މި ހަފުތާގައި ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމައި، ދެންމެ އެކަން އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސް ކޮންފަރެންސްގައި، ސަރުކާރުގެ ހުމާ ބެހޭ އެންމެ އިސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަން ޝަރީފް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ސަރުކާރުން ދީލާލައިފައިވާތީ، ރައީސް އަބްދުﷲ ޔާމީން ވަނީ ކުރިއަށް އޮތް ތިން ދުވަސް ބަންދުކުރަން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ނިންމުންތައް ނިންމާނީ ރައްޔިތުންގެ އިހުސާސްތަކާ އެކު،" ހެލްތު މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާ އެކު ބާއްވަވަމުން ގެންދަވާ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ބަންދު ކުރާނީ ރޯގާގެ ހާލަތު ބަލައި، ބަންދުކުރަން ޖެހޭ ސްކޫލުތަައް ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އަވަސް ފުރުސަތެއްގައި އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލު ބަންދުކުރީ ރަނގަޅު ކަމެއް ކަމަށް ވާތީ ކަމަށާއި ސްކޫލުތައް ހުޅުވީ ވެސް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލައިފައި ކަމަށެވެ.

"މިގޮތަށް ގެއްލިގެން ދނެ ފިލާވަޅުތައް އަނބުރާ ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހުމާއި ރޯގާ ފެތުރެމުން ދަނިކޮށް މި ހަފުތާގައި އަލުން ސްކޫލުތައް ހުޅުވި ނަމަވެސް ވަރަށް މަދު އަދަދެއްގެ ދަރިވަރުން ނޫނީ ސްކޫލަކަށް ނުދެ އެވެ. އެހެންވެ، ސްކޫލުތައް އޮތީ ފަޅަށެވެ.

(އިތުރު ތަފުސީލު އަންނަނީ)