ޚަބަރު / ދުންފަތް

މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށަށް

މީހަކު ސިނގިރޭޓެއް ހިފަހައްޓައިގެން؛ ފިޔަވަޅުތަކާ އެކު ރާއްޖެ އަށް ސިނގިރެޓް އެތެރެކުރާ އަދަދު އަންނަނީ މަދުވަމުން.

05 ސެޕްޓެމްބަރ 2025 - 15:03

43 comments

މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަން ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން މިދިޔަ މަހުގެ 25 ގައި "މިހާރު"އާ ހިއްސާކުރި ތަފާސްހިސާބު ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 42،314،387 ސިނގިރޭޓު އެތެރެކުރި އެވެ. އެއީ ސީއެފްއައިން ބަލާ ނަމަ 35،530،433ރ.ގެ ސިނގިރޭޓެވެ.

މިދިޔަ އަހަރަށް ބަލާއިރު، ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު ނިޔަލަށް ސިނގިރޭޓު ހިމެނޭގޮތަށް ރާއްޖެ އަށް 234 މިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތްތައް އެތެރެކުރި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސްގެ ހިސާބުތަކުގައިވާ ގޮތުން، 2022 ވަނަ އަހަރު ރާއްޖެއަށް 356.7 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވެ އެވެ. ސީއެފްއައިގެ ގޮތުން ބަލާނަމަ އެއީ 251،805،549ރ އެވެ.

ޖެހިގެން އައި 2023 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ. އެ އަހަރު އެތެރެކުރީ 350،037،124 ސިނގިރެޓެވެ. އެއީ ސީއެފްއައިގެ ގޮތުގައި 265،878،420ރ. އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރު ނިމުނުއިރު 338،083،260 ސިނގިރޭޓު ނުވަތަ ސީއެފްއައިގެ ގޮތުގައި 271،590،861ރ. ގެ ސިނގިރޭޓު އެތެރެކޮށްފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު އެއް އަހަރުން އަނެއް އަހަރަށް ދަށަށް ދިޔައިރު، މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި އެތެރެކުރި ސިނގިރޭޓު ވެސް މަދެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ މީގެ ކުރިން ބޮޑުކުރީ ނޮވެމްބަރު 2019 ގަ އެވެ. އެ ބަދަލަށް ޖެހިގެން އައި އަހަރު އަމަލުކުރަން ފެށުމާ އެކު ސިނގިރޭޓެއްގެ އަގު ވަނީ ތިން ރުފިޔާ އަށް ބޮޑުވެފަ އެވެ.

އޭގެ ފަހުން، ދުންފަތް ބޭނުންކުރާ ވަރު މަދުކުރުމަށް ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކޮށްފަ އެވެ. އެއާއެކު ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.

43 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިވާގޮތް

06 September 2025

ތިވާގޮތް އެންމެންނައްވެސް އެނގޭ. ޑިއުޓީ ވަކިވަރަކައްވުރެ ބޮޑުވުމުން ވަގައް އެތެރެކުރާވަރު ބޮޑުތަނުން އިތުރުވަނީ. ނަތީޖާއަކީ ބޭނުންކުރާމީހުން ހަމަ އެކުރާވަރަކައް ބޭނުންކުރުން. ދައުލަތައް ލިބޭއާމްދަނީ މަދުވުން. އެއާމްދަނީން ކުރެވޭނެކަމެއް ސިއްހަތައް އިންވެސްޓުކުރުން. މިހާރު ބޮޑުފައިދާ މިލިބެނީ ވަގުވިޔަފާރިކުރާމީހުންނައް. ދުނިޔޭގެ ވަރައްގިނަ ގައުމުގަ މިމައްސަލަ މިގޮތައްއެބަދިމާވޭ. ބޮޑެތިކުއްތަކައް އަރައިގަންނަމީހުން މިވަގުވިޔަފާރިއެބަކުރޭ.

The name is already taken The name is available. Register?

ރައްޔިތު 2.0

06 September 2025

ސަރުކާރުން ނެރޭ ޚަބަރު ތަކުން ނޭނގޭ މައުލޫމާތު ބައެއް ފަހަރު ކޮމެންޓް ތަކުން ލިބޭ. މިއީ އޭގެ ފަހަރެއް. އެންމެން ވެސް އެބަ އެއްބަސްވޭ ވަގަށް އެތެރެކޮށް ބޭނުން ކުރަން ލިބޭތީ، ކަސްޓަމު އޮފީހުގެ ހިސާބު ނުބައިކަން.

The name is already taken The name is available. Register?

ފަހަރި

06 September 2025

ސިނގެރޭޓު ބޯމީހުންގެ 50% އަށް ވުރެ ބޮޑުއަދެއްގެ މީހުންބޮނީ އަމިއްލަ ބިޑި އޮޅައިގެން އެހެންވީމާ ސިނގެރޭޓް އެތެރެވި ވަރު މަދުކަމަށް ދައްކަނީ އަނެއް ވަގަށް އެތެރެކުރާ އަދަދުވެސް އިންތުހާއަށް ބޮޑު

The name is already taken The name is available. Register?

