16 ސެޕްޓެމްބަރ 2025 - 22:15
ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވައި މަޖިލީހުން އިއްޔެ ފާސްކުރި ބިލު ވަނީ ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ބަދަލުތައް ގެނެސްފަ އެވެ.
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލް، ރައީސް ތަސްދީގުކުރެއްވުމުން މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.
ނަމަވެސް އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު މިއަދު ތަސްދީގުކުރި ގާނޫނުގެ ދަށުން އޮވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހެނީ ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކަށް އިސްލާހު ގެނައުމާއި މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައި ވެސް އެ ގާނޫނުގެ ދަށުން ވޯޓު ނަގަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަންބެއަލީ
17 September 2025
މަޖުލިސް އުވާލަންފެނޭ. އަދި ޤާނޫން ހަދަންވީ ސަރުކާރުން. ޤާނޫން ފާސްކުރުމަށް ހުރިހާ ރައްޔިތުންނަށް ވޯޓްލެވޭ އޮންލައިން ޕްލެޓް ފޯމެއް ޤާއިމުކުރަންޖެހޭ. އޭރުން ނިމުނީ ތިސަކަރާތް. އަތޮޅުކައުން ސިލްތަކާއި ރަށުކއުންސިލްތަކަށް މީހުން އިންތިހާބުން ކުރުން ހުއްޓާލާ ޒިންމާދާރު ޢިލްމީ ސިވިލްސާވަންޓުން ލައްވާންވީ. އަންހެންނުން ކޮމިޓީތައް އުވާލާ ޖަމްއްޔާ ޖަމާއަތްތަކުގެ ރޯލް ބޮޑުކުރަންވީ. ރައީސެއްގެ ޤާނޫނީ ދައުރަކީ 10 އަހަރުގެ 1 ދައުރުކަމަށް ހަދަންވީ
ތުޅާދޫ އަލީ
17 September 2025
ކޮންމެ ރައީސެއްގެ ދައުރަކީ 10 އަހަރު ކަމުގައި ހަދާ އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކަށް މީހުން އިންތިހާބު ކުރުން ހުއްޓާލާން ކޮލިފައިޑް ކަތީބުން ލެއްވުން ވަރަށް މުހިންމު. އޭރުން ދައުލަތާއި ތޮޅޭނެ ރަށްރަށުގެ ބިންތައް ހިރުހުރި ގޮތަކަށް ވިއްކާނެ މޮޔައިންނެއް ނުތިބޭނެ. އަދި މަޖުލިސް މެންބަރުންގެ އަދަދަކީ 20 ކަމަށް ބަދަލުކޮށް މުސާރައަކީ މުޅިޖުމްލަ 20 ހާސްކަމުގައި ހަދަން ޖެހޭ. އޭރުން ތިމަޤާމަށް އަންނާނީ ތެދުވެރިން. ޕާޓީތައް އުވާލަންވީ
ޕިސް
17 September 2025
މޯޑިސް 2.0 ގެ ދަށުން ދައުރު ދައްމާލުމާއި އެހެނިހެން ކުޅިސަމާއި ކަންތަކުގެ ފެށުން މީ!! އަދިވެސް ސުޕާރީ ބަހާލާއިރަށް ވޯޓު ދޭތި އިނގޭ!!