ހުޅުމާލޭގައި ސްޕީޑް ބަމްޕް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: އެޗްޑީސީ
24 ސެޕްޓެމްބަރ 2025 - 11:56
ހުޅުމާލޭގައި އެކްސިޑެންޓްތައް މަދުކޮށް މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ސްޕީޑް ބަމްޕްތައް ހަރުކުރަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ސްޕީޑް ބަމްޕް ހަރުކުރަނީ ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
އެ މަސައްކަތުގައި ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި ސްޕީޑް ބަމްޕް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނި ގޮތުގައި މިހާރު ސްޕީޑް ބަމްޕް ހަރުކުރަމުން އަންނަނީ ހުޅުމާލޭ ދޭއްގެ ނިރޮޅުމަގު ސަރަހައްދުގަ އެވެ.
ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓު މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށް ފަހު، ބައެެއް ސަރަހައްދުތަކުގައި ރައުންޑެބައުޓްސް ގާއިމުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.
އެޗްޑީސީން ބުނީ މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕްތައް ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ވެހިކަލްތަކާއި މަގުތައް ބޭނުންކުރާ މީހުންނަށް ވެސް އަމާންކަމާއި ރައްކާތެރިކަން އިހުސާސްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުޖާބެ
25 September 2025
ތިކަމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން .ބޯދާ ވިސްނުމެއް .
ވަޅޯ
25 September 2025
ތިއީ ބަރާބަރުކަމެއް
ދަރި
24 September 2025
ރައްޔިތުމީހާގެ ގުދާރު ބިންދާލުން, ވެހިކަލްތަކުގެ ޝޮކުތައް ފުނޑާލަން ނޫން ކަމެއް ކުރަން ކުރާކަމެއް ނޫން މިއީ 2 ފޫޓު 2 ފޫޓުން ބްރޭކަރު ހަރު މިކުރަނީ? ފުލުހުންނަށް އެމީހުންގެ ޒިންމާ އަދާ ނުކުރެވި ކަންނެތްކަން އިތުރު ކުރުވަން ކުރުވާ ކަންކަން. ގަޢުމެއް ނެތް ކަލޭނޭ!
ހިއްޗަ ނުކުމެ ފޮންޏަ ވަދޭ
24 September 2025
އަހަރުންގެ ގުދާރު މިޔޮށް ބިނދެނީ ތިޔެއްގެ މަތިން ދުއްވާ ދުއްވާ. މާލެ އަރައިފިއްޔާ ހަމަ ދެނޭވާ ދޭތެރެއިން ވަޅުގަނޑަކަށް ނޫނީ ތީގެ އެއްޗަކަށް އަރަންޖެހޭ. ހަމަ ނޭވާގަ ދުއްވާލާނެ ތަންކޮޅެއް ނޯވޭ. ކިހާ ދެރަ ކަންކަން މި ހުންނަނީ. ޑަކުޓަރު ލިޔެ ނުދޭނެ ބަންޕަރާ ހެދިޔޭ ގުދާރާ ކަނދުރާ ގުޑަނީޔެއް. ބަދަލު ހޯދޭކަށްވެސް ނޯވޭ...
ސަނަމް
24 September 2025
ސްޕީޑް ބަންޕްތަކަކީ ހަމައެކަނި ހައްލުކަމަށް ހަދައިގެން ނަމަނަމަ މަގުތައް ބަންޕަރުން ފުރާނުލާތި . ބާރުސްޕީޑުގައި މީހުންގެ ފުރާނަ އަތައްލައިގެން ދުއްވަންޖެހޭ އެންބިއުލާންސްތަކާއި ފަޔާރ ލޮރިތަކާއި އެކިހާލައްތަކުގައި ޕޮލިސް ކާރ ވެސް ބާރަށް ދުއްވަންޖެހޭނެ. އެކަމަށްވެސް ވިސްނަންޖެހޭނެ.
ކޮމިޔުޓަރ
24 September 2025
ތިޔަށް ވުރެ މާ ރަނގަޅުވާނެ ހުޅުމާލޭން މާލެއަށް، މާލޭން ހުޅުމާލެ އަށް ދަތުރުކުރާ ބްރިޖާއި ހައިވޭގައި ސްޕީޑް ޑިޓެކްޝަން ކެމެރާ ހަރުކޮށްގެން ޒިގްޒެގް ކޮށާއި ބާރަށް ދުއްވާ ސައިކަލުތަކާއި، 2 ފުރޮޅު ލީ އެއްޗެހީގެ ލޭނަށް، ބާރު ސްޕީޑުގައި އަރައިގެން އޯވަރޓޭކް ކުރާ ކާރުތަކަށް ފިޔަވަޅު އެޅިއްޔާ! އިހަށް ދުވަހުވެސް ނޫހުގައި އެއޮތީ މަހެއްގެ ތެރޭގައި، އެތާނގައި ސާޅީސް އެތަށް އެކްސިޑެންޓްވީ ވާހަކަ! އަދި ކޮބާ، ރިޕޯޓް ނުކުރާ އެކްސިޑެންޓްގެ ޢަދަދު؟ ހެޔޮ ނުވާނެ އެންމެންގެ ރައްކަލަށް ބްރިޖް، ހައިވޭ ގެ ފީއެއް ނަގައިގެން ވެސް މިކަން ކޮށްދީބަލަ!
ތއާނަތު
24 September 2025
ތި އީ ހައްލެއްނޫން މަގުތަކުގައި ޕާކުކޮއްފަ ހުރި ކާރުތައް ނަގާ ހުޅުމާލެ ފޭސް 1 ޗަނބޭލީ މަގު އެއޮތީ ދެފަރާތް ފުރާލައިފަ މީގެ ތެރޭ ހިމެނޭ ސިފައިންނާއި ފުލުހުންގެ ކާރުތައްވެސް މިއީ ވ ބޮޑުވެއްޖެ ކަމެއް
މިހާރުގެކޮމެންޓް
24 September 2025
ތީ އަށްވުރެ ރަގަޅު ވާނެ ގިނަބައެއްގެ ލައިސަންސް ހިފެހެއްޓިއްޔާމުން....
ގުދުގުދާބެއްޔާ
24 September 2025
ތިއީ ގައުމުތަކުގަ ބަންޕަރ ހަދާގޮތްތަ؟ ތިޔަށް ކިޔަން ކަމުދާނަމަކީ ދަންތުރަ! ތީގެން މީހަކަށް ބޮޑުއަނިޔާއެއް ނުލެބެނީސް ތިކަން ހުއްޓާލާފަ ތަހްޒީބު ގައުމުތަކުގަ ހުންނަހެން ޓުރެފިކް ލައިޓް ހަރުކުރޭ!ދާތާކައްދާން ލަސްވިޔަސް ވަރިހަމަ! ސަލާމަތް ކަން ބޭނުމީ!
ބަސިޝް
24 September 2025
މިހަަރުވެސ ހުޅުމާލޭގަ ހުދުކުލައިން މަގުމަތީ ކުރަހާފަ ހުރި ދަވާދުތައް ފޮހެވިފަ ހުންނަތާ ކިތަންމެ ދުވަހެއް ، ސްޕީޑް ބްރޭކްއެއް ކަންވެސް އިގެނީ ސައިކަލް ގޮސް ލައިގަތީމަ.