އައިޖީއެމްއެޗް ގޭޓް ނަމްބަރު 1 ގައި މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 ޖުލައި 2025 - 11:33
އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރަން އޯޕީޑީ ވޯކްވޭ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ މިރޭ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 3:00އާ ހަމައަށް އެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ ގޭޓު 1 އާންމުންނަށް ބަންދު ކުރަން ނިންމާފައިވާއިރު ހޮސްޕިޓަލަށް ވަނުމަށް ދެން ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗަށް އާއްމުކޮށް ވަންނަ ގޭޓް: މަސައްކަތަކަށް މިތަން ވަގުތީ ގޮތުން މިރޭ ބަންދުކުރާނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑައިލިސިސް ސެންޓަރަށްދާ މީހުން، އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރަން ވެސް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.
އަދި ސްޓްރޯކް ސެންޓަރު، އީއެންޓީ ވޯޑުގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައާޒީޒާ
24 July 2025
ސަރުކާރު ބަންދެއް އިއުލާން ކުރާއިރަށް ލެބޯޓިރީ އަދި އެނޫންވެސް ހިދުމަތް ބަންދު! އޭޑީކޭ އަދި ކުލިނިކުތަކަށް ހުރިހާ ފައިދާއެއް! އެތާވެސް އިންނާނީ ހަމަ އެޑޮކްޓަރު! ތިޔަ ތަނުގެ އަސްލު ބުރަ މަސައްކަތް ކުރަނީ ނަރުހުން!
ާބައްލަނީ
24 July 2025
އަނެހެން ހުޅުވާފަ ހިދުމަތެއް ދޭ ތަނެއްވެސް ނޫންތިޔައީ! ތިޔައީ ސަރުކާރުގެ ކުޑަވަރެއްގެ އޮފީހެއް! ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވުރެ ޑޮކްޓަރުން (ބައެއް) އަމިއްލަ ޒަމީރު އަދި މާލީ ފައިދާއަށް އުޅޭ ތަނެއް! މެނޭޖްމެންޓްއެއް ނެތް ވަރަށް ނާގާބިލް ވިސްނުން ހުރި ތަނެއް
ބިންބި ސަހަރު
24 July 2025
މޯދީ އަންނަންވާއިރަށް ތަން ރީތިކުރަނީ ދޯ
ކަޅުތުއްތު ގައްދޫ
24 July 2025
ތިބާވަތުގެ ކަންކަމުން މީހުން ނެހެއްލޭނެ، ސަރުކާރު އަޕްޑޭޓް ވާން އެބަޖެހޭ. ޜައީސް ޔާމީން ކުރާބާވަތުގެ ރައީސުން ލެވެލް ކަން ކަން ކުރަން އެބަޖެހޭ.