ނޭޝަނަލް ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލާފައިވާ ބައިވެރިންގެ ފިޓްނެސް ޓެސްޓު ހަދަނީ.-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
17 ޖުލައި 2025 - 21:50
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ ދޭނެކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޒިންމާދާރުކަމާއި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން ދުޅަހެޔޮ އަދި އަހުލާގު ރަނގަޅު ޒުވާން ޖީލެއް އުފައްދަން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ އިތުރު ސަރަހައްދުތަކުގައި ފަށާފައިވާ ކަމަށެވެ.
އިންޓަވިއު އަދި މެޑިކަލް އާއި ފިޓްނެސް ޓެސްޓުތައް ކުރިއަށް ގެންގޮސް، ނޭޝަނަލް ސާވިސް އަށް މީހުން ނެގުމުގެ މަސައްކަތް މި ވަގުތު ގެންދަނީ ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގަ އެވެ.
އޭގެ ފުރަތަމަ ބުރުގައި 350 ބައިވެރިން ހޮވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ކުރިމަތިލާން މިދިޔަ އޭޕްރީލް މަހު ހުޅުވާލައި، އެ މުއްދަތު މިދިޔަ މަހުގެ ކުރީކޮޅު ހަމަވިއިރު 1،200 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.
— Ministry of Defence (@MoDmv) July 17, 2025
އެ ފުރުސަތު ހުޅުވާލީ އުމުރުން 16-28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންނަށް ފޯމު ހުށަހެޅޭނީ ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ސިޓީއަކާއެކުގަ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެ ކަމަށް އިއުލާން ކުރެއްވީ އެ ރަސްމިއްޔާތުގަ އެވެ.
ރައީސް އޭރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1،000 މީހުން ބޭނުންވާ ކަމަށެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
18 July 2025
ސްކޫލް ނިންމާ އެބައުޅެ މިބައުޅެކުދިން ތިޔަށް ގެންދާނެ ގޮތެއް ނިކަން ބުނެބަލަ ތިކަން ތިޔަކުރާ އުސޫލުންނަމަ. އެކުދިންނަށް ފުރުސަތު ހަމަ ނުލިބޭތަން އަންނާނީ ތިގޮތަށް ތިކަންކުރަންޏަ..
ބަބްސް
18 July 2025
ދައުލަތުގެ ޙަރަދުގައި އިންތިހާބަށް ތައްޔާރުވުން. މިދިޔަ އިންތިހާބަށް މާލޭގެ މަގުތަށް ބަލަހައްޓާށޭ ކިޔާފައި 85 މަގުފާރަވެރިން ދޫކޮއްލި. ވީކަމެއް އައި ބަދަލެއް ހަރާން. މަގުތަކުގެ އަޑިގުޑަންތަށްވެސް އެމީހުންނަކަށް ފެންނަ ކަމަކަށް ނުވޭ. އޭސީ ތަކުން ފައިބާ ފެންވެސް ނުހުއްޓުވޭ. އެގޮތަމިގޮތަށް ޕާކް ކުރީމަވެސް އެއީ އެމީހުނާ ބެހޭ ކަމެއް ނޫން.