ކުރީގެ ފަސްޓްލޭޑީ ނަސްރީނާ.-- ފައިލް ފޮޓޯ: މިހާރު
13 ސެޕްޓެމްބަރ 2025 - 15:30
އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ބައްޔަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ކުރީގެ ފަސްޓްލޭޑީ މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށެވެ.
މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ. الحمد لله حمدا كثيرا.
— Maumoon Abdul Gayoom (@maumoonagayoom) September 13, 2025
އެކަމަނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި އޭރު ބުންޏެވެ.
އޭގެ ފަހުން، އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ ނަސްރީނާގެ ހާލު ރަނގަޅުވުމުން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނުގެ އޮފީހުން ވަނީ ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމާއި އަޅައިލުމަށް ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
13 September 2025
الحمد للله