އުއްތަމަ ފަނޑިޔާރު މުއުތަސިމް ބޮޑީގާޑުންނާއެކު ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ: އެމަނިކުފާނު އަންނަ ހޯމަ ދުވަހުން ފެށިގެން މަގާމުން ވަކިވެ ވަޑައިގަންނަވާނެ --- ފޮޓޯ/މިހާރު
17 ޖުލައި 2025 - 15:20
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގެން، ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހު އެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދޭން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމުމުން އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފްވެރިކަމާ އެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ.
އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެކަންޏެވެ. ހޯމަ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވާނީ ރިޓަޔާމެންޓްގަ އެވެ.
މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި ފަހުން އަޒްމިރަލްދާ އާއި މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ބޭފުޅުން މަގާމުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮނުވާނެ
17 July 2025
މަވެސް އެބަވިސްނަން ކެވުނު ވަރަކަށް ކައިފަ ރިޓަޔާކުރަން.
މެދުހަށި
17 July 2025
ފޮޓޯގައި އެހުންނެވި ބޭފުޅާ ތުރުކުރައްވައިގެން ހުންނެވި ކޯޓްގެ މައްސަލައެއް އުޅޭހެން ހީވޭތަ؟ ނުވަތަ މަށަށް އެކަނި ހީވާއެއްޗެއް ބާ؟
ކޮރަލް
17 July 2025
ދެން ދުވަސް ކޮޅަކުން ސިޔާސީ މަގާމް އަކަށް ދިޔައީމަ ރިޓަޔަރ ފައިސާ ލިބޭނެ އެވެ. ސިޔާސީ މަގާމް ގެ މުސާރަވެސް ލިބޭނެ އެވެ. މިހެން އުޅޭ ބައިވަރު މީޙުން އެބަ އުޅެ އެވެ.
ނިދަން މިޔަރު.
17 July 2025
ވަރަށް ރަގަޅެއްނު. ދެން ގޭގައި ހުރެގެން ބައިލައްކަ އެއަށް ދާއިރު 70000 ލިބޭނެ. ބޭފުޅާ ވަރު ގަދަ މީހަކު ނުދެކެން.
ގހބޖހ
17 July 2025
އަސްލުވެސް. މީނަ ވެސް ވަރަށް ބޯ ބޮޑު
ރައްކާ އައްޔަ.
17 July 2025
ބޮނޑިވަރު ހިއްޕަވައިގެން ގެއަށް ކަޑާލާ.
އޮނަރަބްލް އަފީފު ދީދީ
17 July 2025
ރާއްޖޭގެ ދުސްތޫރީޙަޔާތުގައި ދިވެހިންނަށްލިބުނު އެންމެ އިލްމީ އަދި ނަޒާހަތްތެެރި ސްޕްރީމްކޯޓް ބެންޗްގައިތިއްބެވި ފަނޑިޔާރުންގެތެރެއިން ކުރީގެ މަޝްހޫރު ޤާނޫނީ ވަކީލް އަދި ޤާނޫނުއަސާސީ އިސްލާޙްކުރި މަޖިލިސް މެންބަރުކަމާއި، ދައުލަތުގެ ބަންޑާރަނައިބް އަދި ސިވިލްކޯޓް އިސް ފަނށިޔާރުކަން ކުރައްވާފައިވާ ހުސްނު އަލް ސުޢޫދާއި، ފަނޑިޔާރު ޑރ އަޒްމިރަލްޑާ އަދި ފަނޑިޔާރު ޑރ މަހާޒު އަލީ ޒާހިރު ވަކިކުރުމުން ހަނު ހުންނެވިމީހާ އާއިމެދު މިހާރު ދިވެހިން ޝައުގެއްނެތް.
ދިވެއްސެއް މީ
17 July 2025
މަ ޝައުގު އެބަހުރި. މަ މީ ގައިމުވެސް ދިވެއްސެއް
މައްދިވެހި
17 July 2025
ދިވެއްސެއް މީ ފަދަ ކަނޑު ކޮހުންވެސް އަހަރުމެންގެ ތެރޭގައި ތިބޭނެކަން ދީދީ އަށް ވެސް އިގޭނެ އޭނާ އެހެން ބުނި އިރުވެސް. އެކަމަކު ދީދީ އެބުނަނީ ހަމަޖެހޭ ދިވެހިންގެ ވާހަކަ ކަން ނޭގެ.
އަލް އަފީފްދީދީ
17 July 2025
ބޭފުޅާގެ ކޮމެންޓްގައި ހާދަ ދިގު ސެހެރީ އެއްގެ ފަހުންނޭ ހުސްނު އަލް ސުއޫދުގެ ނަން މިއަންނަނީ ދެއްތޯ؟ އެއޮށް ދިގު ކޮމެންޓް ދެބައި ވެ ނިމެން ކައިރިވީ ފަހުން! ބޭފުޅާގެ ތިމާގެ ބޭފުޅެއްތޯ؟
ރީލޯޑު
17 July 2025
ގުޑް ފޯރ ހިމް. އެންޖޯއީ ވިތް ދި ޕެކޭޖް