އެންމެ ފަހުން ބޭއްވި އޯލެވެލް ގަދަ10 ހަފްލާގައި ދަރިވަރަކަށް ލިބުނު އެވޯޑާ ހަވާލުވަނި---
06 ޖުލައި 2025 - 19:34
ރާއްޖެ އިން އޯ ލެވެލް އާއި އޭ ލެވެލް ގަދަ 10ގައި ހިމެނި ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް އެވޯޑު ހޯދާ ދަރިވަރުން މަތީ ތައުލީމަށް ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ، ފެންވަރު ދަށް ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެންނެވެ.
އެ ދިރާސާ ހެދީ 2022 އާއި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާ އާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކުގެ ރޭންކިން އާއި އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތަކަށް ބަލައިގެންނެވެ.
ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން.
- އެ ދިރާސާ އިން ދެއްކި ގޮތުގައި 2023 ވަނަ އަހަރު ރައީސްގެ ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ގަދަ10ގެ ޔުނިވާސިޓީއެއްގައި ކިޔަވަނީ އެންމެ ދަރިވަރެއް.
- ޔުނިވާސިޓީ ރޭންކިންގައި ގަދަ 10-30އާ ދެމެދުގެ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތަރު ދަރިވަރުން.
- ސްކޮލާޝިޕް ލިބުނު ކުދިންގެ ތެރެއިން ޔުނިވާސިޓީ ރޭންކިންގައި ގަދަ 100 ގައި ވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ހަތަރު ކުދިން ކިޔަވާ.
- ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު ރޭންކިންގައި ގަދަ 20ގައި ހިމެނޭ އެއްވެސް ޔުނިވާސިޓީއަކުން ނުކިޔަވާ.
- ގަދަ 50 ގައި ހިމެނޭ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތް ދަރިވަރުން.
އައިޖީއެސްއިން ބުނީ ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 39 ދަރިވަރަކު ކިޔަވަނީ ގަދަ 100 ގައި ވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ކަމަށެވެ.
އޭގެ ތެރޭގައި ރޭންކިިންގައި ގަދަ 200 ގައި ލައްވާ ނުލާ ޔުނިވާސިޓީތަކުން ކިޔަވާ 11 ދަރިވަރަކާއި ޔުނިވާސިޓީ ރޭންކިންއަށް އަރާ ވަރަށް ވުރެ ފެންވަރު ދަށް ދެ ތަނެއްގައި ކިޔަވާ ދަރިވަރުން ވެސް ހިމެނޭ ކަމަށް އައިޖީއެސްގެ ދިރާސާއިން ވަނީ ދައްކައިފަ އެވެ.
މީގެ އިތުރުން ބައެއް ދަރިވަރުން ކިޔަަވަނީ ވެސް އެ ކުދިންނާ އެކަށީގެންނުވާ ގައުމު ތަކުން ކަމަށް އައިޖީއެސްގެ ދިރާސާއިން ވަނީ ދައްކައިފަ އެވެ. ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ކުދިން ކިޔަވަން ދަނީ އިނގިރޭސިވިލާތަށެވެ. އަނެއް މަންޒިލަކީ މެލޭޝިއާ އެވެ.
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ދަރިވަރުންނަށް ކޯޗުކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ޕޮލިސީ އަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
"ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން. މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލު ކުރުމެވެ.
އިތުރު ކަމެއްގެ ގޮތުގައި އޭނާ ފަހަގަކުރެއްވީ ސްކޮލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތު ކުރުމެވެ.
