އެމްއޭސީއެލުން 63 ރަށެއްގައި ފިޓެންސް ސެންޓަރު ހަދަން ކުޅިވަރާ ބެހޭ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެމްއޭސީއެލް
19 އޯގަސްޓް 2025 - 15:50
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖިމާއި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލާއިި އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިންގާ ކުންފުނި އެމްއޭސީއެލާއި ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުކުރީ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅާށެވެ. އަދި އެޗްޑީސީއާ ހަވާލުކުރީ 71 ރަށެއްގައި އައުޓްޑޯ ޖިމް ހަދާށެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ އެކަމަށްޓަކާ މިއަދު ހ. މީރުމާ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގަ އެވެ.
A memorandum of understanding was signed by CEO and MD Ibrahim Shareef Mohamed with the @MoSFR_mv to build fitness and recreation centers on 63 islands. This initiative directly supports a key pledge made by President Dr. Muizzu. pic.twitter.com/PgtWBuem8i
— Maldives Airports Company Ltd (@MACLmedia) August 19, 2025
ފިޓްނަސް ސެންޓަރުތައް ހެދުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކާ މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދު ފުއްދުމުގެ ގޮތުން ހިންގާ ކަމެއް ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށެވެ.
އެ ވައުދު ފުއްދުމުގައި އެމްއޭސީއެލް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ޝަރީފް ވިދާޅުވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ރަށްރަށުގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ރާފިއު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
We are thrilled to announce our partnership with @MoSFR_mv for the development of Outdoor Gyms across the Maldives.
— Housing Development Corporation (@hdcmaldives) August 19, 2025
This initiative aligns with President Dr. Mohamed Muizzu’s pledge to create safe and inclusive spaces that foster healthy living. pic.twitter.com/BLu6vXrB0y
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ރަށްރަށަށް އައުޓްޑޯ ޖިމް ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތާއި މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގުރޫޓް
19 August 2025
ސަރުކާރުގެ 100 ހިއްސާއޮތް ހަމައެކަނި ފައިދާ ނެރޭ ކުންފުނި ވެސް ދަރަނަވެރި ކުރުމާއި ދިމާލަށް ދާހެން ހީވޭ.
ދެއުޅި
19 August 2025
ފުލުހުންނާއި ސިފައިންގެ ކަންކަން ބަލަހައްޓަން ހައުސިން މިނިސްޓްރީއާ ހަވާލު ނުކުރަނީ ކީއްވެ؟!
ހޭލާ
19 August 2025
ދެން މަޖިލިސް މެމްބަރުންނަށް ސަބްކޮންޓްރެކްޓަށް ހަވާލުކޮށްލާށެވެ. ރޯމާ ދުވާލު މިއޮތް ހިންގާ ޖަރީމާތައް ބަލަން ތިބެންވީތޯ.
ބޯނަސް
19 August 2025
ކުންފުނީގެ މެންޑޭޓުން ބޭރު ބޭކާރު ކަންކަން ނުކޮށް މުވައްޒަފުންނަށް ހައްޤުވާ ބޯނަސް ދީބަލަ!!
ދޮން
19 August 2025
ޤައުމު 30 އަހަރު ފަހަތަށް މެދުފަންތިއާއި ކުދި ކުންފުނިތައް އިދަޖެހެނީ ،،
ރިޓަޔަރޑް ސަރުކާރު
19 August 2025
ފޮރިން މިނިސްޓްރީ އާ ހަވާލު ކުރަންވީ ނުން ހަނޑޫ ހަކުރު ފުށް ގެންނަން. ތެޔޮ އެތެރެކުރާނީ އެޑިޔުކޭޝަން މިނިސްޓްރީ އިން. ކިހިނެއްވާނީ؟ އަޅެ ތިކުންފުނިތަކަކީ މިޝަން ވިޝަން ކިޔާފައި އެއްޗެއް ހަދަާފައި ހުންނަ ތަންތަނެއް ނޫންތަ. ޕޮލްކޯ އާ ހަވާލުކުރޭ ތާރުއަޅަން.
ބަބްސް
19 August 2025
އެމްއޭސީއެލް އާއި އެޗްޑީސީ އިން ޖިމް އަޅަނީޔޯ. މިފެންވަރުން ދާނަމަ މަދަމާ ހެޑްލައިންގައި އޮވެދާނެ ރައީސް އޮފީހުން ނޫނީ އައިޖީއެމް ހޮސްޕިޓަލް އިން ރަށްރަށުގައި ނަރަދަމާ އަޅާ ވަހަކަ.
ފައްތާހު
19 August 2025
މާލޭ ސަރަހައްދުން ކުނި ނަގަން އެމް އޭސީ އެލް އިން ނިކުންނަންވީނު......މާލެ ތެރެ ވަރަށް ގޮޑު
ޓިނި
19 August 2025
މިދާގޮތައްދާނަމަ ރަށްރަށުގެ ގިރާސަރަހައްދު ހިމާޔަތްކުރަން ދެން ހަވާލުކުރާނީ ސުޕްރީމް ކޯޓައް