އައިޖީއެމްއެޗުގެ މުވައްޒަފުންތަކެއް ކްރިޓިކަލް ކެއާގެ ތަމްރީނެއްގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޖުލައި 2025 - 20:15
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރު ގަޑީގެ ފައިސާ (އޯޓީ) އުނި ނުކުރުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ގޮވާލައިފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.
އެ ޔޫނިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރުވާ ކަމަށާއި އެ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ދޭން ޖެހޭނެ ކަމަށެވެ.
ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ހުރިހާ ދާއިރާތަކަށް ވެސް މަސައްކަތްތެރިން ހަމަ ކޮށްދިނުމަށާއި އިދާރީ އަދި ސަޕޯޓު ބައިގެ މަސައްކަތްތެރިންގެ އާ ވަޒީފާގެ އޮނިގަނޑުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ވެސް އެ ޔުނިއަނުން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައި ވެ އެވެ.
ސިއްހީ ދާއިރާގެ އޯޓީ ފައިސާ އުނި ނުކުރަން ހެލްތު ޔުނިއަންއިން ގޮވާލާފައި ވާއިރު، ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ.
އެކަމަށް މަޖީލީހުގައި މެމްބަރުން ބަހުސް ކޮށްފައި ވާއިރު، ވާހަކަ ދެއްކި ސަރުކާރުގެ ބައެއް މެމްބަރުން ވަނީ އެ މައްސަލަތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވާހަކަ
18 July 2025
ދެންހަމަ އެ ހުރިހާ ވަގުތަކު މަސައްކަތުގައިތޯ އުޅެނީ؟ ކުދި ރަށްރަށުގައިވެސް ހަމަ އެހައި މަސައްކަތް އޮވޭތޯ؟ ޑިއުޓީ ގަޑިތަކުގައިވެސް ހަަމަ ފުރިހަމަޔަށް މަސައްކަތްކޮށްފައި އިތުރުވަގުތު ކޮންމެހެން އެޓެންޑު ވާންޖެހޭފަދަ ހާލަތުގައި ހަމަ ލިމިޓެއްނެތި ދޭންވީ. އެކަމަކު ކަމެއްނެތި އޫޖޫރަ އިތުރުކޮށްލަން ގަޑި ޖަހާލައިގެން އޯޓީ ނަގާ އުސޫލުން ހިނގާކަމަކަށް ހަދައިގެން އެނަގަން ދޫކޮށްލުމަކީ ހަމައެއްނޫން. އެމްއޭސީއެލް މީހުން ހަދާހެން.
ޥަންޗޫ
16 July 2025
ކަލޯގަޔާ މިހާރު ލިބޭ މުސާރަކުޑަކަމުންތަ ތިއުޅެނި؟؟ މިހާރުވެސް ނަރުހުންވެސް ނަގާ 30 ހާހުން 25 ހާހުން. މުޅި ހެލްތު ބަޖެޓް ދިނަސް މިމީހުން ހިތެއް ނުފުރޭނެ!
އަލީ 2
16 July 2025
އެއްބަޔަކު އިތުރުގަޑީ މަސައްކަތް ކުރާއިރު އަނެއބަޔަކު އިތުރު ގަޑި ނަގާނީ ގޭގަ ތިބެގެން
ޖައިސާމް
16 July 2025
މަސައްކަތް ކުރާ ގަޑިއަށް ފައިސާ ދޭން ވާނެ. އެއީ މަސައްކަތްތެރިންގެ ހައްގެއް.
ކޮންތާކު
16 July 2025
މި ދައްކަނީ ލާރިއާހެދި ނުޅޭ / ނޫޅޭ ވާހަކައެއްނޫން. ގާނޫނުގަ ބުނާގޮތަށް ލާރި ނުދޭ ވާހަކަ މިދައްކަނީ. އިތުރު ގަޑީގަ މަސައްކަތް ކޮށްފިއްޔާ އެ ކުރިވަރަކަށް ލާރިދޭން އޮންނަނީ ގާނޫނުގަ. އެހެން ނޫނިއްޔާ ގާނޫނޫ ބަދަލުކުރޭ.