ރައީސްގެ ސްކޮލަޝިޕް 2023 ގައި މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް ލިބުނެވެ. އަދި އެ އަހަރު އޯލެވެލްގެ ގަދަ10 ގައި 800 އަށްވުރެ ގިނަ ކުދިން ހިމެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭރަންޓް
07 July 2025
ފުލް ފަންޑަޑް ސްކޮލަރޝިޕް ލިބެނީ އޭލެވަލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދޭކުދިންނަށެވެ. ޙާސިލުކުރެވެނީ ރައީސްގެ އާއި ހައި އެޗީވަރސް ސްކޮލަރޝިޕްއެވެ. އެކުދީންނަށް ވެސް (މީގެ އިތުރުން ލޯނުގައި ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ވެސް މި އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ). މަތީ ރޭންކިން ޔުނިވަރސިޓީތައް ދެނެގަތުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކުޑަވެސް އެހީތެރިކަމެއް ނުދެއެވެ. ކޯސްތަކުގެ ލެވަލް ކަނޑައަޅާ އެމްކިޔުއޭ ވެސް އޮންނަނީ މިނިސްޓްރީގެ ދަށުގައެވެ. ވީމާ، ސަރުކާރުން ކުދިންގެ ތަޢުލީމަށް އެތައްސަތޭކަ މިލިއަން ޚަރަދުކުރާއިިރު ރަނގަޅު ޕްރޮޑަކްޓް ނުނެރެވުމުގެ ޒިންމާ ހަޔަރއެޑިޔުކޭޝަން ޒިންމާ ނަގަންޖެހެއެވެ.
އައިޟާ
06 July 2025
ގަދަ ދިހައެއްގަ ނުލައްވާ ރައީސްގެ ސްކޮލާޝިޕް ގަ ނުލައްވާ ކުދިން މާ ގިނަ ކަންނޭގެ ތި ރޭންކް ތަކުގެ ޔުނިވާސިޓީ ތަކުގަ. އެކަމަކު އެއީ އެހާ މުހިންމު ކަމެއް ނޫން ދެއްތޯ މި ގައުމަކަށް؟ ލޮލް!
ދަރިވަރެއް
06 July 2025
ދަރިވަރެއްގެ ހައިސިއްޔަތުން މިހެން ދިމާވާން މެދުވެރިވާ ބައެއް ސަބަބުތައް: - ދުނިޔޭގައި "އެންމެ މޮޅު ޔުނިވަސިޓިތައް" ހުންނަނީ އެމެރިކާގައި، އެތާގަ ސިޔާސީ މަސްރަހު އޮންނަ ގޮތުން އެ ޤައުމަށް ދާ ހިތެއް ނުވޭ، ހާއްސަ ކޮށް މިހާރު އިންޓަނެޝަނަލް ދަރިވަރުންނަށް މިކުރާ އުނދަގޫތަކާއި ގުޅިގެން - އޭލެވެލް ހަދަނީ އޮކްޓޯބަރުގަ.ގިނަ މޮޅެތި ޔުނިވާސިޓީގެ ޑެޑްލައިންވެސް ހަމަވަނީ އެމަހު.ދެން އެޕްލައި ކުރަން އިތުރު އަހަރެއްމަޑުކޮށް ޖެހިގެންއަންނަ އަހަރު ދާން މާލަސް.
ޚިޔެވުން
06 July 2025
މީ އިގިރޭސި ޔުނިވަރ ސިޓީ ތަކަށް ކިޔަވަން ދާ ދަރިވަރުން މަދުވެގެން ކޮށއގެނަ އުޅޭ ކަމެއް. ޢެ ޔުނިވަރ ސިޓީ ތަކުގެ ކެންޕަސް މެލޭސިޔާ ދުބާއީބގައި ހުރީމަ އެތަން ތަނުން ކިޔަވަނީ. ޅިބޭ ސެޓްފިކެޓަ އޮންނާނީ ހަމަނއެއް ޔުނިއެއްބގެ ނަން. ޚިޔެވީ ކޮން ގައުމއެއްގަ ކަމެއް ނެތް. ދެން ތި އައި ޖީއެއްއަކީ މިނޔުނިވާ ސިޓި ތަކަށއ މީހުން ފޮނުވަން ލާރި ތަކެތް ނަގާ ބަޔަކު ހޖންގާ އެއްޗެއް. ޢެޔުނިވަސިޓިބތަކުގެ އެޖެބްޓުންނގޮތުގަ ނަންވެގެން.
އަހަރެންގެ ގަލަމުން
06 July 2025
ރިފްއަތު އެނގިވަޑައިގަންނަވާނަމަ ތިހެން ވިދާޅުނުވާނެ.
