ހިރާ ސްކޫލުގެ ދަރިވަރުންތަކެއް-- ފޮޓޯ: ސްކޫލް
20 ޖުލައި 2025 - 09:49
އައްޑޫ ބަހުން ވާހަކަ ދެއްކުމަކީ ރީތި އަދި ފަހުރުވެރިވާ ކަމަކަށް އައްޑޫ މީހުންނަށް ވިޔަސް ޒަމާނަށް އައި ބަދަލުތަކާ އެކު، އެ އަށް ބަދަލުތަކެއް އަންނަ ކަން ހިރާ ސްކޫލްގެ ވެރިންނަށް ފާހަގަވި އެވެ. އައްޑޫ ބަހުން އައްޑޫ ކުދިން ވާހަކަ ދައްކާއިރު ކުށް ބަސް ބޭނުން ކުރުމާއި ދިވެހި ބަސް ނުވަތަ މާލޭ މަހާއި އައްޑޫ ބަސް އެއްކޮށްލައިގެން ވާހަކަ ދެއްކުން އާދައަކަށް ވި އެވެ. އިނގިރޭސި ބަހާއި އައްޑޫ ބަސް ވެސް އެއްކޮށްލައިގެން ވާހަކަ ދައްކަ އެވެ.
އެންމެ ކަންބޮޑުވި އެއް ކަމަކަށް ވީ އައްޑޫ މީހުން އެންމެ ކުރިއްސުރެ ބޭނުންކުރަމުން އައި ރީތި ބަސްތައް މިހާރުގެ ކުދިން ހަނދާ ނައްތާލުމެވެ. ނުވެސް އެނގެނީ އެވެ. އެހެންވެ، ހިރާ ސްކޫލުން އިސްވެ ހާއްސަ މަސައްކަތްތަކެއް ފެށި އެވެ. ވީޑިއޯގެ ޒަރީއާ އިން އެ ސްކޫލްގެ ކުދިން ހޭލުންތެރި ކުރުމެވެ. އައްޑޫގެ ރީތި ބަސްތައް ދަސްކޮށްދިނުމެވެ. އުވި ދިއުން ހުއްޓުވުމަށެވެ.
އިޔާ ބަނީ. މިޔާ ބަނީ. ކޮން ބަނީއަށް؟ ބަނީއަކީ އިނގިރޭސި ބަހަށް. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުން. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުުން. މީހަކާ އަންތަރީސް ނިވެނީ،
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް، ގަސްތަކެއް ހިފައިގެން.-- ފޮޓޯ: ސްކޫލް
އެ ސްކޫލުގެ ފޭސްބުކް ޕޭޖުން ފުރަތަމަ އާންމުކުރި ވީޑިއޯގައި ދަސްކޮށްދިނީ މޭވާ ބިނުމާއި ކެނޑުމަށް އައްޑޫ ކުދިން ފަހަކަށް އައިސް ބޭނުންކުރާ އުޅޭ ގޯސް އަދި ރަނގަޅު ބަސްތަކެވެ. އެގޮތުން ބަނބުކެޔޮ ކެނޑުމާއި ފަޅޯ ބިނުމާއި ކާށި ރުކުން އެޅުމާއި ކާށި ބިނުން ކިޔައިދީފައިވެ އެވެ.
އެ ވީޑިއޯ 141،000 މީހުން ބަލާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އާ ވީޑިއޯއެއްގައި ގްރޭޑް 1ގެ ދެ ދަރިވަރަކު ކިޔާދީފައި ވަނީ ގަސް ޖަހާފައި ހުރި ޕޮޓެއް ގެންގޮސް ބަހައްޓާއިރު ބުނާނެ ގޮތެވެ.
"އެ ވީޑިއޯގައި އެއް ކުއްޖަކު މި ބުނަނީ ގަސް ޕޮޓެއް ހިފައިގެން ގޮސް، ގަސް ބަހައްޓާނީ ކޮން ތަނަކު ހެއްޔޭ؟ އައްޑޫ ބަހުން ބުނާ ނަމަ ބުނާނީ ގަސް ގެސް ބާނެއިއައު، މި ގަސް ބާނެއި. މިގަހާ ބާނެއި. އެކަމަކު މިހާރު ކުދިން މި ކިޔަނީ ބަނީ. އެއީ މުސަޅު، އެހެންވެ ފަހަތުން މުސަޅެއް ދައްކާފަ އެ އިނީ،" އެ ވީޑިއޯގައި ދައްކާ ވާހަކަ ދިވެހި ބަހަށް ބަދަލު ކޮށްދެމުން ހިރާ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވި އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު މިހާތަނަށް 285،000 މީހުން ބަލާފައިވެ އެވެ.
