02 އޯގަސްޓް 2025 - 17:02
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް އެ ސަރަަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. އެހެންވެ، މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމާ އެކު، އެ ސަރަހައްދަށް ކައިރިކުރާ ހުރިހާ އުޅަނދަކަށް ވެސް [މަސްދޯނިފަހަރު ފިޔަވައި] އެ އުސޫލު ހިނގާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން އަބަދުވެސް ފީއެއް ނަގަ އެވެ. އެގޮތުން ފީނަގަނީ މާލޭ އެއްގަމުތޮށިން ބޯޓުގެ ފުޅާމިނަށް މީޓަރަކަށް 50 ލާރި ހުރަސްތޮށިން އަދި ބޭރުތޮށިން އުޅާނދުގެ ފުޅާމިނުގެ މީޓަރަކަށް 1ރ. ރުފިޔާ އެވެ.
އެކަމަކު، ނޯތު ހާބަރު ސަރަހައްދުއެކުގަ އެމްޕީއެލްއިން ބެލެހެއްޓި ނަމަވެސް ފީ ނަގާނީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން އެކަނި ކަމުގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، އަހުމަދު ހަމްދުﷲ ރަޝީދު "މިހާރު"އަށް ވިދާޅުވި އެވެ.
"މާރުކޭޓު ކުރިމައްޗަށްވާ މަސްވެރިންގެ ޒޯންތައް އަދި އަޅުގަނޑުމެން ތަރުތީބެއް ނުކުރަން. އެކަން މާދަމާ އަޅުގަނޑުމެން ފަށައި، ދެ ދުވަހެއްގެތެރޭގައި ނިންމާލެވޭނެކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެއްގަމު ތޮށި ހިމެނޭ ޒޯން އޭ ތަރުތީބުކުރީ ކުރިންވެސް ހިދުމަތްދެމުންދިޔަ އުސޫލްގައިވާ ގޮތަށް ކަމުގައި ހަމްދުﷲ ވިދާޅުވި އެވެ.
މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލު ގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިންކަމުގައި އޭނާ ވިދާޅުވި އެވެ.
"އެ ތަން ހާއްސަ ވާނީ ސީދާ މަސްވެރި އުޅަނދުތަކަށް އެކަނި. އެ ތަނަށް މުދާ އުފުލާ އުޅަނދުތަކަށް ވެސް ގާތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނޯތު ހާބަރުގެ އެހެން ސަރަހައްދުތަކަށް ކައިރި ކުރާ އުޅަނދުތަކަށް ފީ އެއް ނެގި ނަމަވެސް، މާރުކޭޓު ސަރަހައްދު ހިމެނޭ ޒޯނަށް ގާތްކުރާ މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނެގުނުމުގެ ވިސްނުމެއް އެމްޕީއެލުން ނުގެންގުޅޭ ކަމުގެ ޔަގީންކަން ހަމްދުﷲ ދެއްވި އެވެ.
އެމްޕީއެލުން ބުނީ، މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު ފުޅާކުރުމުން 54 އުޅަނދަށް މިހާރު ޖާގަ ދެވޭނެ ކަމަށެވެ. އަދި މަސްވެރިކަން ކުރާ 20 އުޅަނދަށް ހާއްސަ ޖާގައެއް އޮންނާނެ ކަމަށް ބުންޏެވެ. އަދި އެއްފަހަރާ ނޯތު ހާބަރުން 74 އުޅަނދަށް ޖާގެ ދެވޭނެ ކަމަށް އެމްޕީއެލުން ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމ ސލޑ
03 August 2025
ރަނގަޅު ފުރިހަމަ ނިންމުމެއް
ކަރިޝް
03 August 2025
ތިތާ އުޅޭބަނގްލަދޭސް މިހުން ތިބޭނެ އެތާ ބަލަން ތިބެމާ ވާ ގޮތެއް އެއީ ކޮނެމެވެސް މަސްވެރިއެއގެ ދޯންޏެއް މި ގައުމުގެ ހަލާކު ތީ
އޮނަރަބްލް އަފީފު ދީދީ
03 August 2025
މާލޭސަރުކާރާއި މާލޭރައްޔިތުން ކިޔާ "ރާއްޖެތެރޭ މީހުން" ނުވަތަ މިހާރު ރީތިކޮށްލަން މާލޭސަރުކާރުވެރިން ކިޔާ އުޅޭގޮތަށްނަމަ "އަތޮޅު ތެރޭ" ރައްޔިތުންގެއަތުން މިގޮތަށް މިޓެކްސް ނަގާނަމަ ކ.އަތޮޅުމާލޭގެ އުޅަނދުތައް ރާއްޖޭގެ އެހެންރަށްރަށަށް ދިއުމުން އެރަށްރަށުންވެސް މާލޭގެ އުޅަނދުތައް ބަނދަރު ކުރާނަމަ ބޮޑުއަގެއް އެމީހުންއަތުން ނަގަން ކަޑައަޅަން ޖެހޭ. އަސާސީހިދުމަތް ހޯދަން އަންނަމީހުން އަތުން ބޮޑު އަގުނެގުން ހުއްޓުވުމަށްޓަކާވެސް މިކަން މިހެން ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
03 August 2025
ޤައުމީ ތެޔޮތާނގީ، ޤައުމީ ކާޑްގުދަން، ޤައުމީ ގޭސްތާނގީ، ޤައުމީ ސިމެންތިގުދަން، ޤައުމީ ޖެޓްފިއުލް ފާމް، ޤައުމީ ބޭސްގުދަން ފަދަ ހުރިހާ ވަސީލަތައް ކ.މާލެއަށް ފުނި ޖަހައިގެންތިބެ ތުރާކުނުން އައްޑުއަށް ހިމެނޭ އެއްވެސް ރަށެއްގެ ރައްޔިތުނަށް އެމީހުންގެރަށް ނުވަތަ އަތޮޅާއިކައިރިން މިއިން އެއްވެސްވަސީލަތެއް ލިބޭގޮތްހަދާނުދީ، އަރާފުރައިގެން މާތްވެގެންވާ މުޤައްދަށްރަށްކޮޅަށް ގޮސްގެންނޫނީ މިއިންއެއްޗެއް ނުލިބޭގޮތަށް ޒަމާނުއްސުރެން މާލޭސަރުކާރުން ވަނީ ހަދާފަ.
