ގުރުއާން ހިތުދަސް ހާފިޒުންތަކަކާއެކު ރައީސްގެ ދެކަނބަލުން: ގުރުއާން މުބާރާތުގެ އެއްވަނަައަށް ހޮވޭ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައި --- ފޮޓޯ/ރައީސް އޮފީސް
30 ސެޕްޓެމްބަރ 2025 - 12:35
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން މި އަހަރުން ފެށިގެން އެއް ވަނަ ހޯދާ ދަރިވަރުންނަށް، އެ މީހުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ހާއްސަ ސްކޮލަޝިޕެއް ދޭން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތަށް ހަދާނެ ކަމަށް މިދިޔަ އަހަރު އިއުލާން ކުރައްވާފައިވާނެ ކަމަށެވެ.
އެއާ އެއްގޮތަށް، ގައުމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއް ވަނަ ހޯދާ ފަރާތާއި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަދި ހާފިޒުންގެ ބައިން އެއް ވަނަ ހޯދާ ފަރާތަކަށް، އެ ދަރިވަރަކު ބޭނުން ދާއިރާއަކުން އަދި ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ހާއްސަ ސްކޮލަޝިޕެއް ދޭން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި. އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު…
— Dr Mohamed Muizzu (@MMuizzu) September 30, 2025
އޭގެ އިތުރުން އެ ތިން ކެޓަގަރީން އެއް ވަނަ ހޯދާ ދަރިވަރުންނާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ލިބޭ ފަރާތަކަށް ވެސް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުވެރި ފިލައެއް ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައް ވެސް ކުރިއަށް ވުރެ ގިނަވެފައި އަގުބޮޑުވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތު ވެސް އިތުރަށް ފަހިވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ އަދި އެންމެ ބޮޑު އިނާމުތައް ދޭންޖެހޭނީ މާތްﷲ ގެ މަތިވެރި ކަލާމްފުޅު ކަމަށްވާ ކީރިތި ޤުރުއާން އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށެވެ.
މި މަހުގެ 18 އިން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވި ގުރުއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގައި 119 ތަނަކުން 1،037 މީހުން ބައިވެރި އެވެ. ނަމަވެސް އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
01 October 2025
1 ވަނަ ލިބޭ މުގުރިއަކަށް 1 ޕީއެޗުޑީ އިސްކޯލްސޮޕު. 2 ވަނަ ލިބޭ މުގުރިއަކަށް 2 ޕީއެޗުޑީ އިސްކޯލްސޮޕު. 3 ވަނަ ލިބޭ މުގުރިއަކަށް 3 ޕީއެޗުޑީ އިސްކޯލްސޮޕު.
ރައިސް މުޒިމު
01 October 2025
ޤުރުއާން ކިޔަވަން ބާރު އެޅުމަށް އެޅުނު ރަގަޅު ފިޔަވަޅެއް، މިކަމާ ވަަރަށް ގިނަ ބަޔެއްގެ ފަހަތުކޮޅަށް ބާރު ކުރާކަން ފާހަގަ ކުރެވޭ
raajje
01 October 2025
ޤުރުއާންމުބާރާތްބާއްވަނީ ކަމަކަށްކަމެއްކުރާއުސޫލުން، ނަތީޖާފާޅުކުރަނީ ކިޔެވިކުދިން އެނބުރިރަށައްއައިސް އެކަންމަތިން ހަނދާންނެތޭހާދުވަސްކޮށްފަ ކިޔަވަންދާކުދިން ބޮޑުހަރަދެއްކޮށްގެން ގިނަފަހަރު އުނދަގުލުގައުޅެމުންކިޔަވަނީ... ނަތީޖާފާޅުކުރާދުވަހެއްނޭންގެ، ކޮންމެފަހަރަކުވެސްހަދަނީމިހެން، މުބާރާތްއިންތިޒާމުކުރާއިރު ބައިވެރިންނަށް އެނގޭނެހެން ނަތީޖާފާޅުކުރާދުވަސްވެސްއޮންނަންވާނީ ހަމަޖެހިފަ، ރާގުރާގަށްކިޔެވީމާފުދުނީކީނޫން ކޮބާ މާނައުނގެނުންފަދަކަންކަން؟
އީމާން އ
30 September 2025
ތި އިނާމު ކަމަކު ނުދޭ. ޤުރުއާން ކުރިއެރުވުމަށް ޤުރުއާނުގެ ދާއިރާއަކުން ކުރިއަށްދިޔުމަށް ހިލޭ ކޯހެއް ދިނުން އޯކޭ، އެކަމަކު ބޭނުން ދާއިރާއަކުން ޕީއެޗްޑީ އާ ހަމައަށް ހިލޭ ކިޔަވަން ފުރުސަދު ދިނުން ބަލައެއް ނުގަނެވޭ.
