އދ. މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 18:12
އދ. މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މާފަރު ފަޅަށް ވަޑައިގެންފަ އެވެ.
އެ ފަޅަށް ރައީސް ވަޑައިގެން އެތަން ބައްލަވައިލެއްވުމާއި އެއްބަސްވުމުގައި ސޮއި ކުރުމާ އެކު، އަމަލީ މަސައްކަތް ވެސް އެ މަނިކުފާނުގެ އެ ދަތުރުފުގައި ވަނީ ފަށައިފަ އެވެ.
މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަމީރާއި ޓޫރިޒަމް މިނިސްޓަރު ތޯރިގާއި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އަދި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ބައިވެރިވެވަޑައިގެން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމް ކުރަން ސަރުކާރުން ވަނީ ނިންމައި ރަށްތައް ކަނޑައަޅައިފަ އެވެ. މަހިބަދުއަކީ ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އާބަން ސެންޓަރުތައް ވާނީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ކަމަށާއި އެ ތަންތަނުން މަތީ ތައުލީމާއި ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތުތަކެއް ފަހިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
08 October 2025
މިހާރު ވަރަށް ގިނައިން ފެންނަ އެއްކަލަ ދެ ބޭފުޅުންދޯ؟ އެމްއޭސީއެލް ވަރަށް ހިގާ ދުވަސްކޮޅެއް.
އަސް
08 October 2025
މަށަށް ފެނޭ އެމްޓީސީސީ އުވާލަން. އެއަރޕޯޓް ކޮމްޕަނީގެ ދުވަސް ތި ދުއްވާލަނީ.
އަޅޯ
07 October 2025
ދެއްކުންތެރިކަން އިންތިހާ މި ނޫނީ ބައެއް ނުދެކެން.
ލަބީދު
07 October 2025
އެމް އޭސީ އެލް ގެ މެންޑޭޓަކީ ކޮބާ
ރާވެރިބެ
08 October 2025
އެމްއޭސީއެލްގެ މޭންޑޭޓްގަ ބިންހިއްކުމާ އަރބަން ސެންޓަރު ހެދުން މިހާރުވަނީ ހިމެނިފަ. މީގެ ކުރިން 2 ރަށުގެ ބިންހިއްކަން ވާނީ ހަވާލުކުރެވިފަ. ފަހަރެއްގަ ރަސްމާލެ ހިއްކަން ހަވާލުކުރަން ޖެހިދާނެ.
ކޮވެލި
07 October 2025
ކޮބާ ޕްލޭން. ތިގޮތަށް ރަސްމާލެ ވެސް ހިއްކާ ނިމިއްޖެ. މިފަހަރު ތި ޙަވާލް ކުރީ އެމްއޭސީއެލްގައި. އެތަނުން ދެން ތިކަން ޙަވާލް ކުރާނީ އެމްޓީސީސީ އާ ދޯ. ވަރަށް މޮޅު ގޮތެއް. އޭރުންތާ އޮޑިޓުން އެއްޗެއް ނުފެންނާނީ.
ޢާފް
07 October 2025
ޜަސްމާލެ ބޮޑުބަި ހިއްކާ މާސައްކަތް ކުރިޔަށްދާތަން ނުފެނޭބާ؟