ފީ ނަގާނީ މިހާރު ވެސް ނޯތު ހާބަރުގައި އުޅަނދުތަކުން ފީ ނަގަން ކަނޑައަޅާފައިވާ ރޭޓުތަކަށް ކަމަށް އެމްޕީއެލް އިން ބުނި.
02 އޯގަސްޓް 2025 - 13:14
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށަށް ބަދަލުކޮށް، އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ މަސްދޯނިފަހަރު ނޫން އެހެން އުޅަނދުތަކަށް އާންމު އުސޫލުން ފީއެއް ނަގާނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. އެކަމަކު، ނޯތު ހާބަރު މަސްމާރުކޭޓާ ހަމައަށް ބޮޑުކުރި ނަމަވެސް މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް އެމްޕީއެލުން މިއަދު ބުންޏެވެ.
"ފީ ނަގާނީ މިހާރު ވެސް ނޯތު ހާބަރުގައި ފީ ނަގަން ކަނޑައަޅާފައިވާ ރޭޓުތަކަށް،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. ނަމަވެސް، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދު އެއްކޮށް އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.
އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން މިދިޔަ މަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޕީއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓެރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަަމަކު އެއީ ފެން ވިއްކުން ފަދަ ހިދުމަތްތަކަށް ކުރިއެކޭ އެއްގޮތަށް ނަގަމުން އައި ޓެރިފް ކަމަށް ބުންޏެވެ.
މި ޚަބަރު ފުރަތަމަ ޝާއިއުކުރިއިރު މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ ހުރިހާ އުޅަނދުތަކުން ފީއެއް ނަގަން ފަށާނެ ކަމަށް ލިޔެވިފައި ވަނީ އެމްޕީއެލުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބުރަވެ އެވެ.. ރަނގަޅު ގޮތަކީ މަސްދޯނިފަހަރު ފިޔަވައި އެހެން އުޅަނދުތަކުން ފީއެއް ދައްކަން ޖެހުން ކަމަށް އެމްޕީއެލުން ފަހުން ބުންޏެވެ.
މަސްދޯނިފަހަރަށް ދީފައިވާ އިސްތިސްނާގެ ވާހަކަ އެމްޕީއެލުން ސާފުކޮށް ބުނެފައި ނުވާތީ "މިހާރު" ގައި ފުރަތަމަ ލިޔުނީ އެ ޕޯސްޓުގައި ބުނާ ވާހަކަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހަށްސާފުކުރައްވާ
04 August 2025
ތިއޮތް ފަޅުތެރެއެއްތާ. ފަޅުތެރެއަށް ކުނިބުނި އެޅުންހުއްޓުވައި އެކަން ނުހުއްޓާ ފަރާތްތައް ޖޫރިމަނާކުރަން ފަށަން ގޮވާލަން! ހަޑިވެފައި އޮތް ފަޅުތެރެ މިހާރުންމިހާރަށް ސާފުކޮށް ނިންމަން ވެސް ގޮވާލަން!
އަބޫ
02 August 2025
ރަނގަޅުކަމެއް
އޮނަރަބްލް އަފީފު ދީދީ
02 August 2025
ޤައުމީ ތެޔޮތާނގީ، ޤައުމީ ކާޑްގުދަން، ޤައުމީ ގޭސްތާނގީ، ޤައުމީ ސިމެންތިގުދަން، ޤައުމީ ޖެޓްފިއުލް ފާމް، ޤައުމީ ބޭސްގުދަން ފަދަ ހުރިހާ ވަސީލަތައް ކ.މާލެއަށް ފުނި ޖަހައިގެންތިބެ ތުރާކުނުން އައްޑުއަށް ހިމެނޭ އެއްވެސް ރަށެއްގެ ރައްޔިތުނަށް އެމީހުންގެރަށް ނުވަތަ އަތޮޅާއިކައިރިން މިއިން އެއްވެސްވަސީލަތެއް ލިބޭގޮތްހަދާނުދީ، އަރާފުރައިގެން މާތްވެގެންވާ މުޤައްދަށްރަށްކޮޅަށް ގޮސްގެންނޫނީ މިއިންއެއްޗެއް ނުލިބޭގޮތަށް ޒަމާނުއްސުރެން މާލޭސަރުކާރުން ވަނީ ހަދާފަ.