މިސްލީޑް
06 July 2025
މި ޚަބަރުގައި ދީފައިވާ އަދަދުތަކުން އަސްލު މަންޒަރު ފެންނަ ކަމަކަށް ނުފެނޭ. މީގައި ބުނާ 3 އަހަރު ތެރޭގައި ރައީސްގެ ސްކޯލަރޝިޕް ނުވަތަ ހަޔަރ އެޗީވަރސްގެ ގޮތުގައި ބޭރަށް ދިޔައީ ޖުމްލަ ކިތައްކުދިން؟ އެ ޖުމްލަ ކުދިންގެ ނިސްބަތުން ތިޔަ ބުނާ ދަށް ޔުނިވަރސިޓީ ތަކަށް ދިޔައީ ކިތައް އިންސައްތަ؟ ޖުމްލަ މިތައް ކުދިންނޭ ބުނެ ރިޕޯޓް ކުރިޔަސް އޭގެ ނިސްބަތް މަތިނޫންނަމަ ޖެނެރަލައިޒް ނުކުރެވޭނެ.
ށިންޓެ
06 July 2025
ތިހުރިހާ ހާސަރެއް ނުދަމާ ދިވެހި ގައުމީ ޔުނިވާސިޓީއާ މިގައުމުގަ ހިންގާ ޔުނިވާސިޓީތައް ރަނގަޅުކޮއްބަލަ. ކޮންމެހެން ބޭރަށް ދާކަށް ނުޖެހޭ. އެތަންތަނަކީ ތަހުޒީބުގެ ނަމުގަ ފިތުނަ ފަސާދަ ފަތުރާ ތަންތަން.
އަހަރެންގެ ގަލަމުން
06 July 2025
ޔުނިވަސިޓީ ތައުލީމު ހާސިލުކުރެވޭނީ ބޭރު ގައުމަކަށް ގޮސްގެންނެވެ.
ގޯރުނުދޯރު
06 July 2025
ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ކިޔެވީމަ ދަރިވަރުންގެ ފަރާތުން ގައުމާއި މުޖުތަމައަށް ކުރަނީ މަންފާތޯ؟ ކިތައް ދަރިވަރުންތޯ ކިޔަވައިގެން ގައުމަށް ޚިދުމަތް ކުރަނީ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމަށް ދިރާސާއެއް ކޮށްދީބަލަ
ދަރިވަރެއް
06 July 2025
ރަނގަޅު ވާޙަކައެއް ހެނެއް ހިޔެއް ނުވޭ. އިމްޕީރިއަލްގައާއި ޔޫސީއެލް ފަދަ އެތައް ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މިހާރުވެސް ރައީސް ސްކޮލް ލިބިފައުވާ ދަރިވަރުން ކިޔަވަމުންދޭ. މިހާރުވެސް ހަޤީޤަތް ބަލާލިނަމަ ރަނގަޅުވީސް
ާއިމޕީރިއަލް
06 July 2025
އިމްޕީރިއަލް އޮކްސްބްރިޖަށްވުރެ މިހާރު ރޭންކިންގ ރަނގަޅު،،
ބުރަތޭރީ
06 July 2025
މިއަދު ދުނިޔޭގަ ފެންނަމުންދާ މަންޒަރަށް ބަލާއިރު، ބަޔަކު ކިތަންމެ ވަރަކަށް އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީތަށް އިސްތިހާރު ކުރިއަސް، އެ ގައުމުތަކުންފެންނަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާދުރު، ހަމައެކަނި އެމީހުންގެ އަމިއްލަ ޒާތީ ގޮތްތަކެއްކުރިއަރުވާކަން..މޮޅެތި ދިވެހިދަރިވަރުން ފަލަސްތީނުގެ ގަތުލު ޢާންމަށް ހިތްވަރުދޭ އެމެރިކާ، އިނގިރޭސިވިލާތުން ކިޔެވުމުގެ ބޭނުމެއްނެތް. އެއީ ދިވެހިރައްޔިތުންގެ ޓެކްސްފައިސާ އެ ހޭދަވަނީ އިޒުރޭލަށްކަމަށްވާތީ.
1811
06 July 2025
މި ކޮމެންޓަށް 1000 ލައިކު ދެވޭނަމަ ދިނީމުސް