1206

06 September 2025

އަހަންނަށް ފެންނަނީ ލައިސަންސް އޮވެގެން ސިނގިރެޓު ވިޔަފާރިކުރާ މީހުންނަށް، މާރކެޓް ރޭޓުގައި އެއްވެސް ބޭންކަކުން ޑޮލަރު ނުވިއްކަން. އަދިވެސް ފިޔަވަޅުތައް ހަރުކަށިކުރަންވީ. އަދި ފުރަތަމަ ފަހަރަށް ފަރުވާ ދިނުން ފިޔަވައި، ސީދާ ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަޔަކަށް އާސަންދައިން ވެސް ނުވަތަ އާންމު އިޖުމާއީ ރައްކާތެރިކަމަށްޓަކައި ގާއިމުކޮށްފައިވާ އެއްވެސް އެހީ ދިނުމުގެ ނިޒާމަކުން އެ ފަދަ މީހުންނަށް ދައުލަތުން އެއްވެސް އެހީއެއް ނުދޭންވީ.

The name is already taken The name is available. Register?

ގަރީނު

06 September 2025

ކަލެއަށް އެނގޭތަ މި ވާނުވާ؟ ވަގަށް އެތެރެކުރަނީ މިހާރު. ކަސްޓަމުގެ ލިޔެކިޔުމަކުން އެޔެއް ނުފެންނާނެ. އެކަކު ވެސް ބުއިމެއް ނުހުއްޓާ. އާ ބާވަތްތައް އިތުރަށް ތަޢާރަފުވީ. ޑިއުޓީ ނުދައްކާ ވަގަށް އެތެރެކުރީމާ އެތައް ގުނައެއް ފައިދާ ޖެހޭ. ސިޔާސީ މީހަކަށް ބައި އަޅައިގެން ކޮށްފިއްޔާ އެއްވެސް ރިސްކެއް ނެތް. ތިހެން ފުއްޕާފަ ވާހަކަދެއްކީމާ ތިމާގެ ގަމާރު ކަން ނޫނީ ހާމައެއް ނުވޭ.

The name is already taken The name is available. Register?

ދިއްރޫމް

06 September 2025

ކަލޭމެން ކޮލެސްޓްރޯލް ބަނޑެއްލާފަ ތިއްބަސް އޯކޭ ދޯ.

The name is already taken The name is available. Register?

ކޮރަލް

06 September 2025

މިއަހަރު އާއްމު ތަންތަނުގަ މީހުނަށް އުނދގޫ ވާގޮތަށް ގަވާއިދާ ހިލާފައް ސިނގިރޭޓް ބޯ މީހުން އާދަޔާ ހިލާފައް ވަނީ ގިނަ ވެފަ އެވެ. އެހެން ވީ ކަމަށް ބެލެވެނީ 10×10 ކުދި ކެފޭ ތައް ބިދޭސީން ހުޅުވާ ބިދޭސީ ކޭޝިއަރަކު ބަހައްޓާ ވަކީން ސިނގިރޭޓް ވިއްކުން ގިނަ ވީމަ އެވެ. އަދި ދިވެހީންނާ ބިދޭސީން މަގު މަތީ އާ ޕޭމަންޓް މަތީ ސިނގިރޭޓް ބޯ އިރު އެކަން ފެނި ތަންފީޒު ނުކުރާ ތީ އެވެ.

The name is already taken The name is available. Register?

ސޫމާރީ

06 September 2025

ވަގަށް އެތެރެކުރާ އެއްޗެހީގެ ހިސާބު ބަަހައްޓާނީ ކިހިނެއް؟

The name is already taken The name is available. Register?

ވަގުބީ

06 September 2025

ހެެހެ. ވަގަށް މެންޗެސްޓަރ އާ އަނެއް އެއްޗަކާ ހެސްކިޔާފަ އެތެރެ ކުރާއިރު ބޮޑު މަންޒަރު ނުފެންނާނެ ދޯ؟

The name is already taken The name is available. Register?

ޕޯސްޓްމޭން

06 September 2025

ސްޓެޓިސްޓިކް ހިސާބު ބާޗާރޓް ފަދަ ގޮތަކަށް ގެންނަ ނަމަ ތަންކޮޅެއް ފަސޭހައިން ފަހުމް ވާނެ.

The name is already taken The name is available. Register?

ބްލެކްމާރކެޓް ބޮޑުވީ

05 September 2025

މިކަހަލަ ޚަބަރު ގެންނައިރު ވަށައިގެންވާ ކަންކަމަށް ބަލުން ޖެހޭ. ޑިއުޓީ 8ރ ބޮޑުކުރުމުން، ބައެއްމީހުން މިހާރު ބޮނީ ރޯލިންގ ޓޮބޭކޯ(ރޯލް ޔުއަރ އޮވްން). ފިހާރަތަކުންވެސް އަދި ވަގަށްވެސް އެންމެ ގިނައިން ވިއްކަނީ، މެންޗެސްޓަރ ކިޔާ ވައްތަރެއްގެ ސިނގިރޭޓް. މިއީ ބަލްކު ކޮށް ވަގަށް އެތެރެކުރާ އެއްޗެއް. ކަސްޓަމްސްގެ ރެކޯރޑަކަށް ނާރާނެ. ޑިއުޓީއެއް ނުދައްކާނެ. ރަސްމީ ޗެނަލުން ޑިއުޓީ ދައްކައިގެން އެތެރެކުރާ ވަރު މަދުވުމަކީ އެތެރެކުރާވަރާ ބޯވަރު މަދުުވުމެއް ނޫން

The name is already taken The name is available. Register?

ޙަސަން އަހު

05 September 2025

ގޯސްކޮށް އެތެރެކޮށްފައިވާނަމަ 2 އެގްރީމަންޓް އޮތަސް ހަޥާލު ނުކުރާނެ.ދެމުންދެމުން ގޮސް ހުސްޥީމަ ދެން ހެދި އގްރީމަންޓްވެސް ބާތިލް.މިއީ ޒާތެއްގެ ގޮތަކަށް ޕީއެޗްޑީ ހަދާ ކުދިން އުޅޭ ގައުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454