އެ ހުރިހާ ވީޑިއޯއެއްގައި ވެސް އައްޑޫގެ ބަސްތައް ރަނގަޅަށް ކިޔައި ދިނުމުގައި ހަރަކާތްތެރިވަނީ ހިރާ ސްކޫލްގެ ކުދިންނެވެ. ވަރަށް ލޯބިކޮށް އަދި އަޑު އަހާ ހިތްވާ ގޮތަކަށް އެ ކުދިން އެ ވީޑިއޯގައި ބަސްތައް ކިޔައިދެ އެވެ.
"އިޔާ ބަނީ. މިޔާ ބަނީ. ކޮން ބަނީއަށް؟ ބަނީއަކީ އިނގިރޭސި ބަހަށް. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުން. ތަންތެއި އެއްތެތި ބާނެއި. ބަނީއަށް ނުުން. މީހަކާ އަންތަރީސް ނިވެނީ،" ތަންތަނުގައި އެއްޗެހި ބެހެއްޓުމަށް އައްޑޫ ބަހުން ބޭނުންކުރާ ބަސް ތަފުސީލް ކޮށްދެމުން ހިރާ ސްކޫލްގެ ކުޑަކުއްޖަކު ވީޑިއޯގައި ބުންޏެވެ.
ސިތާރާ "މިހާރު" އަށް ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދައްކާއިރު ރަނގަޅަށް ވާހަކަ ދެއްކުމަކީ އެ ސްކޫލުން އަބަދު ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.
"އައްޑޫ ބަހުގައި ކުށް ބަސްތައް އިތުރުވަމުން ދަނީ މި ފަހަކަށް އައިސް. ކުދިން ލައްވާ އެ ވީޑިއޯތައް ކުޅުވަން ފެށީމަ ސްކޫލު ތެރޭގައި ވެސް ވަރަށް ބޮޑަށް އެ ފެތުރި، ބަސް ބޭނުން ކުރާ ރަނގަޅު ގޮތް ކުދިންނަށް ކިޔާ،" މިހާރު ގިނަ ކުދިން ވާހގަކަ ދައްކަނީ އިނގިރޭސި ބަހުން ކަމަށާއި އައްޑޫ ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭކަން ފާހަގަ ކޮށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެންވެ އެ ކުދިން ލައްވާ މި ވީޑިއޯތައް ހަދަން ފެށީ."
ބުރާސްފަތި ދުވަހުގެ ވީޑިއޯގެ ނަތީޖާ ވަރަށް ބޮޑަށް ހާސިލްވި ކަމަށް ސިތާރާ ވިދާޅުވި އެވެ. ވަރަށް ގިނަ ބަޔަކު އެ ވާހަކަ ދައްކައި ސްކޫލް ތެރޭގައި ވެސް ކުށް ބަސްތައް ނުކިޔުމަށް ބާރު އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް، ދިވެހި ކެއުމަކަށް ތައްޔާރުވެގެން.-- ފޮޓޯ: ސްކޫލް
"އެ ވީޑިއޯ ފެނި، އަޑު އިވުނީމާ އެންމެންނަށް ވެސް، ހާއްސަކޮށް ޒުވާން ކުދިންނަށް ވިސްނިއްޖެ ތިމަންނަމެންނަށް ވެސް މި ކިޔެނީ މިހެންކަން. ނުބައިކޮށް ކުށް ބަހެއްކަން. ނުބައިކޮށް ކިޔާ ކިޔާ އާންމުކޮށް ކިޔެނީ ވެސް ކުށްބަސްކަން މި އެނގުނީ،" އެ ވީޑިއޯ ވައިރަލްވި ސަބަބަކީ އެއީކަން ފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯތަކުން އޭގެ މަގްސަދު ހާސިލްވިކަން ފާހަގަ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ ސްކޫލު ނިމިފައި ތިބި ޒުވާން ކުދިންނަށް ވެސް އެ ވީޑިއޯތަކުން އައްޑޫ ބަހުން ކިޔާ ރަނގަޅު ގޮތް އެނގުނު ކަމަށެވެ.
