ރައީސް މީގެ ކުރިން ވަޑައިގެން ރަށެއްގައި--- ފޮޓޯ: ރައީސް އޮފީސް
19 އޯގަސްޓް 2025 - 08:52
އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ އއ. ހިމަންދޫއަށެވެ. މިއަދު މާޅޮސް، ފެރިދޫ އަދި މަތިވެރިއަށް ވެސް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ.
ބާކީ ހުރި ރަށްތަކަށް ވަޑައިގަންނަވާނީ މާދަމާ އެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މިއީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ ބ. އަތޮޅަށެވެ. މި މަހު 11 އިން 14 އަށް ކުރެއްވި އެ ދަތުރުފުޅުގައު އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިރާއްޖެ 2.0
19 August 2025
މިއީ ހަމަ ބޭކާރު ފައިސާ. މުޢިއްޒު އިސްރާފްކުރަންވީމައި އޯކޭ.
އަސްލަމް ވަހީދު
19 August 2025
އަހަރުމެންގެ ރައީސް އަހަރުމެންގެ އަތޮޅަށް. ފުރިހަމަ ވެލްކަމެއް ބޮޑު އަގްލަބިއްޔަތަކުން ދޭނަން
ޒީނާ މުހައްމަދު
19 August 2025
ހަގީގަތަކީ ރައީސް މުއިޒް ނޫނީ ނެތް ރައްޔިތުންގެ ގާތައް ގޮސް ހާލުބަލާ މިހާ ރަނގަޅަށް މިކަން ކުރަން އުޅޭ މީހެއް. މީ ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން ބަލައިގަންނަ ކަމެއް
ދިވެހިރާއްޖެ 2.0
19 August 2025
ރައްޔިތުންގެ ގާތަށް ދާންވާނީ ވެފައިވާ ވަޢުދުތައް ފުއްދުމަށްފަހު. ޤާނޫނަސް ގެނައި ބަދަލެއްގެ ސަބަބުން ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް މުސާރަ ދެނީ އެއްބައި ރުފިޔާއިން. އެވަރުންވެސް ރައްޔިތުންނަށް ޑޮލަރު ގަންނަން މި ލިބެނީ ބްލެކްމާކެޓްގައި 19.90 ނުވަތަ 20ރ އަށް. މިކަންކަން ރަނގަޅު ނުކޮށް ރައްޔިތުންގެ ހާލުބަލަން ދާންޖެހޭ ސަބަބެއް އެބަ އޮތް ތޯ؟ ޑޮލަރު އަގުބޮޑުވީމައި ތަކެތީގެ އަގު ބޮޑުވެއްޖެ. އަފާލެއް ލިބޭކަމަށް މިކިޔަނީ 10ރ އިން މަތިން.
ނައުޝޫދު
19 August 2025
މިހެން ރައީސް ރަށްރަށަށް ދިޔުން ވަރަށް ބަލައިގަނެވޭ. މީގެ ސަބަބުން ރައްޔިތުންގެ ހާލު ބެލޭނެ. ބޭނުންވާ ކަންކަން ބެލޭނެ ވަރަށް ގާތުން
ދިވެހިރާއްޖެ 2.0
19 August 2025
ދިވެހީން އުޅޭހާލު އެމަނިކުފާނަށް ރަނގަޅަށް އިނގޭނެ. ތަކެތީގެ އަގުބޮޑުވީމައި ދެން ރައްޔިތުން އުފުއްލަންޖެހޭ ތަކުލީފް ނޭނގި ނޯނާނެ. ރައްޔިތުން ބޭނުންވާ ކަންކަން އޮތީ 2023ގެ ކެމްޕެއިން ތެރޭގައި ބުނެފައި އަދި މުޢިއްޒު އޮތީ އެކަންކަން ކޮށްދޭނެކަމަށް ވަޢުދުވެފައި. ދެން އެކަންކަން ނުކޮށްދީ ކީއްކުރަން ތޯ އަޗާ ތަޅަން ރާއްޖެތެރެއަށް އަންނަނީ. އިސްރާފްކުރުން ނޫން އެހެންކަމެއް ނުކުރެއޭ.
މަހްމޫދު މުހައްމަދު
19 August 2025
ރައްޔިތުންގެ ރައީސް ރައްޔިތުންގެ އަރިހަށް.
ފަހުދު.
19 August 2025
ވޯޓާ ޖެހުނީމް
ބޯހަރު
19 August 2025
މަތިވެރީގެ ގިނަ ރައްޔިތުންނަށް އެނގޭ މަތިވެރީގައި އެއަރޕޯރޓު އެޅުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުނޑިގެންދާނެ ކަމެއްކަން. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަށް 1 ގަޑިއިރުން ދެވޭއިރު، ރަށުގެ ބޮޑުބައެއް ގެއްލޭގޮތަށް އެއަރޕޯރޓު އެޅުމަކީ މަތިވެރީގެ ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނޫނީ އެދޭކަމެއް ނޫނެވެ.
ޚަލޮ
19 August 2025
ޢޭޓިއެމް ހުޅުވިމަ އޯކޭ