އައްޑޫ މޭޔަރު ނިޒާރު
22 ޖުލައި 2025 - 10:09
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އެ ކަން ހައްލު ކުރުމުގައި އަދި ސަމާލުކަމަށް ގެނައުމުގައި ގެންގުޅެނީ "ދެވަނަ ދަރަޖަ" ކަމަށް ވިދާޅުވެ އައްޑޫ މޭޔަރު އަލީ ނިޒާރު ނުރުހުން ފާޅުކުރައްވައިފި އެވެ.
އޭނާ އެ ވާހަކަ ދެއްކެވީ ދުވަސްގަނޑަކަށް ފަހު، އިންޖީނަކަށް ޓެކްނިކަލް މައްސައެއް ދިމާވެ، އަނެއްކާ ވެސް އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން ކުރެއްވި އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
"މާލެ އިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތު ކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި. އަޅުގަޑުމެން އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން،" މާލެ އިން މިދިޔަ ޖޫން 1 ވަނަ ދުވަހު ފަސްގަޑިއިރަށް ކަރަންޓު ކެނޑުމާ އެކު މުޅި ސަރުކާރު އެލާޓަށް އައި މައްސަލަ އަށް އިޝާރާތް ކުރައްވަމުން ނިޒާރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވިގޮތުގައި، އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅު ނުކުރެވި ދެ އަހަރު ވާން ކައިރިވެފައި ވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ފެނަކަ އިން އިއްޔެ ބުނެފައި ވަނީ، އައްޑޫގައި ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން މިދިޔަ ތިން ދުވަހުގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުން ދިއުމުން ގިނަ ބަޔަކަށް އޭގެ ތަކުލީފުތައް ޖެހި ޝަކުވާ ބޮޑުވި އެވެ.
މޭޔަރު ވިދާޅުވީ، އައްޑޫ ރައްޔިތުން ކަރަންޓު ނެތި އަނެއްކާވެސް "މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން" ކަމަށެވެ.
"ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން މިދަނީ ކަރަންޓު ކަނޑަމުން. ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ހިިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން. އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައި،" ކަންބޮޑުވުމާ އެކު މޭޔަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރޭ
23 July 2025
އައްޑޫ އަކީ ނިސްބަތުން ގިނަ ކަންކަން ފަހިވެފައިވާ ސިޓީއެއް. އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން, ކައުންސިލްތަކުން ޚަރަދު ކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނޯވޭ. ރަށްރަށުގެ ތަރައްގީއަށް ބޭނުންކުރަން ހުންނަފައިސާ ޚަރަދުކޮށްލަނީ ލަނގިރި ގުރޫޕް ނުވަތަ މިއުޒިކް ގުރޫޕް ގެނެސް އީދުތަކުގެ މުނިފޫހި ފިލުވުމާ ތަޖުރިބާ ދަތުރުތަކަށް ބޭރށް ދިއުމަށް.
މއޝ
23 July 2025
މި އައްޑޫ މީހުންނަކީ އެ މީހުންގެ ހިތުން ވަރަށް މާތް ބައެއް. އެއީ މި ރާއްޖޭގައިވާ އެންމެ މުޤައްދަސް ބިން ކަމުގައި ވެސް އެބައި މީހުން ދެކޭ. އެންމެ ތަރައްޤީވެ ކުރިއަރައި ދާންވީ ވެސް މި ބައި މީހުންނޯ؟ އަޖައިބެއް ފަދަ މަޚްލޫޤުންތަކެއް، ފޭސިނޭޓިންގ!
އައިމިނާ
22 July 2025
ތިޔަ މޭޔަރުންނާ ކައުންސެލަރުން ނާއި ސަރުކާރާ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިގުކޮށްކޮށް ތިބިއިރު 5 އަހަރު ނިމިގެންދަނީ.އެއްކަމެއްވެސް ނިވޭހެއް. ބޭކާރު ކައުންސިލްތަކެއް.
ފަހުދު.
