ޚަބަރު / މޯލްޑިވްސް މީޑިއާ ކޮމިޝަން

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލައިފި

މީޑިއާ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ރާއްޖޭގެ އެކި މީޑިއާތަކުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ 4 މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

އިިސީން ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

ކޮމިޝަނަށް ކުރިމަތިލާ މެމެބަރުންގެ ފުރިހަމަވާންޖެހޭ ކަންކަން:

- އުމުރުން 30 އަހަރުވެފައިވާ ދިވެއްސަކަށް ވުން.

- ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ އިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާ އިން ނުވަތަ ހިންގުމުގެ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވުން.

- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުން.

- ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން.

- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން.

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.

- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.

- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ނުވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމުގެ ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފްލޯއަށެވެ. އީސީން އެ ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.

އީސީން ބުނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާ މެދު ނިންމާ ގޮތެއް އަންގާނީ އެޕްލިކޭޝަން ފޯމުގައި ހިމަނާފައިވާ މެއިލްއަށް ކަމަށެވެ.

އެ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 4:00 އަށެވެ. އިންތިހާބުގައި ވޯޓު ލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑާއި ލައިސަންސް އާއި ޕާސްޕޯޓު ބޭނުންކޮށްގެންނެވެ.

އީސީން ބުނި ގޮތުގައި އެ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލޭގަ އެވެ. އަދި ވޯޓު ނެގުން ނިމޭތާ 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށާއި އޭގެ ރަސްމީ ނަތީޖާ ވެސް އިއުލާނު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެެ.

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމީލާއްތަ

25 September 2025

ކޮބާތަ އެއްކަލަ ވަޒީފާގަޑު ފަހަތުން ދުވާ މީހުންތަށް؟ އަވަހަށް ތިޔަ ވަޒީފާއަށް ލާފަ، މުއީޒް، މެންބަރުން ކައިރީގަ އާދޭކޮށްލާ! ތިޔަ ކޮމިޝަންއަށް ފިލުމް ކުޅޭ މުހައްމާ، ނޫނީ ހަބީބު، ނޫނީ ސިވިލް ސާރަވިސް ނާސިހް، އެންމެ ރަނގަޅުވާނެ. ލޮނުމަޑުކޮށް ކަމެއް ނުކޮށް 5 އަހަރު ނިންމާލާނެ.

The name is already taken The name is available. Register?

ކައްދަ މޫސަބޭ

25 September 2025

ޝަރުތުތައް ވަރަށް ރަނގަޅު. ޒިންމާދާރު ނޫސްވެރިކަމެއް އަދި ނޫސްވެރިކަމަށް އައު އިންގިލާބެއް އަންނާނެ މިފަދަ ކޮމިޝަނަކުން. މެޖޯރިޓީ ވެސް މިއޮތީ ނޫސްވެރިންނަށް. ވަރަށް ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454