ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން.
11 ސެޕްޓެމްބަރ 2025 - 23:02
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުމޫންގެ އޮފީހުން މިރޭ ބުނެފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި އުމުރުފުޅުން މިހާރު 74 އަހަރުގެ ނަސްރީނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުން އަންނަ އޯގާތެރިކަމާއި އަޅައިލުމަށް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ޝުކުރު އަދާކޮށްފައި ވެ އެވެ.
ހެޔޮއެދޭ ފަރާތްތަކުންނައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި މެސެޖުތަކުން އާއިލާ އަށް ބޮޑު ހިިތްހަމަޖެހުމެއް ލިބެމުން އަންނާތީ އެކަމަށްޓަކައި ވެސް މައުމޫންގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
12 September 2025
އަވަސް ޝިފާއަށް އެދެން. ކެތްތެރި މާތް އަޚްލާގެއްގެ ވެރިއެއް. ލޯބިވާ މެޑަމްއެއް.
އަބްދުލް ޢަނީ
12 September 2025
އަހަރުމެންނަށް ފެނުނު އެއްމެ ހިތްގައިމު ފަސްޓު ލޭޑީ
ޒަމީރު
12 September 2025
ރީތި އަހްލާގް ގެ ވެރިއެއް، އަވަސް ޝިފާއަކަށް އެދެން.
ކުރަ
12 September 2025
މިއީ އަޅިގަނޑު އެންމެ ލޯބިވާ ފަސްޓް ލޭޑީ
ލައިޓް
12 September 2025
މި ލޮބުވެތި ދިވެހި ވަތަން ގެ މި ޖީލުގެ “ މަންމަ ‘ އަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވާށި! އާމީން .
އަދާލަތު
12 September 2025
ޔާﷲ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމުގެ އަނބިކަނބަލުން މެޑަމް ނަޝްރީނާ އިބުރާހީމްއަށް އަވަސްޝިފާދެއްވާ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުދެއްވާށި.އާމީން
ވސހދކ
11 September 2025
އަވަސް ޝިފާއަކަށް އެދެން.
މުހައްމަދ
11 September 2025
މެޑަމްއަށް އަވަސް ޝިފާއަކަށް އެދެމެވެ. މެޑަމްއަކީ ވަރަށް އޯގާތެރި ހެޔޮ މީހެކެވެ.
ޢަލިއަ
11 September 2025
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.