ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފޭދޫއަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2025 - 11:13
ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންވި ގޮތަށް ކަންކަން ނިމިގެންދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފޭދޫގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އެ ރަށު ސްކޫލްގެ މަސައްކަތް ކަމަށެވެ.
ސްކޫލުގެ ކްލާސްރޫމުތަކާއި މަލްޓިޕާޕޯސް ހޯލު ނިންމުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަން ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އޭގެ އިތުރުން އެ ރަށު ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލު ކުރައްވާނެ ކަމަށާއި އެ ބަދަލާއެކު ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ވެސް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އެމަނިކުފާނު ވައުދުވެވަޑައިގެން ގޮތަށް ކަންކަން ނިމިގެންދާތަން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފޭދޫއަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
- ފޭދޫ މަގުތައް ހެދުމުގެ މަޝްރޫއު
- ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި
- މޫދަށް އެރުމަށް ތަނެއް ހެދުމުގެ މަޝްރޫއު
- އަަންނަ އަހަރުގެ ބަޖެޓުގައި އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުން
- ހޭންޑްބޯލް ކޯޓެއްގެ މަސައްކަތް
- ޓާފް ބަދަލު ކުރުމާއި ލައިޓް ޖެހުމާއި ރޮސްޓްރަމެއްގެ މަސައްކަތް
- ޕަވާ ހައުސް މަސައްކަތް
- ފުލުހުންގެ މަރުކަޒެއް އެޅުން
- ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެންދޫ އެއަރޕޯޓް
15 October 2025
މެންދޫ އެއަރޕޯޓް
ޔާމީނު
14 October 2025
ވާހަކަތަކުން ލަފާކުރެވެނީ މިފަސްއަހަަރުދާނީ ހަމަ ދަރަނިދެއްކުމުގަކަން، އެކަންނިމޭއިރު ފަސްއަހަރުވެސް ނިމިފަ ހުންނާނީ، ދެން އަނެއްދައުރުގަދޯ ތިކަމާއުޅޭނީ؟
ބިލާހެއް
14 October 2025
2028 ގެ އިންތިޚާބްގެ ކުރިންވާނެ ކަމަށް މިބަލަނީ
އަފްރާސިޔާބު
14 October 2025
އަބަދުވެސް ވަޢުދުވިގޮތަށް ނޫންތޯ ކަންކަން ދަނީ. ރައްޔިތަކަށް ސަރުކާރުގެ ގެޒެޓްކުރެވި ލިބުނު އެއްޗެއް ލިބުނު ތަކުން އެއްވެސް ބަދަލެއްނުގެނެސް ދޭންވީވަޢުދު ކޮބާ؟ އެއީ ވަޢުދެއްނޫންތަ. 3 ކޮޓަރިއަށް އެދިފައިވާމީހުންނަށް 2 ކޮޓަރި ގިރާވަރު ފަޅުގެ ގޯތި ރަސްމާލެއަށް ބަދަލުކުރަން ވަޢުދުވިންތޯ.
ލީވާން ނަސީމް
14 October 2025
އިދިކޮޅަށް ކެތް ނުވެގެން އުޅެނީ ގައުމުގެ އިގްތިޞާދު ދުނޑާލަން، އެމީހުން ބޭނުމެއް ނުވާން ރައްޔިތުން ހަމަޖެހިގެން ދިރިއުޅޭކަށް
ލޯބިއަކީ ކަނުކުރާ އެއްޗެއް، ތި އެޅިފަހުރި އައިނު ނަގާ ...
14 October 2025
އެހެންވެ ދޯ، އަމިއްލައަށް އެއްވެސް ތަނަކުން ދީފަ އޮތް ތަންކޮޅެއް އަތުނުލާނަމޭ ކިޔާ އަޑަށް ބާރުލައިފަ އައިސް ރަސްމާލެ ހިއްކަނީ.
ފަރީދުު
14 October 2025
ވައުދާއި އެއްގޮތަށް ކަންކަން ކުރާތީ ބަޔަކަށް ހަޖަމް ނުވެގެން އުޅެނީ ސަރުކާރު ވައްޓާލަން، އެމީހުނަށް އެނގޭ މިސަރުކާރުން މި ވޭތުވެ ދިޔަ 2 އަހަރު އިގްތިސާދު ހަމަޔަށް އެޅުވީކަން، ދެން އެ ފެށި ޓޫރިޒަމް ބޯއީ ކޮޓް ކުރުމުގެ މަސައްކަތް.. މިސަރުކާރު މިދަނީ ހަމަޖެހޭ ޕުލޭން އެއްގެ ދަށުން
ހަމީދުބެ
14 October 2025
ލޯމަރައިގެން ބަލާމީހުނަށް ރައީސް މުއިއްޒު ކުރި ކަންކަން ނުފެއްނާނެ، ޑޮލަރު ހައްލު ކުރަން ކުރި މަސައްކަތުން މިއަދު ފުރާއިރު ފަސޭހަލުން ޑޮލަރު ލިބޭ 250 ހުރި ކާޑު ލިމިޓު 750 އަށް ބޮޑުކުރި، މާރޗް އިން ފެޝިގެން 1500 އަށް އެބަ ބޮޑުވޭ، ދެން މިކަން ކަން ބަަކަށް ނުފެނުމަކީ ރައީސް މުއިއްޒުގެ މައްސަލައެއް ނޫން
ހަސީީނާާ
14 October 2025
ހުވަފެން ދެއްކުން ނޫންކަމެއް އެބައޮތްތޯ. ދައުރު ނިމެން ދަނީ، ކޮށްފައި ދެއްކުނީ ކޮންކަމެއް
ސަންސެޓް25
14 October 2025
މަނިކުފާނު ވީ ވައުދެއް އަދި ފެށިތަން ނުފެނޭ، ކިހިނެތޯ ނިމޭތަން ފެންނާނި.
ގުދުގުދާބެއްޔާ
14 October 2025
ވައުދު ވީގޮތައް ހުޅުމާލެ ފޭސް 3 ކުން ދޭން ނިންމި ގޯތި ތައް އަވަހަށް ހަވާލުކޮއް ނިންމާ! އެހެން ނޫނީ ވޯޓެއް ނުލިބޭނެ!