raajje
01 October 2025
އީމާން އ: އެކީއްވެ؟ އިނާމުލިބިގެން ބޭނުންދާއިރާއަކުން ބޭނުންގައުމަކުން ޕީއެޗްޑީއަށް ކިޔެވޭނެފުރުސަތުއޮތީމާ ޤުރުއާންމުބާރާތުގައި ބައިވެރިވެ ވަނަހާސިލުކުރަން މަސައްކަތްކުރާމީހުންގެ އަދަދުވަރަށްބޮޑަށްއިތުރުވާނެ، ތިޔަބުނާގޮތަށް ހަމައެކަނި ޤުރުއާނާބެހޭ ރޮގަނކުން ކިޔެވޭގޮތަށްއޮތީމާ މުބާރާތުގައި ބައިވެރިވަނީ ހަމައެކަނި އެރޮނގުން ކިޔަވަންބޭނުންވާމީހުންދޯ! ބަލައިނުގަނެވެނީކީއްވެ ކޮންސަބަބަކާހުރެ؟ "އީމާން އ" ގެއަތުން މިކަމަށް ހަރަދެއްކުރަންޖެހެނީތަ؟
ފިވެރެ
30 September 2025
ދިވެހިރާއްޖެއާ އެންމެ ގުޅޭ ރައީސް. އިސްލާމްދީނަކީ ދިވެހިންގެ އެއްބައިވަންތަކަން.
އަކުރަަމްް ހާޖީ
30 September 2025
އެންމެެ ބޮޑަށް ހިތްވަރު ދޭންވީ، ޤުރުއާނުގައި އަންގަވާފައިވާ އެންްގެވުންތައް ދަަނެގަނެ އެއާއި އެއްގޮތަށް އަމަލު ކުރާ މީހުންނަށެވެ. އަދި ރީތިކޮށް ކިޔެވުމަކުން ނުފުދެ އެވެ.
ޚަލީލުބެ
30 September 2025
ކައުންސިލް އިންތިޚާބަށް ތި ހުރިހާ ކަމެއް ކުރާނެ. ނިކަން ތިހާ ދީނަށް ލޯބި ކުރަންޏާ ރައްޔިތުންގެ ޖީބު ހުސްކުރާ ކިރާބެޓް އަދި ހަށިވިއްކާ ސްޕާތައް ބަންދު ކޮށްބަލަ. މިކަަމާ ދެކޮޅަށް ތެދުވާނެ ދީނީ ޢިލްމުވެރިއެއްވެސް މިޤައުމުގަ ހުރީކީނޫން.
ޖަޖު
30 September 2025
އިންސާފުނަ ޖަޖު ކުރެވޭނެ ބާ. ކޮރަޓު ޖަޖުން އިތުރުވުން ގާތް
ކިހިނެއް މިވަރުން ...
30 September 2025
މިސްކިތް ރީތި ކުރުމުން 100، ގްރުއާން ރީއްޗަށް ކިޔެވުމުން 100، އަމަލުކުރުން 25، ކިޔާ އެއްޗެއް ދޭހަވުމުން 20. މިސްކިތްތަކުގެ ސަފު ފުރުން 10.
ރިބަން
30 September 2025
މިއީ ވެސް ވަރަށް މީހުންގެ ސިކުނޑިއާ ކުޅެން ދެއްކި ބޮޑު އޮޅުވާލުމުގެ ވާހަކައެއް ކަމަށް ފެންނަނީ. އޭޣެ ސަބަބުތައް ބައެއް ކޮމެންޓްތަކުގައި އެބަހުރި.