އޮނަރަބްލް އަފީފު ދީދީ
02 August 2025
މާލޭސަރުކާރުން ބައިނަލްއަޤުވާމީ ނަންބޯޑް އަޅުވާފައިއޮތް ހަނިމާދު އާއި އައްޑޫ އެއަރޕޯޓްގައި ޖެޓް ފިއުމްފާމް ހެދެން އޮތްކަމަށް ވިޔަސް އެކަންނުކޮށް، އަދި ވަރަށް ފެންވަރު ރަނގަޅު ސީޕޯޓްތަކެއްގެ ގޮތުގައި ކުޅުދުއްފުއްޓާއި އައްޑޫ ސީޕޯޓް ތަރައްޤީކޮށްފައި އޮތްކަމަށް މާލޭސަރުކާރުން ބުނިކަމަށް ވިޔަސް ކާޑުގެ ބާވަތްތަކާއި، ޑީސަލް ޕެޓްރޯލް އައްޑުއާއި ކުޅުދުއްފުއްޓަށް ނުގެންގޮސް މާލޭސަރުކާރުން ބަލަމުންމިދަނީ އެމީހުންގެ އަތުން އިތުރުޓެކްހެއް ނެގޭނެގޮތެއް ހޯދަން.
އޮނަރަބްލް އަފީފު ދީދީ
02 August 2025
މާލޭސަރުކާރާއި މާލޭރައްޔިތުން ކިޔާ "ރާއްޖެތެރޭ މީހުން" ނުވަތަ މިހާރު ރީތިކޮށްލަން މާލޭސަރުކާރުވެރިން ކިޔާ އުޅޭގޮތަށްނަމަ "އަތޮޅު ތެރޭ" ރައްޔިތުންގެއަތުން މިގޮތަށް މިޓެކްސް ނަގާނަމަ ކ.އަތޮޅުމާލޭގެ އުޅަނދުތައް ރާއްޖޭގެ އެހެންރަށްރަށަށް ދިއުމުން އެރަށްރަށުންވެސް މާލޭގެ އުޅަނދުތައް ބަނދަރު ކުރާނަމަ ބޮޑުއަގެއް އެމީހުންއަތުން ނަގަން ކަޑައަޅަން ޖެހޭ. އަސާސީހިދުމަތް ހޯދަން އަންނަމީހުން އަތުން ބޮޑު އަގުނެގުން ހުއްޓުވުމަށްޓަކާވެސް މިކަން މިހެން ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 August 2025
ދައުލަތުން ސަބްސިޑައިޒް ކޮށްގެން ރާއްޖެ އެތެރެކުރާ ތެލާއި ކާޑްގެ ބާވަތްތައް ކ.އަތޮޅު މާލެއަށް ޖަމާކޮށް ބަހަައްޓާފައި ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދަކުން މިތަކެތި ލިބޭނެ ގޮތެއް ނަހަދާ ތެލާއި ކާޑުގެ ބާވަތްތައް ގަންނަން މާލެ އަންނަ ބޯޓް ތަކުން ބޮޑް ޓެރިފެއްގެ ދަށުން ބަނދަރު ފީ ނެގުމަކީ އެމަރިކާގެ ޓްރަމްޕް ޗައިނާ އާއި ދެކޮޅަށް ނެރުނު ޓެރިފް ފަދަ ބޭއިންސާފު ޓެރިފެއް. މިފަދަ އަގު ނެގުމުގައައި އިންސާފުވެރި ހަމަތަކަކާއި، އުސޫލު ތަކެއް ގެންގުޅެންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 August 2025
ޖެޕާނާއި ޔޫއެންޑީޕީގެ ހިލޭއެހީގައި ހެދި ކ.މާލޭ ނޯތް ހާބަރާއި ޚިލާފަށް ދައުލަތްދަރަނިކޮށް 300 މިލިޔަން ޑޮލަރުނަގައިގެން ތިރަށުގައި ހަދާފައިވާ އަގުބޮޑު ބުރިޖްހަދަން ލޯނުނެގިއިރު މާލޭސަރުކާރުން ޗައިނާ ސަރުކާރަށް ވައުދުވި ގޮތާއި ޚިލާފަށް ބުރިޖުން ޓޯލް ފީއެއް ނުނަގާ ތިރަށުމީހުނަށް ހިލޭ ދަތުރު ކުރެވޭގޮތްހަދާފައި ރާއްޖެތެރޭމީހާ ބަނޑުފުރާނަ މުއްތިކުރަން ރަށަށްގެންދާ ހަނޑޫކޮޅު ގަންނަން ތިރަށުބަނދަރަށް ބޯޓުދިޔައިމާ 1000ރ ނެގުމަކީ ކަނޑު ފޭރުން ފަދަ ކަމެއް.
