ބ. ފެހެންދޫ ރައްޔިތުންނާއެކު މިއަދު ބެއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
12 އޯގަސްޓް 2025 - 20:31
ބ. ފެހެންދޫ ސްކޫލަށް ދިމާވެފައިވާ ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ޓީޗިން ތަމްރީނާއި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ރައީިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފެހެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
އެ ރަށުގައި ތިބޭނެ ދާއިމީ ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދި މިހާތަނަށް އެކަން ކާމިޔާބު ނުވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ތަމްރީނުތައް ފޯރުކޮށްދީ ބޭނުންވާ އެހީތައް ދީގެން ވެސް ޓީޗަރުންގެ ދަތިކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.
"ބޭނުންވަނީ އެކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން މި ރަށުގައި ގާއިމްވެ ތިބުމަށް ބޭނުންވާނެ ޓީޗަރުން ހޯދަން. އަދި ޓީޗަރެއް ނެތިއްޔާ ޓީޗާ ޓްރެއިނިންގް ދީގެން ވެސް އަޅުގަނޑުމެން ރަށުގެ ކުދިންނަށް ބޭނުންވާ ތައުލީމު ފޯރުކޮށްދޭން ބޭނުންވާ ފެންވަރަށް ޓެރެއިނިން ދޭން ވެސް މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި މަސައްކަތް އަމަލީ ގޮތުން މިރަށުގައި ފެށިގެންދާނެ."
ފެހެންދޫ ސްކޫލުގައި މިހާރު ކިޔަވައިދެނީ ސެޓްލައިޓް ކޮށެވެ. އެ ސްކޫލު ހިންގަނީ ބ. ގޮއިދޫ ސްކޫލުންނެވެ. އެ ސްކޫލުގައި 26 ކުދިން ކިޔަވަމުން އަންނައިރު ކިޔަވައިދޭން ތިބެނީ އެންމެ ތިން ޓީޗަރުންނެވެ.
ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މިހާރު ދިމާވެފައިވާ މައްސަލައެކެވެ. ހާއްސަކޮށް އާބާދީ ކުދި ރަށްތަކުގައި ވަޒީފާ އަދާކުރަން ޓީޗަރުން ބޭނުންނުވާ މައްސަލަ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރަށު މީހާ
14 August 2025
ބާރަށު ސްކޫލުގައި މަސައްކަތް ކުރާ ވަގުތީ ޓީޗަރުން ތަމްރީނު ކޮށްދެއްވާ!
އައިންތު ސަލީމް
13 August 2025
2022 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން ފެހެންދޫގެ އާބާދީ އަކީ 198 މީހުންނެވެ. ރައީސުލްޖުމްހޫރިއްޔާއި މަޖުލިސް މެމްބަރުންނާއި ވަޒީރުން ތިޔަ ރަށުގައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ޚަބަރު ނޫސްތަކުން ފެނުމުން ހައިރާންވަމެވެ. ވައްސަލާމް
ސަނީސައިޑްބޮންޑް
13 August 2025
ތިހުރިހާ ހާސަރެއްނުދަމާ ކައިރީގަތިއޮތް ގޮއިދޫއަށް ފާލަމެއް އަޅާލާފަ ބަސްރޫޓެއް ހަދާލީމަނިމުނީ. ތިބުނީވިއްޔަ އެންމެ 26 ކުދިންނޭ ސްކޫލްގަތިބީ!
އެކޮއި
13 August 2025
އަޅެ ހެޔޮވާނީ ކިހިނެއް ދޯ! ތިޔަ 26 ކުދިންނަށް ކިޔަވައިދޭން ތިއަށްވުރެ ރަނގަޅު އިންތިޒާމެއްވެސް ހަމަޖެއްސާނެކަމަށް ދެކެން. އަތޮޅުގެ އާބާދީ ބޮޑެތިރަށްތަކުގެ ތެރެއިން ރަށްތަކަށް ތިޔަކުދިންނާއި ތިޔަކުދިންގެ ޢާއިލާތަށް ބަދަލުކޮށްފިނަމަ އެކުދިންނަށް ލިބިގެންދާނެ ތަޢުލީމާއި ތަމްރީން މާބޮޑަށްވެސް ފުރިހަމަވެގެންދާނެކަމަށް ދެކެން. އެކުދިންނަށްޓަކައި ހިލޭ ފުލެޓް ނުވަތަ ރޯ ހައުސްއަޅައިދީގެން މައްސަލަ ޙައްލުކުރިއަސް ތިއަށްވުރެ މާ ފުރިހަމަވާނެ.
މފއއ
13 August 2025
އެ ސްކޫލުގައި 26 ކުދިން ކިޔަވަމުން އަންނައިރު ކިޔަވައިދޭން ތިބެނީ އެންމެ ތިން ޓީޗަރުންނެވެ. "އެންމެ" އަންނަންވީ ޓީޗަރުންގެ ކުރިއަށްތަ؟ ނޫނީ ކުދިންގެ ކުރިއަށްތަ؟
މެކްސް
13 August 2025
ކޮންޓީޗަރުންނެއް ބޭނުންވަނީ؟ ގެޒޓަކުންނެތް ފެންނާކަށް ބޭނުންވެގެން އުޅޭކަމަށްވެސް
އެއްފަސް
12 August 2025
ކޮންމެ ރަށެއްގައި ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްދިނުމަށް ސިޔާސީ މީހުން ވާ ވައުދުތަކަކީ ރައްޔިތުންގެ ޖަޒުބާތާ ކުޅެގެން، ވޯޓްހޯދައި، ސިޔާސީ ބާރު ދަމަހައްޓަން ޖައްސާ ސްކޭމެއް. ހަގީގަތަކީ މެޖޯރިޓީ ދިިވެހިން މިއަދު ބޭނުންވަނީ ހަމަ "ހުޅުމާލެ" އެއްގައި އުޅެންް. ކުދިކުދި ރަށްރަށުގައި ހިންގާ ދެމެހެއްޓުންތެރިކަމެއް ނެތް ޕްރޮޖެކްޓްތަކުގެ ބަދަލުގައި އެ ފައިސާއިން ރަށު އެންމެންނަށް މާލެ ސަރަހައްދުގައި ފްލެޓް އެޅޭނެ. ހުރިހާގޮތަކުންވެސް މިގޮތް މާ ރަނގަޅު.
ސަސި.
12 August 2025
ދެން ރައީސް ސީދާ ގޮސް ގެން ނޫނިއްޔާ ތިކަން ވެސް ހަމަ ޖެހޭ ކަމަކަށްނުވޭދޯ.
ރަނގަޅު
12 August 2025
150 މީހުންނަށް 5 ކައުންސިލަރުން.
އަޖައިބެކޭ
12 August 2025
150 މީހުންނަށް ފެނާނަރުދަމަޔާ ބަނދަރާ 16 ޓީޗަރުން ނުހޯދާ ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުނުކޮށް ހިދުމަތްތައް ހުރިރަށަކަށް ބަދަލުކޮށްބަލަ. ތިފަޅުގަ ގޮއިދޫވެސް އެބައޮތެއްނު.
ޅޮޠަކޭ
13 August 2025
މ.ރަތްމަންދޫގައި އުޅެނީ 6 ދަރިވަރުން. ރަށުގައި ބަރާބަރު 80 މީހުން ދިރިއުޅެނީ. 63 ސަރުކާރު ވަޒީފާ. . މިއަށް ވުރެ ބޮޑު އިސްރާފެއް އޮންނާނެ؟؟؟؟؟؟؟؟؟