ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގައި ވާހަކަ ދައްކަވަނީ.
08 ޖުލައި 2025 - 13:54
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި މިއީ ރާއްޖޭގެ ފެހި ގާނޫނުއަސާސީ އުފެއްދި ރޫހާ ވެސް ހިލާފު ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް އެހުމަށެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސްގެ ގަރާރާ އެއްގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދުމަށް އެދި އެ ފަރާތަކުން ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިޝަނުން އާންމުކުރަންޖެހެ އެވެ.
އެ ބިލްގެ ބަހުސްގައި މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބު "ވަގަށް ނަގަން ފަހިކުރުމަށް" ހުށަހެޅި ބިލެކެވެ.
އޭނާ ވިދާޅުވީ ބިލުގައި އެންމެ ބޮޑު ޒިންމާއެއް މަތިކޮށްފައި ވަނީ އީސީއަށް ކަމަށާއި އެކަމަކު އެފަދަ ބިލެއް ހުށަހަޅާއިރު އެ ކޮމިޝަން އޮތް ހާލަތު ދެނެގަންނަން ޖެހޭ ކަމަށެވެ.
މީކާއިލް ވިދާޅުވީ މިވަގުތު އީސީ އަށް ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމުގެ ބާރު އޮތީ ރައީސަށް ކަމަށާއި އެހެންވެ، ރައީސް އެންގެވި ކޮންމެ ގޮތަކަށް އެ ކޮމިޝަނުން އަމަލުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރަން "ވަގު" ފޯމުތަކެއް ހުށަހެޅުމުން ވެސް އެކަމަށް އީސީއަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އެފަދަ ހާލަތެއްގައި އޮއްވައި ފެންނަ ނުފެންނަ ވޯޓެއްގެ ކަންކަން ކުރަން އީސީއަށް ދީގެން އިތުބާރު ކޮށްގެން ތިބެވޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ޑީއެންއާރު މެދުވެރިކޮށް ވަގު ފޯމުތަކެއް ފުރީމަ ވެސް އިލެކްޝަންސް ކޮމިޝަނުގެ ދައުރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދެން އަނެއްކާ ވެސް މިފަދަ ރިފަރެންޑަމަކަށް ފެސިލިޓޭޓްކުރަން ހަމަ އެ އިލެކްޝަންސް ކޮމިޝަނަށްތޯ އޭ އަޅުގަނޑުމެން އިތުބާރު ކުރަންވީ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ މިއީ 2028 ގެ އިންތިހާބު ވަގަށް ނަގަން ފަހިކުރަން ހުށަހެޅި ބިލެއް،" އޭނާ ވިދާޅުވި އެވެ.
އެއީ ހީލަތްތެރި ބިލެއްގެ ގޮތުގައި ސިފަކުރައްވާ މީކާއިލް ވިދާޅުވީ އެ ބިލާ މެދު ފުންކޮށް ވިސްނާ، އެ ބިލުގެ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެެވެ.
މީކާއިލް އެހެން ވިދާޅުވިޔަސް ޕީއެންސީގެ މެމްބަރުން ވަނީ މިއީ ވަރަށް މުހިއްމު ބިލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ ކަންކަމުގައި އެ މީހުންގެ ބަސް އެހުމަކީ މުހިއްމު ކަމެއް ކަމަށާއި މި ބިލު މަގުފަހިކުރަނީ އެކަމަށް ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެކެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީޒް
09 July 2025
މާ ރައްޔިތުން ވެފަ ތިބޭ މީހުން މި ދައްކާ ވާހަކަތަކެއް ދޯ. ތިވަރު މީހުންނަށް މަގޭ އަތުން ދޭނެ ވޯޓު ހަރާން ވާނެ
އިއްލި
09 July 2025
އަދި މިހާތަނަށް މީކާއީލް ނެތް ދުވަހަކުވެސް ރަނގަޅު ވާހަކައެއް ދައްކާފައެއް. ތިގޮތުގަ ކުރިޔަތް ދާން ފެންނަނީ. އަހަރުން ދިވެހީން ދާނީ ކުރިޔަތް ތިބޭފުޅާ ފަހަތަށް ދާން ބޭނުންވިޔަސް. އަޅުވެތި ކުރުމުގެ ވިސްނުން މި މީހުންގެ ހުންނަނީ
ހުސީީ
09 July 2025
އެއްކަލަ ޑިމޮކްރަސީ ވެގެން އުޅޭ .. މިއުޅެނީ. ހޮވުނީތީ ލަދުން ދެފައި ކައިރި ނުވާތާ ދެތިން އަހަރު މިވަނީ.
