އާ ހުއްދައިގެ ދަށުން މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދު ވެސް ބަަލަހައްޓާނީ އެމްޕީއެލް އިން.
ނޯތު ހާބަރުގައި އޮތް ބޯޓުތަކަކަށް މުދާ އަރުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ޖުލައި 2025 - 12:25
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.
މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. އެކަމަކު، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އެއީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގަމުން އައި ތަންތަނެވެ.
ނަމަވެސް އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު [މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދު] ހިންގުން ނުވަތަ ބެލެހެއްޓުން އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އަދި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ވެސް ހުޅުވާލައިފަ އެވެ.
ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އަންނަ މަހުގެ އެކެއްގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރަން އެމްޕީއެލް އިން ވަނީ އެދިފަ އެވެ. އެ މުއްދަތަށް ފަހު ހިދުމަތް ދޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް ބައިވަރު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ވަދެ ނުކުމެވާ ތަނެކެވެ. އަދި ރަށްރަށަށާއި ރިސޯޓުތަކަށް މުދާ އުފުލާ ވަރަށް ގިނަ އޮޑިދޯނިފަހަރު ވެސް އެ ތަނުގައި ބަނދަރުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރުު
14 July 2025
އެމްޕީއެލްގެ ވެރިންގެ ކާރު ކޮޅުތައް ބޭއްވުމަށް ޖާގަ މަދުވީތޯ؟
ޝަޔާންމ
12 July 2025
މިވަރުން ދާނަމަ މާލޭ ސިޓީ ކައުންސިލް އަށް ހަމައެކަނި ވިހާ މަރުވާ ބަލަހައްޓަން ޖެހޭ ހިސާބަށް ކަންކަން ނުދާނެ ކަމެއް ނޭގޭ.
އައްޑޫ މީހާ
11 July 2025
ޓްރާާންސްޕޯރޓުގެ ނިންމުން ވަރަށް ރަނގަޅު. މާލެސިޓީކައުންސިލަކަށް ނުވިއެއްނު އެމީހުން ފައްތިޔާވިއްކާފަ ބޮޑުބައެއް ޖީބައްލާ ކޮރޮޕްޓު ބައެއް ސިޓީކައުންސިލަކީ. އެންމެ ފުރިހަމައަށް ކުރެވޭނެ މީހުންނާ ތި ހަވާލްކުރެއްވީ. އެމްޕީއެލްއަށް ތިކަންވާނެ ކުރާނެ ބަލަހައްޓާނެ އެމީހުންގެ އެ ތަޖުރިބާއެބަހުރި. އެމްޕީއެލްއިން އެކަންކުރަނީރައްޔިތުންގެލަފަޔާ މަޝްވަރާހޯދާ ގުޅިގެން. މާލެވަށާވާ ބަނދަރުތައް އެމްޕީއެލްއާ ހަވާލްކުރަންފެނޭ.
އަބްޑޫޅް +
11 July 2025
ދިވެހިބަސް ދެކޭ ކަލޭމެން ތިޔަ އަންނަނީ އަމަށަކު ރުޅިއެކޭ ދޯ؟ "އުތުރު ބަނދަރު"، ނުކިޔަނީ ލަދުންތަ؟
ހަސީނާ 2
10 July 2025
ރަންގަޅު ނިންމުމެއް. ކައުންސިލްއަކައް ނުބެލެހެޓޭ އެތަނެއް. އެސަރަހައްދަކީ ނުގަވާއިދުން އުޅޭމީހުން ރަސްކަން ކުރާ ސަރަހައްދެއް.
ސޓތތ
10 July 2025
ސިޓީ ކައުންސިލަކީ ނިދާފަ އޮންނަ ތަނެއް
ރަދީފްއޮފިޝަލް / މުޅި މާލެ
10 July 2025
މުޅި މާލެ ކަލޭމެންގެ ބެލުމުގެ ދަށަށް ގެންދަންވީއެއްނު.ލަދު ކޮބާ؟؟
އަހުމަދު...
10 July 2025
ޒިންމާދާރުކަން ކުޑަ ލިއުމެއް. ރިސޯޓުތަކުގެ ސަޕްލައި ދޯނިފަހަރު އެސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް.
އިބުރ
10 July 2025
މަޑު މަޑުން ސިޓީ ކައުންސިލް ކުދިކޮށް ކޮށާއަޅާލަނީ ތޯއްޗެއް. އޭރު ވަޒީރު ކަމުގައި ހުންނަވައިގެންވެސް ހެއްދެވީ ހަމަ ތިހެން. މިހާރު ރައީސް ކަމުގައި ހުންނަވައިގެންވެސް ތިޔަ ހައްދަވަނީ އެކައްޗެއް. ތިމާ ނޫން މީހަކު ކުރާ ރަގަޅު ކަމެއް ބަލައެއް ނުގަނެވޭ
މޕލ އަށް ދެވިފަ އޮތްނަމަ.
10 July 2025
މުދާ އަރުވާ ފަޅި ސެކިއުރިޓީއެއްނެތި ބޮޑުތަކުރުފާނުމަގުން ބޭނުންގޮތަކަށް މުދާއެރުވިގެން ނުވާނެ.