އާދިއްތަ ދުވަހުގެ ރޭގެ އެކްސިޑެންޓުގައި ޕިކަޕުގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖުލައި 2025 - 12:30
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ބޮޑުތަކުރުފާނުމަގު މާފަންނު ބަސް ޓާމިނަލް ކުރިމަތިން ހިނގި އެ އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން މިހާރު ވެންޓިލޭޓަރުގައި ފަރުވާދެނީ ބ. ތުޅާދޫއަށް ނިސްބަތްވާ 40 އަހަރު މީހަކަށެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ އަށް އަދިވެސް ފަރުވާދެނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާއަކީ އެ އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު މީހާ އެވެ. އޭނާ ގައިގައި ސައިކަލުން ޖެހުނީ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ޒިބްރާ ކްރޮސްއިން މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތް ވަގުތު އައި ސައިކަލުން ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި، އަނިޔާވި 16 އަހަރުގެ ކުއްޖާއަށް އަދިވެސް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެވެ.
އެ އެކްސިޑެންޓްގައި ނިޔާވީ ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްނާ
16 July 2025
މީނަގެ ވަނަވަރު ހާމަ ނުކުރަނީ ކީއްވެ؟