ގެއްލިގެން ހޯދަމުން އަންނަ ޔާމީން
16 ޖުލައި 2025 - 09:16
ގެއްލިގެން ހޯދަން ފުލުހުން ރޭ އިއުލާންކުރި އުމުރުން 30 އަހަރުގެ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގ. ގާނެޓް، ހަސަން ޔާމީން ހޯދަން ފުލުހުން އިއުލާންކުރީ ރޭގެ 11:15 ހާއިރު އެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނާ ހަމައަށް ވެސް އޭނާ ނުފެންނަ ކަމަށެވެ.
އޭނާ ދިރިއުޅޭ ގެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާކަންހާއިރު ނުކުމެގެން ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ފުލުހުން ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ.
"ހަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމެރާ
16 July 2025
މާލޭގަ ކޮންމެވެސް ކަހަލަ ކެމެރާއަކަށް ނާރާ އުޅެވޭނެ ގޮތެއް ނޯވޭ. ނުފެނުނޭ ބުނުމަކީ އެއްވެސް ހައްލެއް ނޫން
30 އަހަރު
16 July 2025
30 އަހަރުވީމަ ވެސް ޒުވާން? ށައްކު.
ގަރީނު
16 July 2025
ޒުވާނުންނޭ ކިޔަނީ ކުޑަކުދިންނަކަށް ނޫން. 30 އަހަރަކީ ޒުވާންކަމުގެ ކުންނު.
ވެންގަބޯ
16 July 2025
ކޮބާ ސީސީޓީވީގެ ފުޓޭޖް ތަކުން ނުފެނޭތޯ އެންމެ ފަހުން ފެނުނު ކޮންމެވެސް އެއް ހިސާބެއް ހުންނަންޖެހޭނެއެވެ މާލޭގައި ދިރިއުޅޭ އެއްވެސް މީހަކު ނުހުންނާނެ ސީސީ ފުޓޭޖްތަކަށް ނާރާ ގެއްލެމުންދާނަމަ މިވާނީ ބޮޑު އަރަތަކަށް އަދި ނިކަމެތި ރައްޔިތު މީހާއަށް ދެވޭ ބޮޑު ދެރައެއް ހިތާމައެއް ބަރުދާސްތު ތައްބުނެދޭންް ނޭގޭވަރުގެ
ޑރ ވާންޗޯ
16 July 2025
ފުރަތަމަ ޔަގީންކޮށްބަލަ އޭނަޔަށް އޭނަފެނޭތޯ؟. އޭނަޔަށް އޭނަގެއްލިފަހުރިއްޔާ އަހަރެމެން ކޮންތާކުން އޭނަހޯދާނީ؟.
އަބްޑޫޅް +
16 July 2025
ނުގެއްލޭ ޔާމީނު އެބައުޅޭ ދޯވ.
ރަދީފްއޮފިޝަލް / މަތިމަސް
16 July 2025
ބްރޯގެ އިންޑިއަން ތަމަޅަ މަތިމަހެއް ދޯ.