އީސީން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޮމިޝަންގެ އޮފިޝަލުން ވޯޓު ގުނަނީ: އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް މުވައްޒަފުން ހޯދަން އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: މިހާރު
22 އޯގަސްޓް 2025 - 12:12
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ގެޒެޓުގައި މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.
ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
އީސީން ބުނީ ވޯކް-އިން އިންޓަވިއު ބާއްވަނީ މި މަހުގެ 29 ވަނަ ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށް އީސީން ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް
— Elections Commission (@ElectionsMv) August 21, 2025
Link: https://t.co/vHXeMXWwC6 pic.twitter.com/69Q25qdKIG
ވޯކް-އިން އިންޓަވިއުއަށް ފަހު އެ މަގާމުތަކަށް މުވައްޒަފުން ހަމަނުވާ ނަމަ، އެ މަގާމުތަކަށް އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، އަންނަ މަހު އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ މީހުން އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ މި ވަޒީފާތަކުގެ އިންޓަވިއު އާއި އިމްތިހާނު ކުރިއަށް ގެންދާނީ އަންނަ މަހު އެކަކުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ އިދާރާގައި ކަމަށެވެ.
އީސީން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނަގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
22 August 2025
ރާއްޖެ ކަހަލަ ކުޑަ ގައުމެއްގަ އިންތިހާބު ތައް އޮންނަ ގޮތުން ވ އިސްރާފް ބޮޑެވެ.
އިބާ މަނިކް
22 August 2025
ޑިޖިޓަލް ވޯޓު ނަގާ އިންތިހާބުތަކަށް ސަރުކާރުގެ ހަރަދު ކުޑަ ކުރަން ޖެހޭ