ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރެޓްތައް ބަނދަރުގައި ބަހައްޓާފައި: މި ތަކެތި ގެއްލިގެން މިހާރު ވަނީ ތަހުގީގު ފަށާފައި. -- ފޮޓޯ: ކަސްޓަމްސް
09 އޮކްޓޯބަރ 2025 - 14:24
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލިއްޖެ އެވެ.
މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެ ދެ ކޮންޓެއިނަރު ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގަ އެވެ. އެމްޕީއެލްއާ އެ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިނގިރެޓްތައް ދެ ކޮންޓެއިނަރުގައި ނެތް ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ ހިސާބުން މައްސަލައިގެ ތަހުގީގު ފުލުހުންނާ ގުޅިގެން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވީ، ރާއްޖެ އަށް އެތެރެކުރާ މުދާތަކުގެ ލިޔެކިޔުން ފުރިހަމަކޮށް، ކްލިއާ ކުރެވެންދެން އަބަދުވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ކުންފުނި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އެއީ އަބަދުވެސް އަމަލުކުރާ އުސޫލު ކަމަށް ވާތީ ތަހުގީގު ނުނިމޭ މައްސަލަތަކާ ގުޅުން ހުރި ތަކެތި ވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ފަރާތުގެ ބެލުމުގެ ދަށުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސް އިން އަދިވެސް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޓޭކޯ
10 October 2025
މާކެޓް ވެލިޔު ކިހާވަރެއް އަރާނެބާ ؟؟؟
އަފްރާސިޔާބު
11 October 2025
ވެލިއުހުރީ ވެއްޔަށްވެފައި.
އަންދަލޫސިޔާ
10 October 2025
ޣައިބެއް ނުވާނެ. އެ ވަގަށް ނެގީ. ވަގަށް ނެގި ބަޔަކު އުޅޭނެ
އަފްރާސިޔާބު
11 October 2025
ނޫޅޭ ބަޔަކު. ފުލުހުންގެ އިންޓެލް ރިޕޯޓް ލިބިގެން ބެލިއިރު ހުސްތޮށިގަނޑުހުރީ. ވަޔަށް ބުރައިގެން ދިޔައީ.
ލަފާކޮށްލާ
10 October 2025
ޖަރީމާ އަސްލު މިތަންތަނުން ހިންގާނެވަރު ދެންބަލަމާ.
ލޮ ޖިކް
10 October 2025
މިވަރުން ދާނަމަ އިމާރާތް އެއްޗެހިވެސް ހުރިގޮތަށް ވަގަށް ނަގާނެތާ ؟؟؟
ހމމމމ
09 October 2025
ކަސްޓަމުން އެމްޕީއެލްގަ ހިފަހައްޓާފަ ހުރިއެއްޗެއް ބޭރު ވިއިރު ކަސްޓަމަށް އެމްޕީއެލް އަކަށް ނޭނގޭ. އެމްޕީއެލް އަދި ކަސްޓަމްގެ ވެރިފަރާތް ތަކުން ތީގެ ފުރިހަމަ ޒިންމާ ނަގަން ޖޭހޭ. ޑިއުޓީ ގެއްލުމުގެ ބަދަލު އެމީހުންގެ މުސާރައިން ބަހައިގެން ދައްކާ ގޮތަށް ހަދާ. މިއީ ވެރިންގެ ފެއިލިއަރ
އޮކްސީ
09 October 2025
ތިޔައެތި ގެނައި ބިންލާދިން ވިއްކީ އަލްގައިދާއަށް ދިޔައީ ދޫނިރާއްޖޭމަތިން މުއްޒުބޭ ދިދަނަގާން ހުއްޓާ ތިޔަކަމެއް ދެނަހުރި ކާޅެއްވެސް ވާލެއްވެސް މިރާއްޖޭގެ ހަރަރުބިތަކުނެތް މާތްރަސްކަލާނގެއަށް ވަކީލުކުރަން
ބޯ ހަލާ ކު
10 October 2025
އެހެންނުވާނީ މުޚާތަބުކުރީ ދިދަޔާ ވިއްޔަ
ފަރަންޖީ
09 October 2025
ދިސް އިޒް މޯޑިސް!! ކޮރަޕްޝަން ގޯލްޑް ސްޓޭންޑަޑް ގައުމެއްމީ. ލޮލް
raajje
09 October 2025
ތަހުގީގެއްކުރިޔަށްދާއިރު އެތަހުގީގާ ގުޅުންހުރި މުދަލާއި އިވިޑެންސް ހުންނަންޖެހޭނީ ތަހުގީގުކުރާފަރާތުގެ ބެލުމުގެދަށުގަ، ކަންކަން ދޯދިޔާއީ ވަކިވަރަކަށްނޫންވިއްޔަދޯ، މުޅިމައްސަލަ ބިނާވަނީ ތިޔަ ސިނގެރޭޓުތަކަށްކަމަށްވާއިރު ތަހުގީގުކުރާފަރާތްނޫންއެހެންފަަރާތެއްގެ ބެލުމުގެދަށުގައި ތިޔަތަކެތިހުރުމަކީ ތިޔަށް ބަދަލުގެނެސް އުނިއިތުރު ކުރުމުގެ ފުރުސަތުލިބޭނެކަމެއްދޯ! މިކަހަލަބޮޑެތިމައްސަލަތަކުގައިވެސް މިހިރީދޯ ކަންކަންކުރާލެއްކަނޑުކޮސްކަން،
ޖުލައި
09 October 2025
ތިޔަ ނަން ހާމަ ނުކުރާ ކުންފުނިން ގެންދިޔައީ ކަމަށް ވާނީ. ސަރުކާރަށް ވުރެ ތި ކުންފުނި ތަށް މަތީ. އެހެންވެ ތާ ނަން ހާމަ ނުކުރެވޭނީ މިހާ ދުވަސްވާއިރު.
ޖާދޫގަރު އއ
09 October 2025
ޖާދޫހަދާ ޝަރީފުއާއި ސުވާލުކުރިތަ؟ ރާއްޖޭގަ އެންމެ މަޝްހޫރު ޖާދޫގަރަކީ އޭނަ. އަޅޭފަހެ ބަޔަކުމޮޔަނުވާނެތަ މިނގާކަތަކާހެދި.