މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމް.--
24 ޖުލައި 2025 - 10:11
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާން މަރުވީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ދީފައިވާ އަނިޔާތަކުގައި މަރުވި މައްސަލައިގެ ތަހުގީގުގައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މިދިޔަ އަންގާރަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު ގެނައީ ރޭގެ ވަގުތެއްގަ އެވެ.
އަބްދުއްރަހުމާންގެ ކަށުނަމާދު ބާއްވަނީ މިއަދު މެންދުރު ނަމާދަށް ފަހު، އާ ސަހަރާ މިސްކިތުގަ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އއ. މާޅޮހުން މާލެ ފޮނުވައިލުމަށްޓަކައި ބޮޑީބޭގަށް ލައިގެން ލޯންޗަށް އަރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހްމާންގެ މަރަށް ދެ ހަފްތާ ވެފައި ވާއިރު މިހާތަނަށް ތަހުގީގުގައި ކުރިއެރުމެއް ލިބުނުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި މައްސަލައިގައި ތުހުމަތުވާ މީހަކު ވެސް އަދި ނެތެވެ. ތަހުގީގުގެ ތެރެއިން ފުލުހުން މީގެ ކުރިން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ. ނަމަވެސް އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލުކޮށްފައި ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހުމާނަށް ހަމަލާދިން އިރު ގޭގައި އެ ދުވަސްވަރު ދިރިއުޅެނީ އޭނާ އާއި އަނބިމީހާ ނާޒިމާ އެކަންޏެވެ.
ނާޒިމާ ބުނެފައިވާ ގޮތުގައި ހަމަލާދޭން ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާއަށް ފެނުނެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށަކު ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ އެއް ބަޔަކު ގަބޫލުކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސްމަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
24 July 2025
މިހާރުދެން މަރާލި ގޮތާ ގާތިލު ވެސް އިނގޭނެތާދޯ،؟ ޕޯސްޓްމޯޓަމް ހެދީމާ، އަވަހަށް އެމީހާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ ޕޯސްޓްމޯޓަމް ހެދުމަކީ ރާއްޖޭގައި ބޭނުން ކަމެއްނޫނެވެ ތީގެން ސަބަބުން އާއިލާއަށާއި މައްޔިތާއަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ އެބަ އެންމެ ބޮޑު ބޭނުމަކީ ގާތިލްހޯދުން ޕޯސްޓްމޯޓަމް ހަދަގެން ގާތިލް ހޯދޭނަމަ ރަނގަޅު ތީތިހަދަން މަގޭ ނަޒަރުގައި 0 މެއްގެކަމެއްތީ ކުރަން ބޭކާރު ފައިސާތަކެއް ހަރަދުވަނީ
އެކޮންތާކަށް ދަނީ
24 July 2025
ނުވިތާކަށް މައްޔިތާގެ ކަރާމާތޯ؟ ބްލެކް ބޮކްސް އެއްއިންނަމަ ރަނގަޅު.
ރަދީފްއޮފިޝަލް / ރަހްމާން
24 July 2025
މަރްހޫމަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.އަބްދުއް ރަހްމާންގެ މޫނު ބަލަން ކިއު ހަދާލާނެ ބާ؟؟