ހުޅުމާލޭ 1 އާއި 2 ގުޅުވައިދޭ ބްރިޖު 2 އާއި 3 އާ ދެމެދު އޮންނަ ކުރެދިމާ ހިނގުން، އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފި އެވެ.

އެޗްޑީސީން ބުނީ އެ ބަދަލު ގެންނަން ނިންމީ އެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވާތީ، މަގުގެ ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.

މިހާރު އެ މަގުން ދުއްވޭނީ ހުޅަނގަށް އެކަންޏެވެ. 

ހުޅުމާލޭގައި އެކްސިޑެންޓުތައް ގިނަވެ، މީގެ ކުރިން ވެސް ވަނީ ބައެއް މަގުތައް ވަންވޭ ކޮށްފަ އެވެ. އަދި އެކަމަށް ހައްލު ގެނައުމަށް ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތަކެއް ވެސް އެޗްޑީސީން ހަރުކުރި އެވެ.

ނަމަވެސް އާންމުންގެ ފާޑުކިޔުން ބޮޑުވެ މިހާރު ވަނީ އެ ސްޕީޑް ބްރޭކަރުތައް ނަގައިފަ އެވެ.