އާސަންދަ ސްކީމްގެ ހިދުމަތް ދިނުމަށް ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އާސަންދަ
06 ޖުލައި 2025 - 12:24
ދައުލަތުގެ ވެލްފެއާ ނިޒާމު އެންސްޕާ މެދުވެރިވެގެން ތައިލެންޑުން ބޭސްފަރުވާ ހޯދުމަށް މި އަހަރުގެ މިހާތަނަށް 33 މީހަކަށް އެހީ ދީފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އާސަންދައިން ދިން ޖަވާބުގައި ބުނީ ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެ އުސޫލުގެ ދަށުން އެކަކު މިހާރު ވެސް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯދަމުން ދާއިރު، އިތުރު ދެ މީހަކު ފަރުވާއަށް އެ ގައުމަށް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.
އާސަންދައިން ބުނިގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ބެންކޮކުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދިނީ އެންސްޕާއިންނެވެ. އެ މީހުންގެ ފަރުވާއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީ އިން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ހިދުމަތް ފެށީ މިދިޔަ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.
ތައިލެންޑަށް ފޮނުވުމުގައި މިވަގުތު އިސްކަން ދޭނީ ގިނަ ދުވަސްތަކެއް ވަންދެން އެއް ބައްޔަކަށް އިންޑިއާ އަދި ލަންކާއިން ވެސް ފަރުވާކޮށް، އެ ބައްޔަށް ފަރުވާ ނުލިބި ތިބި މީހުންނެވެ. އަދި މިވަގުތު ޔޫއޭއީ އަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުން އެކަންޏެވެ.
އާސަންދައިން ކުރިން ބުނެފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް ޔޫއޭއީއަށް ފޮނުވަން ނިންމީ އެ ގައުމުގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާނަމަ އާއިލީ ގޮތުން ދުރު މީހުންނަށް ވެސް ކިޑްނީ ހަދިޔާ ކުރުމުގެ ހުއްދަ އެ ގައުމުން ދޭތީ އެވެ.
އާސަންދައިން ބުނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ދެ މީހަކު ޔޫއޭއީއަށް ފޮނުވުމަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ.
އާސަންދައިގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާއެކު ކުރިން އޮތީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫމީންް
07 July 2025
ތައިލެންޑްއިން ބޭސްފަރުވާ ލިބުމަކީ މި ގައުމަށް ލިބުނު ބޮޑު ކުރިއެރުމެއް. އެހެން ހަރުފަތަކަށް މިރާއްޖެ ދާ މިސްރާބު މި ފެންނަނީ.
ރައުޝަންް
07 July 2025
ރައީސް މުއިއްޒު ބުނިގޮތަށް މިއޮތީ މި ވައުދުވެސް ފުއްދަވާފައި. މިއީ ހަމަ ތަފާތު ވެރިޔެއް.
ޝައުގީ މުހައްމަދު
07 July 2025
ކޮބާ އިދިކޮޅު މީހުން؟ ފެނޭތަ؟ ދިވެހިންގެ ރައީސް ދިވެހިންނަށް އުފާފާގެތިކަން މި ގެނެސްދެނީ
އަމަތުﷲ
07 July 2025
އަލްހަމްދުﷲ. މިއީ އުފާކުރަން ޖެހޭ ކަމެއް. ދުނިޔޭގެ އެއްމެ ކުއަލިޓީ ތަންތަނުން ދިވެހިންނަށް ބޭސްފަރުވާގެ ކަންކަން ހަމަ ޖެހިގެން މިދަނީ.
ދިއްދާ
06 July 2025
ނިކަން ތިފޮނުވި މީހުންގެ ވަނަވަރު ހިއްސާކޮށްލަބަލަ ކެރެންޏާ! ލަދެއްނުގަނޭތަ މީނަ. މިއުޅެނީ އަމިއްލަ ޤައުމުގައި ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބި. ޑޮލަރުނެތިގެންނޯ ފައިސާއެއްނެތޯ
ފެއާރީ
06 July 2025
ދެން ހަރަދު ކުޑަވެއްޖެތަ؟ އަޖައިބުވެ އަންތަރީސް. އަދި އެބަ ތަފާސް ހިސާބުތައް ދައްކައޭ އަހަރުންގެ އަނގަ ގޮއްވަން ވެގެން. ބަލަ ނިކަމެތި މީހާ ދަނީ މިތާ ކައިރީ އޮންނަ ފަގީރު އިންޑިއާއަށް. އެއީ އާސަންދައިން ނުލިބޭ ހުރުމާ ކެޔުމާ ދަތުރުފަތުރު ހަރަދު ބޮޑުވާތީ ތި ތަންތަނުން. އަހަރުންނަށް އިނގޭ އާސަންދައިން ތި ތައިލެންޑުން މަސާޖުކުރަން ގޮސްގެން ތިއުޅެނީ މިތާއުޅޭ މުއްސަނދިންކަން!! ދެން ލަލަލާ..!!
1818
06 July 2025
އަހަރެންގެ ބައްޕައަށް ވެސް އާސަންދަ ނުދީ މަރާ ހަގުރާމަ ކުރަމުންދަނީ!
ފަޒީލާާ
07 July 2025
ތިއީ ވަރަށް ގަބޫލުކުރަން ދަތި ވާހަކަޔެއް. ތިވަރުގެ ކަންކަމުގައި ސަރުކާރުން އިހުމާލެއް ނުވާނެ.
ފޮނިޓައްޕު ހަސަނު
06 July 2025
ނިކަމެތިން ފަރުވާ ނުލިބިގެން މަރުވިޔަސް ޑުބާއި އަދި ތައިލޭންޑަށް ބޭސް ފަރުވާ އަކަށް އެންސްޕާއަކުން ވެސް އަދި އާސަންދަ އަކުން ވެސް ނުފޮނުވާނެ. ނިކަމެތި މީހާ ޖެހެނީ ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އައި.ޖީ.އެމް. ހަޮސްޕިޓަލުން ފަރުވާ ހޯދަން. ސިޔަސީ ބޮޑުންނާއި އެމީހުންގެ ގާތް މީހުން ފަރުވާއަށް އެންސްޕާގެ ޚަރަދުގައި ތި ފޮނުވަނީ ތައިލޭން، ޑުބާއި އަށް.
ޑރ ވާންޗޯ
06 July 2025
ބެންކޮކުން ފަރުވާހޯއްދެވި 33 ބޭފުޅުންގެ ތެރޭގަ ކިތަށް ސިޔާސީ / މަޖްލިސްމެންބަރުން ހިމެނޭކަންވެސް ލިޔެލިނަމަ ބޮޑުމަންޒަރު ވަރަށް ސާފުވީސް.
ފުވައްމުލަކި މީހާ
06 July 2025
ވަނަވަރު ހާމަ ކޮށްލަން ކެރޭނެ ބާ؟ މިހާރު ނޫހުން އެހީ ލިބުނު މީހުނާއި ސިޔާސީ މީހުނާއި އޮތް ގުޅުން ބަލާލަދީ ބަލަ؟
ކައިޑަރް
06 July 2025
ހަފްތާ ބަންދު ނޫން އަނެއްދުވަސް