މަޖިލީހުގެ ޖަލްސާއެއް: ކައުންސިލްތަކުގެ ހަރަދުތައް ހަނިކުރާ ބިލް މަޖިލީހުން ވަނީ ފާސްކޮށްފައި --- ފޮޓޯ/މަޖިލިސް
06 އޯގަސްޓް 2025 - 14:47
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި އެ ބިލް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.
އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުގެ ފާޑުކިޔުންތައް އަމާޒުވި އެ ބިލު ކޮމެޓީން ފާސްކުރީ ވެސް ރޭގެ ވަގުތެއްގަ އެވެ. އެ ބިލްގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގައި ހަރަދު ކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ލާޒިމްވެ އެވެ.
އެގޮތުން ކައުންސިލްގެ ފަހު އަހަރު ކައުންސިލް އިދާރާއަށް މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ކަމަށް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ކައުންސިލްތަކުގެ ދަށުން އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް އެ ރަށެއް ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ލޯކަލް އޮތޯރިޓީ ކުންފުނިން ހިންގައިގެން ނުވާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންކުރާ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް ވަނީ އެ ބިލުގެ ދަށުން މަނާކޮށްފަ އެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝަތް މުހައްމަދު
07 August 2025
މިކަން އަހަރުމެން ބޭނުން ކުރިންވެސް ކުރަން. ރައްޔިތުންގެ ފައިސާ ހަރުދަނާކޮށް ބޭނުން ކުރެވޭނީ ސަރުކާރުން އެކަން ބޭނުންކޮށްގެން. ކައުންސިލްތަކުން ކޮށްގެން ނޫން
ތިހާމް ހުސައިން
07 August 2025
ކުރަން ލަސްވެސްވެއްޖެ ކަމެއް މިއީ.
ދޮންކަރާ
07 August 2025
މިގައުމު މިދަނީ މިހާރު ފަހަތައްދޯ؟
އިންތިި
07 August 2025
ހަރަދުތަށް ހަނިކުރަންޖެހޭ. މިއިން ތަނެއްގެ ރަނގަޅު އޮޑިޓެއްކުރީމަ އެނގޭނީ މި މީހުން ޖަހާ ސަކަރާތް. ތުންތުން މަތިން މި މީހުން އުޅޭ ފެންވަރު އަހަރެމެންނަށް އެނގޭ.
ނައުޝޫދްް
07 August 2025
އެމްޑީޕީއިން ކައުންސިލްތަކަށް ކުރިން އެވަރަށް ބާރު ދީފަ ހުންނަނީ ހަމަ ޖަރީމާ ޖެއްސުމުގެ ބޭނުމުގަ. ލާމަރުކަޒީއޭ ކިޔައިގެން މިވެރިން ތިބެނީ ބެންކޮކާއި ދުބާއީގަ.
ވަތަންް
07 August 2025
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް އިތުރަށް ފުރިހަމަ ކުރުމަށް ރައީސް މުއިއްޒު މިކުރައްވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި.
ސަމަދް
07 August 2025
މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަންކަން. ކުރިން އަބަދުވެސް ބާރުގެ ނާޖާއިޒް ފައިދާ ހޯދަމުން ދަނީ މި ކައުންސިލްތަކުން. އިސްރާފުވެސް އެހާ ބޮޑުވީ. މިހާޜު މިކަންކަމަށް ހައްލެއްތާ މިލުބނީ. ވަރަށް ފުރިހަމަ
އަފްރާސިޔާބު
06 August 2025
ތިޔަ ކައުންސިލްތައް އުވާލަން ފެންނަނީ. ތިޔަ ކައުންސިލުތަކުގެ ކަންތައް މިހާރު މާމައްޗަށް ގޮސްފި. ތިޔަ ކައުންސިލުތަކުގެ ފުއްޕުން މާބޮޑު ވެއްޖެ.
އެކޮއި
06 August 2025
ކައުންސިލުގެ ވާހަކަ ދައްކާއިރު ތިޔަ މަޖްލީހުގައި އަމިއްލައަށް ޢިއްޒަތްތެރި ހާރެއް ކަރުގައި އަޅުވައިގެން ތިޔައުޅޭ މެމްބަރުންނަށް ދައުލަތުން ތާއަބަދަށް ކުރަންޖެހިފައިވާ ތަކުލީފުގެ ވާހަކަ ދުވަހަކުވެސް ތިއިން މެމަބަރަކު ދައްކާނެތޯ؟ އެއީ ބޭކާރު ޚަރަދަކަށް ނުވަނީތޯ؟ އަހަރެއްގެ މައްޗަށް މިހާރުވެސް ކިހާ ފައިސާއެއްތޯ އިސްރާފުކުރަމުން ދަނީ
ގާސިމް
06 August 2025
ކައުންސިލް ހަދައޮގެން މުޅިގައިމު ދަވާލާ ރައްތިތުން ނިކަމެތި ކުރަނީ އެމްޑީޕީ. އެމްޑޯޕީން މަސައްކަތް ކުރަނީ ކުއްވެރިން ނާ، މަސްތުވާ ތަކެތި ވިޔަފާރިކޮއް ބޭނުންކުރާ މީހުނާ ބޮޑެތި ކުއްކުރާ މީހުނާ އެއްކޮޅަށް.