27 ޖުލައި 2025 - 15:54
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ، ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމަށް މިހާތަނަށް ލިބުނީ 2،665 މީހުންގެ ނަން ކަމަށެވެ. އެ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހަފުތާ ބަންދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އަންނަ އަންގާރަ ދުވަހު ސަރުކާރު ހުޅުވުމުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވުމާ ހަމައަށް ސޮއި ކޮށްފައި ވަނީ 71 މީހުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ. އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ އެވެ. ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށާއި ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް މިނިފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
28 July 2025
ހާމަކުރޭ! ޑރ. ހައިދަރަށް ލިބުނު ވަރަށް މަށަަށް ވެސް ޕޮއިންޓް ލިބުނު. އެކަމަކު ސޮއިކުރަން އެގްރިމަންޓް ނުފޮނުވާ! ފްލެޓް ލިސްޓް ރަނގަޅަށް ފުނޑާލައިގެން ތިތިބީ! 2023 ގެ ލިސްޓްގައި ތިބި ނ ބޭރުކުރޭ!
ނާޑުވާ
28 July 2025
2665 މީހުންްގެ ލިސްޓް ބަލާލެވިދާނެތޯ. ފަޒުލް އާ ފަޒީލް ގެ ނަން އިންތޯ ޔަޤީން ކޮށްލަން ޖެހޭ. އަދި ހަމައެކަނި ޕާރޓީއަށް ވަންނަ ފޯރމް ފުރައިގެން ކިތައްމީހުން ޝަރުތު ހަމަވިތޯވެސް ބަލާލަން ބޭނުން.
މަސްހޫބް
28 July 2025
ކޮންއިރަކު ބާކީ ތިބި ފުލެޓްތައް ހަވާލު ކުރަނީ؟
އަހުމަދު މުހައްމަދު އަލީ
27 July 2025
ސުވާލަކީ ތަޅުދަނޑި ލިބެނީ ސެކިއުރިތީ ދެކުމުން. ތަޅުދަނޑި ލިބުމުންކުލި ދައްކަން ޖެހޭތޯ ؟ ތަނަށް ވަދެވެނީ އެޗް ޑީ ސީ އިން ހުއްދަ ދިނުމުންނޯ ؟ އެހެން ވިއްޔާ ތަޅުދަނޑިދިނުމުން ކުރާނީ ކޮންފައިދާ އެއްކަން ބުނެދެއްވިދާނެތޯ ؟
ދެރަސޮރު
27 July 2025
މިފަހަރު ފުލެޓު މިލިބެނީ ކުއްޔަށް އެފްޑީސީ ގެ އެމްޑީ ބުނީ, މިފަހަރު މީ އެކުންފުނީގެ ރިއަލްސްޓޭޓް ޕްރޮޖެކްޓެކޭ, އެކަމަކު ކުރީ ސަރުކާރުން އިއުލާން ކުރި އިރު ނެތްކަމެއް ސަޜުކާރު ބަދަލުވީމަ, އަގަށް ބަދަލު ގެނެސް އުސޫލަށް ބަދަލު ގެނެސް ހިތުހުރި ގޮތަކަށް ބަދަލު ގެނެވޭތަ
ޢަނގަބެ
28 July 2025
ތި އަނގަ ކޮބާ މިދިޔަ ސަރުކާރުގަ ހިޔާ ފްލެޓު ދިން އިރު؟
ޥަރަސް
27 July 2025
ފަހި ދިރިއުޅުން ޕޯޓަށްލަށް ލޮގިންގ ވުމަށް ބޭނުވާ އެކްޓިވޭޝަން ފޮނުވުނީ ކިތަށް މީހުން ނަށް ތޯ
ދޮން
27 July 2025
ކުލިދައްކާ ހަލާސް ނުވަނީސް ރަޖިސްޓުރީކޮށް ދީގެން ނުވާނެ ، މާލޭން އިބޫ ބޯކައިލައިގެން ހިލޭ މިލިޔަން ރުފިޔާގެ ގޯތި ހޯދި ޖަމްއިއްޔާތަކޭ ކިޔާބަޔަކު އެބައުޅޭ ކުލި ނުދައްކާވާނެ ގޮތެއް ހޯދަށް ،ދޫދީގެން ނުވާނެ ބޭނުން ނޫން މީހުން ދޫކޮަށްލާ ،
ޙަސަން އަޙްމަދު
28 July 2025
ކީއްވެޔޯ ކުރީގެ މަށްރޫއުތަކުން ފްލެޓް ދިން މީހުނާ މިފަހަރު ލިބޭ މީހުނާ ތަފާތުވާން ޖެހެނީ ؟ ކުރިން ލިބުނު ބަޔަކު ފައިސާ ނުދައްކާތީ އެމީހުނަށް އެއްވެސް ފިޔަވަޅެއް ނުމެ އަޅާ އަލަށް ލިބޭ ބަޔަކަށް ތަ ފިޔަވަޅު އަޅަނީ ؟
ފްލެޓްބޭބެ
27 July 2025
ގޯތި ލިބުނު މީހުންގެ އަނބި/ފިރި މީހާއަށް ފްލެޓް ދިނުން ހަމައެއް ނުޖެހޭ. ގޯތި ހެދިޔަސް ފްލެޓް އަތުލެވޭނެ ގޮތެއް ނެތް. އެ ގޯތިއެއް ހަދައިފަ ފްލެޓް ކުއްޔަށް ދީގެން އުޅެންވީ. އެއްވެސް ތަނެއް ނުލިބުނު މީހާއަށް މިޖެހުނީ އެތަންތަނުގަ ކުއްޔަށް އުޅެން.
ހުސަ
27 July 2025
ފްލެޓްބަހާއިރު ލިބޭ ފަރާތްތަށް ވަރަށްއުފާވާނެ! އެކަމަކު ހަމަ އަނެއްކޮޅުން ރައްޔިތުން އެބަ ހަނާވޭ! ކާބޯ ތަކެތީގެ އަގު އިންތިހާއަށް އުފެލުމުން އުފުލެމުންގޮސް އަތް ނުފޯރާ ހިސާބަށް ހިގައްޖެ! ރެޑްވޭވް ފިހާރައަކަށް ވިޔަފާރިކުރަން ވަދެ އާފަލެއްގެ އަގު ބަލާލިއިރު ހުރީ -/10 އަށް! މިއީ މީގެ ހަފްތާއެއްކުރިން 5ރ އަށް ގަތް އާފަލް! މިހެންގޮސް ކިޔާނެ ކަމެއްނެތް! ވަރަށްމަތި އަގުތައް! މިވާހަކަ ދައްކާ މިކަމަށް ޙައްލެއް ގެންނަންޖެހޭގޮތަށް ސިސްޓަމް ބައްޓަންކުރެވޭބާ!
ޗައުއި
27 July 2025
ފްލެޓެއް ގޯއްޗެއް ލިބޭނެ ގޮތެއް ނޭނގުނު. މާލޭގައި ދިރިއުޅޭތާ 55 އަހަރުވެއްޖެ. ވިލިގިލިން ފެށިގެން ފްލެޓަށް ގޯއްޗަށް އެދެމުން މިދަނީ . ޜާއްޖޭގެ އެއްވެސް ތަނެއްގައި ގޯއްޗެއް ފްލެޓެއް ލިބިފައިނެތް. ރަށުން ލިބޭތޯ އުޅުނު މައިފުނު ގޯތީގެ ބައި ދޫކޮށްލީ ރަށުގައި ތިބި ބަޔަކަށް. އެކަމުންވެސް ލިބުނީ ލަނޑު.