އިމްރާންް
09 July 2025
ސާބަހޭ މީކާއީލް. ކަލޭ ލަދެއްވެސް ނުގަނޭ ދޯ. ބަލަ އަހަރުން ރައްޔިތުންނޭ ކަލޭ ތިތަނަށް ހޯވަނީވެސް
ކައުންސެލަރު...
09 July 2025
ދަންނައެ! ޖީއެމްއާރަށް އެއާޕޯރޓް ދިނުމަކީ ފަހަތަށް އެޅިފިޔަވަޅަކަށްވޭބަވައެވެ؟ 8 ފެބުރުވަރީގައި މުޅިޤައުމުގައި ޖެހިހުޅަކީ ފަހަތަށް އެޅިފިޔަވަޅަކަށްވޭބަވައެވެ؟ މުޅިމާލެސަރަހައްދުން ވޯޓުގެބޭނުމަށް މަދުބަޔަކަށް ގޯތިބަހާލުމަކީ ފަހަތަށް އެޅިފިޔަވަޅަކަށްވޭބަވައެވެ؟ ރާއްޖޭގެ ތާރީޚުގައި ކުރިއެންމެބޮޑު ވައްކަމުގެ މުއްލާ ކޮޅުވެއްޓީގައި ފުރުވާލުން ފަތަށްއެޅިފިޔަވަޅަކަށްވޭބަވައެވެ؟ ކޮވިޑްގައި ވެންޓީލޭޓަރތައް ކެއުމަކީ ފަހަތަށް އެޅިފިޔަވަޅަކަށްވޭބަވައެވެ؟
2315666
09 July 2025
ޕްރެފަރެންޝިއަލް ވޯޓިން ހެދީމާ ވޯޓު ގަތުން އެއްލަކިން ކެނޑޭ! މީގެ ގެއްުލުން ވަނި އަރެޕެއްނެތް ކޮލިޝަން ހަދަން އުޅޭ ޕާޓީތަކަށް. އެއީ 2 ވަނަު ބުރުގައި 100 ވަރަކަސް ފަޅުރަށާ، 200 ޕްރޮޖެކްޓާ، 1000 ސިޔާސީ ރަދުނ ރޑ މަގާމާކޭ ކިޔައިގެން ރައްޔިުތންގެ މުދާ ޕާޓީ އައުވާނުންަށް ގަނީމާހެން ބެހުމުގެ ފުރުސަތު ބަންދުވީ. މުއިއްޒަށާ މިސަރުކާރަށް ތާއިދު ނުކުރިއްސް މީ ރައްޔިތުންގ އެންމެ އެދޭ ބަދަލު. ޕްރިފަރެންޝިއަލް ވޯޓިން
ސޮފްވާން ހަމީދު
09 July 2025
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން ދެން މީކާއިލް މިވާހަކައަށް ފަހު ނުހޮވާނެ
ރިފާއު އައްބާސް
09 July 2025
ރައްޔިތުންގެ ހިޔާލު ހޯދުމަކީ ފަހަތައް އެޅޭ ފިޔަވަޅެކޭ؟ މީކައިލޫ ކަލޯ އޯކޭތޯ؟
ްއބ
09 July 2025
މަޖުލިސް މެންބަރުންނަށް ފައިދާ ހުރިގޮތަކަށް ނުނިންމާ ރައްޔިތު މީހާގެ ޙިޔާލު ހޯދުން ތިޔަބޭފުޅުން ނަށް ބޮޑު މައްސަލަ އެއްނޫންތޯ؟ އަޅެ މެންބަރުންނަށް ލާރިކޮޅެއްހިންގާލައިގެން އެމީހުނަށް ފައިދާވާގޮތަކަށް މިކަން ދުއްވާލިނަމަ ހާދަހާ ރަނގަޅު ވީހޭ ދޮތަ؟ އަޅުގަނޑަށް ފަހުމު ވަނީ ތިޔައުޅެނީ މިހެންބުނަން ނުކެރިގެނޭ
އިހްދާސް
09 July 2025
މަ މުއިއްޒު ޕާޓީއެއްނޫން. އެކަމަކު ރައްޔިތުންގެ ޙިޔާލު ހޯދުން ބަރާބަރު.