ސްޓާފުން
16 July 2025
އައި ޖީ އެމް ހޮސްޕިޓަލް ގަ ނުދޭ ގިނަފަހަރައް (އިތުރުގަޑީ ގަ މަސައްކަތް ކުރުވާފަ )
އަހަންޑޭ
16 July 2025
ކޮމެންޓު 2: އެހެން ކަމުން ބައެއް ފަހަރު އިތުރުގަޑިގައި މަސައްކަތަށް ނިކުންނަންވެސް ފޫހިވޭ، ކޮންމެހެން މަޖުބޫރު ނޫނިއްޔ ާބައެއްފަހަރު ނުނިކުމެވެސް ހުންނަން. ވާގޮތަކީ ކުރާ މަސައްކަތަށް އުޖުރައެއް ނުލިބެއޭ އިހުސާސް ވަނި. އެކަމަކު އަޅުަގނޑުވެސް ގަބުލުކުރަން، އާ އޮނިގަނޑާއެކު މުސާރައަށް ގެނައީ ރަނގަޅު ބަދަލެއް ނޫން. ބޭސިކް ސެލެރީވެސް، އެލަވަންސް ވެސް މާ ބޮޑު، އަނެއްގާ ރޭންކު ތަކުގެ ފަރަގުވެސް މާ ބޮޑު.
އަހަންޑޭ
16 July 2025
ކޮމެންޓު 1 : އިތުރުގަޑިގައި މަސައްކަތް ކުރުވާނަމަ، އިތުރުގަޑިގެ ފައިސާ ދޭން ޖެހޭގޮތަށް އޮތުން ރަނގަޅު. ގާނުނުގައިވެސް ބުނަނީ އިތުރުގަޑިގައި މަސައްކަތްކުރުވާނަމަ އިތުރުގަޑީގެ އެލަވަންސް ދޭންވާނެ ކަމަށް. އަޅުގަނޑަކީ ވެސް ސިއްޙި ދާއިރާގައި މަސައްކަތް ކުރާ މީހެއް، މިހާރު މިއޮންނަ ގޮތުން އިތުރުގަޑިގައި ކިތަންމެ އިރަކު އުޅުނަސް އޯޓީ ކެޕް ކޮށްފައި އޮތީމާ ލިބޭ އެއްޗެއް ނޯވޭ.
އާ އޮނިގަނޑު ކަމަކުނުދޭ
16 July 2025
ބައްލަވާ. ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލެކޭ، އަމިއްލަ ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލެކޭ މުސާރަޔާއި އިނާޔަތްތަކުގައި ތަފާތެއް ނެތް. ރަށުން ބޭރު މީހާ ގެއެއް ކުއްޔަށް ނަގައިގެން ހުންނައިރު އެއްވެސް އިތުރު އިނާޔަތެއް ނޯވޭ. މިވާހަކަ ދެއްކީމަ މިހާރުގެ އެޑިޔުކޭޝަން މިނިސްޓާރވެސް ބުނަނީ އޮނިގަނޑު ވަރަށްފަހުންނޭ ހެދީ. އޭކީ އެއްވެސް ބުރަދަނެއްކުރި ވާހަކައެއްނޫން. ހަދާއިރުވެސް ނުބައި ވާނީ ނުބަޔަށް. ކުރީސަރުކާރުންވެސް މިވާހަކަ ނުދައްކާނެ.
ބަލިމަޑުކަން
16 July 2025
ތިނުން ދާއިރާއެއް ބުނެބަލަ. ޓީޗަރަކު ނައިސްފީ ވިއްޔާ ދަރިވަރުގެ ކިޔެވުން ގެއްލެ. އެ ދަރިވަރު ޑޮކްޓަރަކަށްވާން ކުރާ އުންމީދަށް ހުރަސް އެޅެމުން އެދަނީ... އެ ޓީޗަރު ހާޒިރު ނުވީމާ އެގަޑި ނަގަން އެހެން މީހަކު ފޮނުވަން ޖެހޭ... މަސައްކަތަށް ބަލަންޔާ ކޮންމެ ބަޔަކުވެސް ކުރަނީ ޖިހާދީ މަސައްކަތެއް.. ތިބުނާ ޑޮކްޓަރުންނާއި ނަރުހުން ނިކުމެގެންވެސް ކުރެވޭ އެތައްކަމެއް ނުކުރެވި އެދަނީ. ނަރުހުންނަށް ޑިއުޓީ އެލަވަންސް ދޭ އިރު އެމީހުންގެ ރަސްމީ ގަޑިޔަކީ ކޮބާ؟..