ނިއުމާތު: އޭނާގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި --- ފޮޓޯ/މިހާރު
21 ޖުލައި 2025 - 13:42
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރުގެ މުއްދަތަކަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖުލައި، 2020 ގައި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ނިއުމާތުގެ ދައުރު މިމަހު ހަމަވާތީ އޭނާގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެކަމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ފަސް އަހަރަށް އައްޔަން ކުރާ އެ މަގާމުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރު ކުރުމުގެ ބާރު އެ ގާނޫނުގެ ދަށުން މަޖިލީހަށް އޮވެ އެވެ.
ރާއްޖޭގައި ޕްރީ ސްކޫލުތައް ހެދުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރޫ
22 July 2025
ކަޓަމަރާން ފެނިއްޖެއްޔާ ދެންނޯންނާނެ އެހެންގޮތެއް.
ޑރ ވާންޗޯ
22 July 2025
ހުސް ދަންނަވާލައިގެން ފަހަތްޕުޅުން ކުރުކާލިކަނޑަން އުޅޭމީހުން ބޮޑުންނަށްތިބީ، ވިދާޅުވީމަ އިތުރުގޮތެއްނެހެދޭނެދޯ.
ފަހި
22 July 2025
ކިޔަވައިގެންތިބި ޒުވާންކުދިންނަށް ފުރުޞަތުދިނުން ބުއްދިވެރި
ތިހާމްބެ
21 July 2025
އަނެއްހެން މީނަ ތި މަގާމުގަ މިހާތަނަށް ކުރި ކަމެއް ވެސް ލިޔެލިނަމަ ދޯ. ކުރިކަމެއް އެނގޭކަށް ނެތް. އަނިއްކާ އެއީ ސިއްރެއްބާ.
ޣައްދާރުން
21 July 2025
ކޮންމެ ސަރުކާރަކުން ވެސް މި މިހުން ބޭރުނުކޮށް ބޮޑު މުސާރަ ދޭންވީ ދައުލަތަށް ބަލަދު އަރާފައި ތިބޭ ބައެއް މީ
ބަޑޭރަމީޒު
21 July 2025
ކީއްކުރާ މީހެެއް؟؟ހަމައެކަނި ޓެކުސްފައިސާއިން މުސާރަ ނަގައިގެން ގޭގަ ހުންނަމީހެއްދޯ؟؟ބަޔަކު އަވަދިވެދާނެ ހުވާ…
ކޮރަލް
21 July 2025
މިވީ ކިހިނެއްތޯ އެވެ؟. ދެން އެހެން މީހުންވެސް މިކަން މިގޮތަށް ކުރަން ބޭނުން ވާނެ އެވެ.
އަނީތު ޕައްޑާ
21 July 2025
މުޅިއުމުރު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ސިކުޑިއާއި ނަފުސް ވަގުފުކޮށްފައިވާ ކަނބަލަކު ޕީއެންސީގައި ވޭތުވެދިޔަ ފަސް އަހަރު ގަނަތެޅުނު ކިޔަވައިގެންތިބި މީހުން މަގުމަތިކޮށްފައި ތި މަގާމް ކަށަވަރުކުރީ ހާދަ ކުޅަދާނަވީމައޭ ހިތައް އަރައެވެ. މަރުޙަބާ.
ކަނބިލި
21 July 2025
މަރުހަބާ ނިޢުމަތު. ނަސީބުވެރިއެއްތީ