ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. މިރޭ 12 އިން ފެށިގެން އެ އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް އަންނާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 ސެޕްޓެމްބަރ 2025 - 20:25
މިރޭ 12:00 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމައި އެކަމާ ބެހޭ ތަފްސީލް އެމްއޭސީއެލް އިން އާންމުކޮށްފި އެވެ.
އެމްއޭސީއެލް މިއަދު އާއްމުކުރި ޓްރެފިކް ޗާޓްގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް އަަންނާނެ އެންމެ ބޮޑު ބަދަލަކީ ވެހިކަލްތައް ވަންނަ މަގު ބަދަލުވުމެވެ. އެއާޕޯޓަށް ވެހިކަލްތައް ވަދެ ނުކުންނަން އެއް މަގު ބޭނުންކުރުމުގެ ބަދަލުގައި ހުރިހާ ވެހިކަލެއް ވެސް ދެން އެއާޕޯޓަށް ވަންނަން ބޭނުންކުރަން ޖެހޭނީ ކަނޑުތޮށި ކައިރީ އޮންނަ އެންމެ ބޭރު މަގެވެ.
Announcement 📢
— Maldives Airports Company Ltd (@MACLmedia) September 24, 2025
Changes to Velana International Airport traffic flow. pic.twitter.com/pJ3IpYyUft
އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ބޭނުންކުރާނީ މިހާރު ޓެކްސީތައް މަޑުކޮށްގެން ތިބޭ ސަރަހައްދުގެ ވާތްފަޅި އެވެ. އަދި ޓާމިނަލް 1 އާއި 2 އަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ނުކުންނާނީ ޓާމިނަލް ކުރިމަތީގައި އޮންނަ މަގުންނެވެ.
ބޭރުމަގުން އަންނަ ވެހިކަލްތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަން އެމްއޭސީއެލް އިން އޮތީ ކުރިން ވެސް އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމދުު
25 September 2025
ނޭނގުނު ވީނުވީއެއް - ތިކަހަލަ އެއްޗެހި ލިޔާއިރު ގްރަފިކަލް އިލަސްޓްރޭޝަންއެއް ޖަހާލިނަމަ ތަންކޮޅެއް ފަސޭހަވީސް.
ހުސެންދީ
25 September 2025
އަޅެ ގްރެފިކްކޮށް ދައްކާލިނަމަ ކިހާ ސާފްވިސް. މިހާރު ތީން އެކަށްޝެއްވެސްސާފް ނުވޭ.
އެޑްމުންޑޯ
25 September 2025
ހެޔޮ ކޮންމެ ކަހަލަ ބަދަލެއްގެނެޔަސް ، އެކަމަކު ގެންނަ ބަދަލުގެ ސަބަބުން ރައްޔިތުންނަށް އަދި ޓެކްސީ ތަކަށް އިތުރު ތަކްލީފްތަކެއް އުފަލަންޖެހިގެން ނުވާނެ ، ދަތިތަކާއި ތުރާތަކެއް ކުރިމަތިވެގެންވެސް ނުވުން.