22 July 2025
ބައެއްފަހަރު އެބަހީވޭ މިރާއްޖޭގަ އޮތީ އައްޑޫ އެކަންޏޭ ހެންވެސް
މިނޫންގޮތެއް
22 July 2025
ތިޔަ މޭޔަރަކީ އައްޑޫ ގެ ހަލާކު. އައްޑޫ އެތައްގުނަ ފަހަތަށް ޖައްސާލައިފި.
ކަނބިލި
22 July 2025
މޭޔަރު ކެމްޕޭން ޖައްސަނީ! ކުރީ ސަރުކާރުން ވެސް އެހެން ހިސާބެއްގައި ނުހިންގާފަދަ ބިޔަ މަޝްރޫޢުތައް ހިންގި. ނިޒާރުމެން މައްސަލައަކީ ލިބޭ ނިޢުމަތްތަކަށް ޝުކުރު ނުކޮށް އަބަދު ސަރުކާރުތައް ބަދުނާމުކުރާތީ. ކައުންސިލަށް ލިބޭ އާމްދަނީން ރައްޔތުންނަށް ދެމެހެއްޓެނެވި ގޮތެއްގައި ފައިދާކުރާ ފަދަ ކަމެއް ނުކޮށް ކުރަނީ ބޭކާރު ޚަރަދުތަކެއްނު
ގެދޮރޭ
22 July 2025
އައްޑޫ އަކީ ނިސްބަތުން ގިނަ ކަންކަން ފަހިވެފައިވާ ސިޓީއެއް. އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން, ކައުންސިލްތަކުން ޚަރަދު ކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނޯވޭ. ރަށްރަށުގެ ތަރައްގީއަށް ބޭނުންކުރަން ހުންނަފައިސާ ޚަރަދުކޮށްލަނީ ލަނގިރި ގުރޫޕް ނުވަތަ މިއުޒިކް ގުރޫޕް ގެނެސް އީދުތަކުގެ މުނިފޫހި ފިލުވުމާ ތަޖުރިބާ ދަތުރުތަކަށް ބޭރށް ދިއުމަށް.
ސަދަﷲޑ
22 July 2025
އައްޑޫ މީހުން ވެސް އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ދެކެނީ ދަށްކޮށް.
މުޑަހަންޖާ
22 July 2025
ކުރީގަ ކ.މާލޭ މައުމޫނު އިންތިހާބާ ދިމާކޮށް އައްޑުއަށްދާއިރު އިސްތިގުބާލަށް ނިކުމެތިބޭތީ ޖޯކުޖެހިމީހުންގެ މިހާރުގެ ހާލަތަކީ އެއުޅޭ ލ.ފޮނަދޫ އަދުރޭމެން އައްޑުއަށްދިޔައަސް މުޅި ލިބާހަށް ބޮޑީސްޕްރޭ ޖަހައިގެންގޮސް ރަތްދަކަ އަވީގަ މާފަތި ހިފައިގެން ސަފުހަދައިގެން ތިބެނީ. ކުރީގަ 5 އަހަރުން 1 ފަހަރު އަވީގަ މިހާރު މަހަކު 1 ފަހަރު އަވީގަ. ދެން ކަންތައް ވާނީ ފިސާރި ރަނގަޅަށްތާ.
އޮނަރަބްލް އަފީފު ދީދީ
22 July 2025
ބޮޑުވަޒީރު މޮޑީ އާއި ބައްދަލު ކުރަން ފުރުސަތު ލިބިވަޑައި ނުގެންނެވި ކަމަށް ވިޔަސް ކ.މާލޭގައި ހުންނަވާ އިންޑިޔާ އެމްބެސެޑަރަށް ދަންނަވައިގެން އައްޑުގެ ކަރަންޓްގެ މައްސަލައާއި އައްޑޫ ގައި އިންޑިޔާގެ އެހީގައި އަމިއްލަ ޓީވީ ޗެނަލް އެއް އުފެއްދުމުގެ އެހީތެރިކަމަށް އެދެންޖެހޭ. އަދި އިންޑިޔާ ސަރުކާރުން އައްޑޫގައި ޤާއިމް ކުރަން ނިންމާފައިވާ India Consulate Office މަސައްކަތް އަވަސް ކޮށްދެއްވުމަށް ވެސް އިންޑިޔާ ސަރުކާރުގައި އެދިވަޑައި ގަންނަވާ.