ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ސެނެޓްގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: މަޖިލިސް
20 ސެޕްޓެމްބަރ 2025 - 20:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ [ސެނެޓް] ގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ގީލާނީއާ އެކު ބޭއްވި ބައްދަލުުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ. ތައުލީމާއި ސިއްހަތާއި ވިޔަފާރީގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކުރެއްވި ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނުގެ ހިލޭ އެހީގައި ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް އެ ގައުމުން ދޭ އެހީތެރިކަމަށްޓަކައި އަބްދުއްރަހީމް ޕާކިސްތާނު ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ. މަޖިލީހުގެ އިމާރާތަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދެބޭފުޅުންގެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުމުގެ އިތުރުން އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވެސް ވާހަކަދެއްކެވި އެވެ. ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާ ކުށްވެރިކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ފަަލަސްތީނަށް ތާއީދުކުރުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ރަސްމީދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމު ވެސް ޕާކިސްތާނަށް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
21 September 2025
މީހާ ގޮނޑީގައިއިށިންދެގެން އިންނަގޮތުންވެސްއެމީހެއްގެ ތައުލީމީފެންވަރާމޯރަލިޓީހާމަވާނެ، މަތީގާވާފޮޓޯއަށްބަލާއިރު ދިވެހިވަފުދުގައި ދެފައިއޮޅާޅައިގެން އިންމީހަކުވެސް އެބަފެނޭ، އިތުރަށްފާހަގަވަނީ ގޮނޑިއަށްވެއްޓިގެން ތިބިކަން "ޔޫސުފް ރަޒާ" އަށްބަލާއިރު ދެފަޔާ ދެއަތާ ހަޑިގަނޑު ބަހައްޓާފަހުރިގޮތުން މީހާގެ ގޮތްހުރިކަމާ ހައިބަތު ބަލާމީހުނަށް އިހުސާސްވާނެ، ޓަފުމީހެއްކަންހާމަވޭ، މީއެންމެފޮޓޯއަކުން ހާމަވިހާކަންކަން، ދިވެހިވަފުދު މިތަނުގައިއުޅޭނެގޮތްވިސްނަވާ
އަބްޑޫޅް +
21 September 2025
ގީލާނީ ގެ ދެ އަތާއި އަދި ހަށިގަނޑު ހުރި ގޮތް އެބަފެނޭ. އެކަމަކު، އޭނަގެ ފައި ބަހައްޓާފަ ހުރިގޮތް، ސާފު ކޮށެއް ނުފެނޭ. އެހެންވީމަ، ފުރިހަމަޔަށް ފައިގެ ބައްޓަމާއި ފައި ބަހައްޓީފަ ހުރި ގޮތް ފެނުމަކާއި ނުލައި، އެމީހާގެ ތައުލީމީ ފެންވަރާއި ސުލޫކު ކަލެޔަށް ތިޔަހާ ޔަގީނުން ކަށަވަރު ކުރެވެނީ ކިހިނެއް؟ ކޮސް ނުގޮވާ، ކަލޭގެ ބީރަށްޓެހި ރަށަށް ދެގަ!
raajje
21 September 2025
އަބްޑޫޅް + :ޔޫސުފް ރަޒާ ގިލާނީއާގެ ދެއަތްފެނޭ، ގޮނޑީގައިއިންގޮތްއެބަފެނޭ، ފައިގެބޮޑުބައިފެނޭ، ވީމާ ސިކުނޑީގައިތެތްކަމެއްހުރިކޮންމެމީހަކަށްވެސް ފައިންނުފެނިވާ ކުޑަތަންކޮޅު ބަހަށްޓާފަހުރިގޮތްއިމޭޖިންކޮށްލަންވަރަށްފަސޭހަވާނެ، މާނައަކީ ތިބޭފުޅާގެ މިބުނިފަދަތެތްކަމެއްނެތީމަޔޭ ސޭކުކޮމެންޓުތިކުރަނީ، އަދި "ބީރަށްޓެހިރަށޭ ރާއްޖެތެރެއޭ" މިފަދަބަސްތައްމިހާރު ބޭނުންކޮށްއުޅެނީވެސް ތަނެއްދޮރެއްނުދަންނަ ގަމާރުން، ކަތީބުޒަމާނުގެ ގަބުޅިން ތިކަހަލައެއްޗެހިކިޔާނީދޯ
ސީޓިންގ
21 September 2025
ގޮނޑި އަތުރާފަހުރި ގޮތް ޕްރޮޓޮކޯލް އާ ޚިލާފު!