ހދ. ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ހަދަން ފެށުމުގެ މަސައްކަތް އާރްޑީސީން މިއަދު ކުރިއަށް ގެންދަނީ.-- ފޮޓޯ: މިހާރު
26 އޯގަސްޓް 2025 - 18:52
ހދ. ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ހެދުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ، އަދި އެ ރަށު އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތްތައް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާންސްޓަރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް މިއދަު ވަނީ އެމްއޭސީއެލާ ހަވާލުކޮށްފައި-- ފޮޓޯ: މިހާރު
އެއާޕޯޓުގައި އިތުރު ހިދުމަތްތައް ތަރައްގީ ކުރުމާއި އާ ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
އޭގެ އިތުރުން އެ ރަށުގައި ވަނީ ޕޯޓު ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވެސް މިއަދު ފަށައިފަ އެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫގެ
27 August 2025
މިތިބީ ބަލަން ދެކުނުގެ ތަރައްގީއަށް މިފަހަރު ކަައުންސިލް އިންތިހާބަށް ވާނެ ވަރު. ކައުންސިލްތައް އުވޭއިރު އިތުރަށް ކަމެއް ކޮށްދޭން ޖެހޭނެތޯ؟ ފުވައްމުލަކާއި އައްޑޫސިޓީ އަދި ތިނަދޫ ސިޓީގެ ތަރައްގީއަށް ކަންކަން ކުރަން ވެއްޖެނަމަ ބަޖެޓްގައި ލާރި ހުންނާނެތޯ؟ މިހާރު އުތުރުގެ 2 އަތޮޅުގެ ތަރައްގީއަށް އެތައްބިލިޔަން ރުފިޔާއެއް ތި ވައުދުވީ.