އޮނަރަބްލް އަފީފު ދީދީ
03 August 2025
އަހަރުމެންގެ ކާބަފައިން މީގެ 60 އަހަރުކުރިންވެސް މިފަދަ ބޭއިންސާފު ނިންމުންތަކާއި ދެކޮޅުހަދާ އިހްތިޖާޖުކުރި ފަދައިން ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް ކ.މާލޭ ނޯތު ހާބަރުގައި ބަނދަރުކުރާ ބޯޓްތަކުން މާލޭސަރުކާރަށް ދުވާލަކަށް 1000ރ ނެގުމާއި ދެކޮޅަށް އިޚްތިޖާޖު ކުރުމުގެގޮތުން ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ސަރަޙައްދުގެ އެއްވެސް ބޯޓަކުން ތެލާއި ކާޑުގެ ބާވަތްތައް އުފުލާ ނުދޭނެކަމަށް އެފަދަ ތަކެތި އުފުލާ ފަރާތްތަކަށާއި މާލޭސަރުކާރަށް ބޯޓްތަކުން އަންގާ.
އޮނަރަބްލް އަފީފު ދީދީ
03 August 2025
ޖެޕާނާއި ޔޫއެންޑީޕީގެ ހިލޭއެހީގައި ހެދި ކ.މާލޭ ނޯތް ހާބަރާއި ޚިލާފަށް ދައުލަތްދަރަނިކޮށް 300 މިލިޔަން ޑޮލަރުނަގައިގެން ތިރަށުގައި ހަދާފައިވާ އަގުބޮޑު ބުރިޖްހަދަން ލޯނުނެގިއިރު މާލޭސަރުކާރުން ޗައިނާ ސަރުކާރަށް ވައުދުވި ގޮތާއި ޚިލާފަށް ބުރިޖުން ޓޯލް ފީއެއް ނުނަގާ ތިރަށުމީހުނަށް ހިލޭ ދަތުރު ކުރެވޭގޮތްހަދާފައި ރާއްޖެތެރޭމީހާ ބަނޑުފުރާނަ މުއްތިކުރަން ރަށަށްގެންދާ ހަނޑޫކޮޅު ގަންނަން ތިރަށުބަނދަރަށް ބޯޓުދިޔައިމާ 1000ރ ނެގުމަކީ ކަނޑު ފޭރުން ފަދަ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
03 August 2025
ދައުލަތުން ސަބްސިޑައިޒް ކޮށްގެން ރާއްޖެ އެތެރެކުރާ ތެލާއި ކާޑްގެ ބާވަތްތައް ކ.އަތޮޅު މާލެއަށް ޖަމާކޮށް ބަހަައްޓާފައި ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދަކުން މިތަކެތި ލިބޭނެ ގޮތެއް ނަހަދާ ތެލާއި ކާޑުގެ ބާވަތްތައް ގަންނަން މާލެ އަންނަ ބޯޓް ތަކުން ބޮޑް ޓެރިފެއްގެ ދަށުން ބަނދަރު ފީ ނެގުމަކީ އެމަރިކާގެ ޓްރަމްޕް ޗައިނާ އާއި ދެކޮޅަށް ނެރުނު ޓެރިފް ފަދަ ބޭއިންސާފު ޓެރިފެއް. މިފަދަ އަގު ނެގުމުގައައި އިންސާފުވެރި ހަމަތަކަކާއި، އުސޫލު ތަކެއް ގެންގުޅެންޖެހޭ.
މޫނިސް މުހައްމަދު
03 August 2025
މީގެ ސަބަބުން ޒާމާނީ ހައްލު ނުވެ އޮތް މާލޭގެ ބަދަރު ތޮއްޖެހުމުގެ މައްސަލައަށް ރަނގަޅު ތަސައްލީއެއް ލިބޭނެކަން ޔަގީން
ސޮފްވާން ހަމީދު
03 August 2025
މިދިޔަ އެއްވެސް ވެރިކަމެއްގައި މިކަން ނުކޮށް އޮތް ސަަބަބު އެބަޖެހޭ ބަލަން. އެހާ ބޮޑަށް ތޮއްޖެހިފައި އޮއްވާ މިކަން ކުރި ނަމަ ގައިމު ހާބަރ ލުއި ކުޑަވެގެން ދާނެނު
ރުވޭދާ ރަމީޒް
03 August 2025
މިކަން ވާނެ ވަރަށް ރަނގަޅު ނިންމުމަކަށް. މީގެ ސަބަބުން ނޯތް ހާބަރ ތޮއްޖެހިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ.