޮޅަށް ދުވެދުވެ ތިއްބާ.
ބަވަވަނ
05 July 2025
ތިނަމުގައި މުޅި ދިރިއުޅުންތައް ފަސާދަ. ސިޔާސީ ބޮޑެތިންވެސް ގަބޫލުކުރޭ މިކަން.