ކްރިމިނަލް ކޯޓު: ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފައި
07 ސެޕްޓެމްބަރ 2025 - 11:05
ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަހުމަދު ޒާހިދު ނަމަކަށް ކިޔާ އެ މީހާގެ އަތުން 250 ގްރާމްގެ މެފްޑްރޯން ފެނިފައިވާ ކަމަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުގައިވެ އެވެ. ނަމަވެސް، އެ މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށް އެ މީހާ ކޯޓުގައި ބުނެފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.
އެ މީހާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ރާއްޖެ އައިއިރު އެވެ.
މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރުމުގެ ރެކޯޑް އޮތް އެ މީހާ އެ މައްސަލައާ ގުޅިގެން 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 September 2025
އެކަމަކު އޭނައެބުނަނީ އޭނަގެ ބޮކްސާތެރޭގަ އޮތްއެއްޗެއްގެވެސް އަސްލުވެރިމީހާ ހޯދަން ޕޮލިސް މަސައްކަތް ނުކުރިވާހަކަ. އޭނަގެ ބޮކްސާތެރޭގަ އެހެންމީހެއްގެ އެއްޗެއް ؟.
ރަދީފްއޮފިޝަލް /
07 September 2025
ހެހެހެ.ލަދު ކޮބާ؟؟
ލައިޓް
07 September 2025
ބޮކްސާ ތެރެއިން ...އައްޗީ!