މިކޯ
03 August 2025
100 ގެ ވާހަކައެއް. މިވާހަކަ ޖެހޭ ބާރަށް ދައްކަން. ޑޮމެސްޓިކް ޓާމިނަލްގެ ވާހަކަވެސް.
ކޮރަލް
02 August 2025
ލޯންޗް ފަހަރާ ބޯޓް ފަހަރުން ފީ ނެގުން ރަނގަޅެވެ. އެކަމު މަސް ވެރީން އަތުން ފީނެގުން ރަނގަޅެއް ނޫނެވެ.
އޮނަރަބްލް އަފީފު ދީދީ
02 August 2025
އަހަރުމެންގެ ކާބަފައިން މީގެ 60 އަހަރުކުރިންވެސް މިފަދަ ބޭއިންސާފު ނިންމުންތަކާއި ދެކޮޅުހަދާ އިހްތިޖާޖުކުރި ފަދައިން ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް ކ.މާލޭ ނޯތު ހާބަރުގައި ބަނދަރުކުރާ ބޯޓްތަކުން މާލޭސަރުކާރަށް ދުވާލަކަށް 1000ރ ނެގުމާއި ދެކޮޅަށް އިޚްތިޖާޖު ކުރުމުގެގޮތުން ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ސަރަޙައްދުގެ އެއްވެސް ބޯޓަކުން ތެލާއި ކާޑުގެ ބާވަތްތައް އުފުލާ ނުދޭނެކަމަށް އެފަދަ ތަކެތި އުފުލާ ފަރާތްތަކަށާއި މާލޭސަރުކާރަށް ބޯޓްތަކުން އަންގާ.
މާލޭމީހާ
02 August 2025
ކައެ އައްޑޫގަ ވަކި ސަރުކާރެއް ހަދައިގެން އުޅެބަލަ.
އަހުމަދު ހަމްދުﷲ ރަޝީދު
02 August 2025
މި ހަބަރުގަ މަސްވެރިއުޅަނދުފަހަރުން ފީނަގާވާހަކަ އަކީ ކަނޑައެޅިގެން ދޮގުވާހަކައެއް. މަސްވެރި އުޅަނދުފަހަރުން ފީއެއްނަގާކަށް ނޫޅޭ. ނަމަވެސް މަސްވެރިކަންކުރާ އުޅަނދުފަހަރަށް ހާއްސަ ޒޯނުތަކުގައިހުރި މުދާއުފުލާއުޅަނދުފަހަރާ ނިދަން ކުލީކޮޓަރީގެގޮތުގައި ބޭނުންކުރާ މަސްވެރިކަން ނުކުރާ އުޅަނދުފަހަރު ނަގަނީ މަސްވެރިންނަށް ލުއިފަސޭހަ އަކަށް. މަސްވެރިކަންކުރާ އުޅަނދުފަހަރުން ފީއެއް ނުނަގާ.