ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު: އައިސްޕްލާންޓްގެ ކޮރަޕްޝަނުގެ މައްސާލަގައި ސައީދަށް ދައުވާކުރަން ވަނީ ފޮނުވާފައި.-- ފޮޓޯ: ރައީސް އޮފީސް
11 ޖުލައި 2025 - 19:12
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފި އެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ސައީދަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީން ބުނީ އޭޕްރީލް 30، 2023 ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުދިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށެވެ.
އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާ ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކުރާ ކަމަށެވެ.
ޕީޖީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސެޕްޓެމްބަރު 7، 2023 ގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމި ކަމަށެވެ.
ޕީޖީން ބުނި ގޮތުގައި ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެެވެ. އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވާ ކަމަށް ޕީޖީން ބުންޏެެވެ.
އެހެންވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ މެއި މަހުގެ 20 ގަ އެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން ބުންޏެެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އެހެން ދައުވާއެއް ވެސް ސައީދާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
އެ ދައުވާކުރަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރުމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް މަޝްރޫއު ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް އޭރު ހުށަހެޅި އެވެ.
އެކަމަކު އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީން އޭރު އަޅާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމީހާ
07 August 2025
ސަރުކާރުން ދަނީ ކައުންސިލްތައް ނަޒާހަތްތެރި ކުރުވަން ވ މަސައްކަތް ކުރަމުން.
ޑރ ވާންޗޯ
12 July 2025
ވަރަށްސަޅި ތިކަންތިއޮތީ ތިހިސާބުން ނިމިފަ. ދުވަހަކު ނުނިމޭ، ނުހިނގާ ސަރީއަތެއް ނިމެންދެން ދޫކޮށްލާފަ ބަހައްޓާ!!!!.
މިމްހާދު
12 July 2025
ޖަރީމާ ހިންގާފަތިބި ބަޔަކު ވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނަންވީ.. ހައްގު އަދަބުދީގެން ނޫނީ ގައުމު އިސްލާހެއް ނުކުރެވޭނެ
މިމްރާދު
12 July 2025
ދެރަކަމަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ފަޒުލް ވެރިކަން ހިންގާ ޕާޓީގެ ސެނެޓުގައި ހުދުގަމީސް ލައިގެން އިންނާތީ،
ޖާވިދް
12 July 2025
އާ އެބަ ރަނގަޅުވޭ.. އަދި ކިރިޔާ ކަމެއްކުރިކަމަކަށް ތިވަނީ. ފެނަކަ ސައީދުމެންނަށް ދައުވާ ކުރުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ. އޭނަ އަމިއްލަޔަށްވެސް ގަބޫލު ކުރާނެ މިދުވަސް އަންނާނެކަން
މުނާއިން
12 July 2025
މީނަޔަށް ދައުވާ ނުކޮށް މިއަދާ ހަމަޔަށް އައުމަކީވެސް މައްސަލައެއް. މުޅި ފެނަކަ ފެންފޮދަކާ ނުލާ ދިރުވާލާފަ ދިޔަ މީހެއް
ސިޕީއޯ
12 July 2025
ތިޔަ މައްްސަލަދާނީ ފަނު ފުލުންނެވެ. މިހާރު ތިޔަކަންތަށް ފެނަކައިގައި ހިނގާގޮތް ތިޔައްވުރެން ގޯހެވެ.
ފެރީނިޒާމް
12 July 2025
ޕޮލްކޯގެ ތަހުގީގު ކިހިނެއްތޯ ދަނީ؟ ވަރަށް ބޮޑެތި ވިޔަފާތިތައް އެބަ ހިންގާ ކުރިން ފުލުހުންގެ ތެރޭ އުޅުނު ބައެއް ވެރިން.
ނަމޫޏާ
12 July 2025
މާފަންނު އައިޖީއެމްޗް ކައިރީގަ ހުރި 15 ބުރީގެ އިމާރާތް އަދި ޗައިނާ އެންބަސީ ނޫނީ އާޓިފިޝަލް ބީޗް ކައިރީގަ ހުރި 15 ބުރީގެ އިމާރާތް އެޅިފަ އެހެރީ ހަމަ ހަލާލު މަސައްކަތުންތޯ؟ ކޮން ވިޔަފާރިއެއް ނޫނީ ރިސޯޓެއް ހިންގައިގެންތޯ؟ ހަމަ އަހާލީ!
ފެރީ
12 July 2025
ހުރިހާ ތިކަހަލަ ކަމެއްވެސް ތަހުގީގު ކުރަންވީ ހަމަ. ކަލޭ ތިބުނަނީ ކޮރަޕްޝަން އޯކޭ އޭ ތަ؟
ނަނަމަ
12 July 2025
1 އަހަރާ 6 މަހަށް ޖަލަށް ދާން 15 މިލިއަން ކީއްކުރަން 5 މިލިއަންވެސް މަ ވަގަށް ނަގަން ތައްޔާރު.. އަދި އެވެސް ސަރުކާރުން..
ސުވާދީބު ބޯއި
11 July 2025
ސުބުހާނައްﷲ. ތިޔަ ސައީދުގެ އެންމެ މައްސަލައެއްތަ ކަލޭމެންނަށް ފެނުނު. ނޫނޭ ކަލޭމެންނަށް ހަމަ ސާބަސް. 40 އަށްވުރެ ގިނަ ޝަކުވާ ތިތާ ހުންނާނެ. މީހުން މަސައްކަތުގެ އަގު ހޯދަން ހުށަހަޅާ އެންމެ ބިލަކަށް ވެސް ލާރިކޮޅު ލިބޭނީ %10 އެޑްވާންސް ލާރި ދެއްކީމަ. ކޮންމެ ޕްރޮޖެކްޓަކުން އެތައް ސަތޭކަ މިލިއަން ކާލާ. މިހާތަނަށް ވަޒީފާ އަދާކުރި ހުރިހާ ތަނަކުން ވެސް ބޭރުުކުރީ ފައިސާގެ މައްސަލަ ޖެހިގެން.