ސްކޫލުގެ އަމާޒަކީ އައްޑޫ ބަހާއި ދިވެހި ބަހުގެ ވެސް ކުށް ބަސްތައް ފާހަގަކޮށް، ކުދިންނަށް އޭގެ ރަނގަޅު ގޮތް ބުނެދިނުން ކަމަށް ސިތާރާ ވިދާޅުވި އެވެ.
ހިރާ ސްކޫލުގެ ދަރިވަރުންތަކެއް،.-- ފޮޓޯ: ސްކޫލް
އައްޑޫ ބަސް ދަސްކޮށްދިނުމުގެ އިތުރުން އައްޑޫ ބަހާއި ދިވެހި ބަހުގެ ހުރި ތަފާތާއި ދެ ބަހުގައި ކިޔާ ރަނގަޅު ގޮތް ބުނެދިނުމަށް ވެސް ހިރާ ސްކޫލުން ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ. ކުދިންގެ މެދުގައި އައްޑޫ ބަހުން ވާހަކަ ދައްކާ ކުށް ބަސްތައް ރަނގަޅު ކުރުމާއެކު ޓީޗަރުން ވެސް އެކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ސްކޫލުން އަންނަނީ ކުރަމުންނެވެ.
ހިރާ ސްކޫލް ރާއްޖޭގެ އެހެން ސްކޫލުތަކާ އަބަދުވެސް ތަފާތެވެ. ދެހާސް ދިހަ ވަނަ އަހަރު 50 ކުދިންނާ އެކު ފެށި އެ ސްކޫލްގައި މިހާރު 380 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ. އައްޑޫގެ ހުރިހާ ސްކޫލަކާ އަޅާބަލާއިރު ކިޔަވައިދޭ މާހައުލާއި ކިޔަވައިދިނުމުގެ ވައްޓަފާޅި ވެސް ތަފާތެވެ. އައްޑޫ ބަހުގެ ކުށް ބަސްތައް ރަނގަޅު ކޮށްދިނުމަށް މި ފެށި ޕްރޮގްރާމަކީ ވެސް ހިރާ ސްކޫލުން ކުރި ތަފާތު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިބެހެވާ
23 July 2025
އަފިރިންގެ ބަސް މުއްސަންތިއައު ބެނަނީ ކަމަށް ވެގެން. މސާލު: ބޮލެރިހުން / ބޮލިވިދުން / ލާލަލާކެއުން / ބޯބެރާންތިވުން / ބޮލަށްބެރަވެއްޓުން މީހުސް އެއް މާނާއް ނެގޭ ބަސްބަސް.. މާލޭ މީހުން މި ހުށުހެއި ބަހަކަށް ކޭނެއި ބޮލުގަރިއްސަނީ އައު. ސަލާމް.
އޫބެއާއްކަލޯ
21 July 2025
ހަގީގަތަކީ، ބަހަކީ ބަދަލުވަމުން، "އިވޯލްވް" ވަމުންދާ އެއްޗަކަށްވާކަމެވެ. ޒަމާނަށް އަންނަބަދަލުތަކާއި، އޭރަކުގެ މާހައުލުގެ ހާލަތާއި ހިޖުރަކޮށް އެކިބަސްވެރިން މަސްހުނިވެއުޅުމާއި މިބާވަތުގެ އެތައްކަމެއް މެދުވެރިވެގެން، ހާއްސަކޮށް ބަސްބޭނުންކުރަން އޭރަކުތިބޭ ބަޔަކުގެ ޑިމާންޑަށް ބަސްބަދަލުވާން މަޖުބޫރުކުރުވާ. މިހާރު މިއޮތީ "ޕާޓޭން، ބްރޯމެން"ގެޒަމާން. ބަހަށް އަންނަ ބަދަލަކީ ޒަމާނާއެކު ކުރިއަށްދާނެ ހުއްޓުމެއް ފަރުވާއެއް ނެތްކަމެއް..
