ޚަބަރު / ހަސަން ސޯބިރު

ނިޝާން އިއްޒުއްދީން އިއްޒަތް އިއްޔެ އެރުވި ސޯބިރު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ހަސަން ސޯބިރު.

ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.

ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ހަސަން ސޯބިރުގެ ދަރިކަނބަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސޯބިރަކީ އިގުތިސާދީ ދާއިރާއިން ދިގު މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމާއި ޚާރިޖީ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދި "ނޭޝަނަލް ޕްލޭނިން އޭޖެންސީ"ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް 1978 ވަނަ އަހަރު އޭނާ ހަމަޖެއްސެވި އެވެ. އެ ދާއިރާއިން އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979 ވަނަ އަހަރު އޭނާ އެމެރިކާއަށް ވަޑައިގަތެވެ. އެ ފަހަރު ރާއްޖެ ވަޑައިގަތުމަށް ފަހު، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ވެސް ގެނައީ އެ މަސައްކަތަށެވެ.

ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް"އަކީ ސޯބިރުގެ މިނިސްޓަރު ކަމުގައި އުފަންކުރުވި މޮޓޯއެކެވެ.

ދައުލަތުގެ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ) އުފައްދައި، އެ ކުންފުނީގެ ޗެއާމަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ވެސް ސޯބިރެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން 2004 ވަނަ އަހަރު ސާބިރު އަދާކުރެއްވި އެވެ. އަދި އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ސޯބިރު ވަނީ ސިންގަޕޫރާއި ޔޫރަޕިއަން ޔުނިއަން އަދި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަރީފުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

6 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 93%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިދަރި

28 July 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون.

The name is already taken The name is available. Register?

ހެޔޮ ނިޔަތުގައި

28 July 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون.

The name is already taken The name is available. Register?

ހާމަ333

28 July 2025

މިރާއްޖޭގަ މީހަކު ރަނގަޅު ސިއްހަތެެއްގަ ހުއްޓާ އެމީހަކު އަދާކުރި ވަޒީފާ ނުވަތަ ހިދުމަތެެއްގެ އަގުވަޒަންކުރާތަނެއް ނުފެނޭ...މިއީ ދެރަ ހިތާމަވެރި އަދި ރަނގަޅުކުރަންޖެހޭ ކަމެއް...މައްޔތިޔާއަށް ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތްދެއްވާދޭވެ.

The name is already taken The name is available. Register?

23232

28 July 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون.

The name is already taken The name is available. Register?

ފަނޑިޔާރު

28 July 2025

މާތްﷲ ސާވިރަށް ސުވަރު ގޭގެ މަތިވެރި ނިޢުމަތް ދެއވާށި. ޢާމީން. ގައުމަށް ތަރައްޤީ ގެނެސްދެއްވުމުގައި އަވަދި ނެތި މަސައްކަތް ކުރެއްވި ނަމޫނާ ބޭފުޅެއްކަން މި އާޓިކަލް ކިޔާލުމުން އިނގުނެވެ.. ކޮށް ދެއްވި އަގުހުތި މަސައްކަތައް ، ސާބިރު އަށާއި ،އެބޭފުޅާގެ އާއިލާ އަށް ޝުކުރު ދައްނަވަމެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް /

28 July 2025

إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون ވަރަށް ރަނގަޅު ބޭފުޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454