މީގެ ކުރިން ބޭއްވި ހަފުލާއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
31 ޖުލައި 2025 - 12:22
އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލައި އަސްކޮއި ޓްރެވެލް ސާވިސް އިން އުމްރާއަށް ނުގެންދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދަން އަސްކޮއި ގްރޫޕުގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމުގެ ޝަކުވާތައް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އަސްކޮއިގެ ހަވާލުގައި މިދިޔަ ބުރާސްފަތި ދުވަހު އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު ފަހު ވަގުތު ކެންސަލްކުރީ ސައުދީއަށް މި ވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމާއި ގަލްފުގެ އުފެދިފައިވާ ހަމަނުޖެހުން މައިތިރިވުމުން ދަތުރުކުރުން ބޭނުންވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން، އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބެއް ނުދެ އެވެ. އަދި އެ ކުންފުންޏަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ނުދެ އެވެ.
އެހެންވެ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަސްކޮއި ކުންފުނިން އަމަލުކޮށްފައިވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް، ބަޔާނުގައި ވެ އެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް އުފައްދައިފަ އެވެ.
އަސްކޮއި ގްރޫޕަށް ފަސް ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ؛
1. އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުން
2. ޖޫރިމަނާކުރުން
3. ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން
4. އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން
5. ޕޮލިހަށް މައްސަލަ ހުށަހެޅުން
މިއީ، އަސްކޮއި ގްރޫޕާ ގުޅޭގޮތުން މި އަހަރު ހުށަހެޅި ދެ ވަނަ މައްސަލަ އެވެ.
އެންމެ ފުރަތަމަ މައްސަލަ ފެންމަތިވީ މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ލަނޑު ދިނުމުންނެވެ.
މި ފަހުން އެކަން ދިމާވީ 28 މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިއުމުންނެވެ. އެއިން ކޮންމެ މީހަކު ވަނީ 25،500ރ. ދައްކައިފަ އެވެ. އެއީ 714،000ރ. އެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އެ ހިދުމަތް ދޭ ކުންފުނިތަކާ ދެކޮޅަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަުމާ
01 August 2025
ޢަމިއްލައަށް ދިއައީމާ 20000ރ އުމްރާ ކޮށްލެވޭ. އަހަރެން މި ނޮވެންބަރުގައި އުމްރާއަށް މިދަނީ 3 މީހުންގެ ގްރޫޕެއްވައި އެމިރޭޓްގައި. ބުކިންގ ޑޮޓްކޮމް އެކަމަޑޭޝަންހަދައިގެން އޮންލައިންކޮށް އިީ 'ވިސިޓް ވިސާ' ގައި. މީވަރަށް ފަސޭހަކަމައްް. މަދީނާ އަށްވެސް އޮންލައިންކޮށް ރޭލު ޓިކެޓްނަގާލެވޭ. ދިވެހިން ދުނިޔޭގެ ހުރިހާ ތަނަކަށް ދަތުރުކުރާއިރު މައްކާއަށްވެސް އަމިއްލަށް ދަތުރުކޮށްލެވެންވާނެ.
އެކަމު
01 August 2025
މަ ހައިރާން ވަނީ މި ގުރޫޕުގެ 2 ވަނަ ސްކޭމް ކަމަށް މިއޮތީ ބުނެފަ. ފުރަތަމަ ފަހަރު ވެސް ހުއްދަ ބާތިލް ނުކޮށެއްނު މިއޮތީ. މީޔޭ މައްސަލަ އަކީ.
ޑރ ވާންޗޯ
31 July 2025
މިއަންނަ ހަފްތާގަ އަވަހަށް ޖަމަލުކޮއި ހައްޖު އުމްރާ ގްރޫޕް ރެޖިސްޓްރީކޮށްލާ، ކުރެވޭނެ . ގާނޫނުގަ މަކަރާހީލަތުން ފޭރުނީމަ އެކަމަށްވެސް ހައްޔަރުކޮށްފަ ދައުވާކުރެވެންނެތީތޯ؟. ގާނޫނީގޮތުން ކުރަންޖެހޭކަންކަން ފަސްނުޖެހި ކުރަނީޔޯ!!!!!.
ކޮރަލް
31 July 2025
އެމީހުން ނެގި ފައިސާ ސަރުކާރުން ހޯދީ ތޯ އެވެ.؟
ފަސްކޮއި
31 July 2025
ފަރީތަ؟ އަސްކޮއިތަ؟ ނޫނީ ފަރީއަސްކޮއިތަ؟
ސުނާރު
31 July 2025
އަދިވެސް ހުއްދަތަ ބާތިލްކުރަނީ. އަސްކޮޔާ އަލިކޮޔާ ގެނެސް އުލު ބައިންދަބަލަ. އެހެންނޫނީ ފިރުކޭކޮއި ގެ ނަމުގަވެސް ޖަމާއަތެއް ހަދާ ދެންހިންގާނީ ތިޔަށްވުރެ ބޮޑު ޖަރީމާއެއް
ބަބްސް
31 July 2025
ހިއްސާދާރުންނަށް ދައުވާކޮށް ޖަލަށްވެސް ލެވެންޖެހޭނެ.
މައްސަލަ
31 July 2025
ބަޔަކަށް ލަނޑުދިނީމަ ފިޔަވަޅުއެޅުމަށްވުރެ، އެފަދަ ކަމެއް މެދުވެރިނުވާނެ ގޮތްތައް ހޯދުން ކިހިނެތް ވާނެތޯ؟ ޢަޅުގަނޑު މިމައްސަލަ އަށް ހުށަހަޅާ ހައްލަކީ. އުމްރާއަށް މީހުންގެންދަން ހުޢްދަ ދޭއިރު އެ ޖަމާއަތުން/ކުންފުނިން މިނިސްޓްރީއަށް ބޭންކް ގެރެންޓީއެއް ދިނުން، ގެރެންޓީގެ އަދަދު ވާންނާނެ އެމީހުންގެ ހަވާލުގައި އުމްރާއަށް ގެންދާ މީހުން އަތުން ނެގި ޖުމްލަ އަދަދާ އެއްވަރު. ޢެއިރުން އެ ޖަމާއަތުން ލަނޑުދިނަސް ލާރިހޯދަން އެމީހުން ފަހަތުން ދުވާކަށް ނުޖެހޭނެ.
ބަރު ބާދު
31 July 2025
ބުރޯ! ތިޔަތާކު ނެތް ހަރު ކަށި ފިޔަވަޅެއް އެޅިފަ އެއް؟ މިސާލު ސްކޭމަރުންނާއި ދޭތެރޭ އެޅޭނެ ފިޔަވަޅު ތެރޭގައި އެމީހުންގެ މުދަލާއި ގޯތި ގެދޮރު ވިއްކާލައިފައި އުމުރާ ވެރިންނަށް އެމީހުންގެ ފައިސާ އަނބުޜާ ހޯދާ ދިނުމާއި އޭގެ ފަހުން ބާކީ އެއްޗެއް އޮވެއްޖެނަމަ ޖުރިމައިނާ ނެގުން
ނަމްނަމް
31 July 2025
މިފަދަ މީހުންނަށް ޖިނާއީ ބޮޑު އަދަބެއް ނާންނަނީސް މައިތިރިނުވާނެ.
ޑރ ވާންޗޯ
31 July 2025
ކާކު އަދަބުދެނީ؟. ހުސް ސެއަރހޯލްޑަރުން.