ސަފިއްތަ
20 July 2025
ބަނީ އަކީވެސް އައްޑޫ ބަހެއް. ހިރާ ޓީޗަރުންނަށް މާ ބޮޑަށް އިނގެނީ. ބަނީ އަކީ ބަނުން ގެ ޕާސްޓް ޓެންސް. ބަނުން، ބަންނެއި، ބަނީ، ބެނދެފެއި
ޙުސޭން
20 July 2025
ލިއުންތެރިޔާ ނިކަން އަލި އަޅުވާލަބަލަ ދިވެހިބަސް މޮޑަނައިޒް ވެގެން ގޮސް މިހާރުގެ ޒުވާނުން ބަސް ބޭނުންކުރާ ގޮތުގެ މައްޗަށް. މިސާލަކަށް: ބަރާބަރު = މިހާރު ކިޔާގޮތް: ބަޅާބަލ
ޢަބްޑޫލް +
20 July 2025
އަހުރެންނަކީ، މާލެއަށް އުފަން މީހެއް. އެކަމަކު، މަންމަގެ ބަފައި ފުށުން އައްޑޫ (މީދޫ/ ހުޅުދޫ) އާއި ވަރަށް ގާތް ގުޅުމެއް އޮތް މީހެއް. ބަފައިފުށުން، އަހުރެންނަކީ، ދަރިދަރިއަށް މުނިމުންޏަށް، މާލޭ މީހެއް. އައްޑު އަތޮޅު ލޮލުން ފެނުމަކީ، އަހުރެންގެ މަންމަގެ ވަރަށްބޮޑު އެދުމެއް، އެކަމަކު އެކަން ހަގީގަތަކަށް ނުވި. އަހުރެން ރާއްޖޭގައި ދާއިމީ ގޮތަކަށް ނޫޅޭތާ ފަންސާހަކަށް އަހަރު ވިއަސް. ކޮންމެވެސް ދުވަހަކުން އައްޑު އަށް ދެވޭނެ ކަމުގެ އުންމީދު ކުރަން.
ހިރާ ސްކޫލް
21 July 2025
އެހެންތާ ފެން ރަނގަޅަށް ނިދާލެވޭނެ މިރޭ މިމައުލޫމާތު ކޮޅު ލިބުނީމަ..
ސަލިމާ
20 July 2025
ލިޔުންތެރިޔާއަށް މިއޮތީ ބަސް އަދި ބަހުރުވަ އޮޅިފަ. “ލޭންގުއޭޖް އެންޑް ޑަޔެލެކްޓް” ވަރަށް ތަފާތު ކަމެއް.
ކޮލް
20 July 2025
ރަނގަޅުކަމެއް ކުދިން ލައްވާ ރަންގަޅަށް ވަާހަކަ ދައްކާ ބަސްއަތުރަން ދަސްކޮށްދިނުމަކީ. ހެދިބޮޑުވަމުން އަންނައިރު.
ހިރާ
20 July 2025
މާލޭގައި މާސިންގާބޮޑު އެކަޑަމީއެއް ހަދާފަ ވަރުވަރުން މީހުންލާފަ ތިބޭއިރު މިވަރުކަމެއް ކޮށްލަންނުކެރޭ ކަންނެތްކަމުން.ދެން ހަމަ އެއްޗެއްބުނާއިރައް އަނގައިގަ އެއްކޮޅުއޮއްވާ ބުނާނެ ބަޖެޓުގެ ދަތިކަމުންނާއި ގޮންޖެހުން ގިނަކަމުން ހަމަ އެއްވެސް ކަމެއްނުވެގެންނޭ މިއުޅެނީ…...އިސްތިއުފާދީފަ ގެއައްދޭބަލަ.
ސްމާރޓްފޯން
20 July 2025
ބައްލަވާ "އައްޑޫ ބަސް" "ހުވަދޫ ބަސް" "ލާމު ބަސް" މިއީ ރަނގަޅު ގޮތެއް ނޫން. އައްޑޫ ބަހެއް ނޯވޭ. ބަހުރުވަ އޮންނަނީ. ދިވެހި ބަސް، ތަފާތު ބަހުރުވަ. އިނގިރޭސިން ބުނަންޏާ "ޑަޔަލެކްޓް". ރާއްޖޭގައި އެންމެންވެސް ވާހަކަ ދައްކައި އުޅެނީ އެއްބަހަކުން. އެ ބަހަކީ ދިވެހިބަސް. އެކަމަކު ދިވެހި ބަހުގައި ތަފާތު ބަހުރުވަތަކެއް ހުރޭ. ހުވަދޫ ބަހުރުވަ، އައްޑޫ ބަހުރުވަ އަދި ފުވައްމުލަކު ބަހުރުވަ.
ވޮޑަފޯން
20 July 2025
ސަތޭކަ
ހަގީފަތު23
20 July 2025
މާލޭބަހުރުވަ
ޖިހާދު.
20 July 2025
ކީއްވެ މާލޭ ބަސް ނުހިމަނާ އޮތީ ؟
ފެންނަނުފެންނަ
22 July 2025
މާ މޮޅު ވާހަކަތަކެއް ދައްކާނެ ކަމެއްނެތް. ދިވެހި ބަހަކީ ގަދަބާރުން ފަތުރައިގެން އުޅޭ ބަހެއް. އައްޑޫ ބަސް ނުވަތަ ހުވަދޫ ބަސް ސްކޫލް ތަކުގައި ކިޔަވައިދީ ބަލަ. އޭރުން އެންމެން ދައްކާނެ އެބަސް ތަކުން. އައްޑޫ ބަސް، ހުވަދޫ ބަސް. ކޮން ބަހުރުވައެއް. މާލެ ބޭފުޅިޒަމް، ކްލޯނިއަލިޒަމަކަށް ފުރުސަތެއްނެތް. މީ ހުސް ދިވެހިން. އެމީހެއްގެ ބަހަކުން އެމީހަކު ވާހަކަ ދައްކާނީ. ކޮން ދިވެހި ބަހެއް.
ބަހުގެ
22 July 2025
އައްޑޫ މީހުން ކޭނެއި އައްޑޫ ބަހާއު. މާލޭ މީހުން ކެއު ބަހުރުވާއު. އައްޑޫ ބަސް މާލޭ ބަހަށްވަނި މާ މުއްސަންތި.
ހިޔާލީ އަލީ
20 July 2025
ރައީސް ނާސިރު އައްޑޫ ވަކިވިޔަ ނުދިނުމަށް ކުރެއްވި މަސައްކަތްވެސް ކުދިންނަށް ކިޔާދީބަލަ، އިނގިރޭސިން ދަމުން ދިޔައީ އިންޑިއާއިން ޕާކިސްތާނު ވަކިކޮށްލާފަ، ފަލަސްތީނަށް އިޒްރޭލު މީހުން އަޅާލާފަ، ފޯޅަވަހި އެމެރިކާއަށްދީފަ، މިހެން ގޮސް ބައިބައި ނުކޮށްލެވުނީ ދިވެހިރާއްޖެ
އޭނާ އަކީ ޖައްލާދެއް ޤާތިލެއް.
20 July 2025
އެފަދަ މީހެއްގެ ވާހަކަ އައްޑޫ ކުދިންނަށް ކިޔައިދީ ހަޤީގަތް އޮޅުވާލާނެ ކަމެއްނެތް. މާލޭ މީހުންގެ ފޮތް ތަކުގައި ހުރީ މުޅިން ދޮގުވާހަކަ ކަން އައްޑޫ މީހުނަށް އެގޭ.
އަލިމާ
20 July 2025
ތިބުނާ ފޮތުގެ ނަމަކީ ކޮބާ
ފޮނިޓައްޕު ހަސަނު
20 July 2025
އައްޑޫ ހުވަދޫ، ފުވައްމުލަކު މީހުންނަކީ އެވޭލާ ޒަމާނުން ފެށިގެން އެމީހުންގެ އޮޑިފަހަރުގައި މުދާ އަވައްޓެރި ގައުމުތަކަށް ގެންގޮސް ވިއްކައިގެން އަދި އެލިބުނު ފައިސާއައިން މުދާ ގަނެ ރާއްޖެއަށް އިމްޕޯޓުކޮށްގެން އަމިއްލަ އިގްތިސާދެއް ދަމަހައްޓަމުން ދިޔަ ހީވާގި ބަޔެއް. އެ ތިން އަތޮޅު ވަކިވާން ފެށިމަސައްކަތުގެ އަސްލަކީ ނާސިރު ކަންތައް ކުރެއްވިގޮތް. އެމީހުންގެ މުދާ މާލެއަށް ވިއްކަން މަޖްބޫރު ކުރުން.
އަގަިބު އަންތަރީސް
20 July 2025
އައްޑޫ ވެސްބައިކޮއްލާފަ، މަރަދޫގެ ބައެއް ފޭދޫ މީހުން އާބާދުކުރުވާފަ، ފިތުނައިގެ ކޯރަކަށް ލާފަ