އއ. މަތިވެރީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2025 - 14:46
ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.
އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި ޕެނިންސިއުލާގެ ޑިރެކްޓަރުން:
1- އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)
2- މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)
3- އަހުމަދު އަސްއަދު ހާޝިމް
4- ހުސައިން ރިޔާޒު
5- އަހުމަދު ސާނިއު
މި ކުންފުންޏާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ނުލިބ އެވެ.
މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން މިހާރު ވަނީ އިއުލާނެއްް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، ޕެނިންސިއުލާގެ ބޭނުމަކީ އެ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ.
އެ ކުންފުނިން މަޝްރޫއުތައް ހިންގާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވާ އެއް ދާއިރާ އަކީ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އެވެ. އެ ދާއިރާގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އެ ފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާނެ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުންޏެވެ.
އިއުލާނުގައިވާ ގޮތުން ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ އިން މަޝްރޫއުތައް ހިންގާނެ އަނެއް ދާއިރާ އަކީ އިމާރާތް ކުރުމުގެ ދާއިރާ އެވެ. ދައުލަތުގެ މަޝްރޫއުތަކުގެ އިތުރުން އަމިއްލަ މީހުންގެ މަޝްރޫއުތައް ވެސް އެ ދާއިރާއިން ހިންގާނެ ކަމަށް އިއުލާނުގައި ވެ އެވެ.
އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މ،ަސައްކަތް ޕެނިންސިއުލާ ކުންފުނިން ވެސް ކުރާނެ އެވެ.
އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދިއިރު، ރަށްރަށުގެ ބިން ހިއްކުމާއި އިންފްރާސްޓްރަކްޗާގެ ބޮޑެތި އެހެނިހެން މަސައްކަތްތައް ދައުލަތުގެ އެކި ކުންފުނިތަކާ އަންނަނީ ހަވާލު ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ އެއާޕޯޓުތައް ހެދުމަށް ބޭނުންވާ ބިން ހިއްކުމާ ވެސް އެމްއޭސީއެލުން ވަނީ ހަވާލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންފްރާރެޑް1
15 October 2025
ހެދޭ ނެހެދޭއެއްވެސް ނޭނގެ. މިހާރުވެސް އިންފްރާސްޓްރަކްޗަރއަށް ދެތިން ކުންފުނި އެބައޮތް. ރޯޑް ޑިވެލޮޕްމަންޓް، އެމްޓީސީސީ، އަދިވެސް އެހެން ކުންފުންޏެއްވޭ. މިހާރު އަނެއްކާ މިއިތުރުވީ ޕެނިންސޫލާ.
އަހުމަދުބިންސުލައިމާން
15 October 2025
ފެނަކަ ސައީދު އިންޖީނުގެ އަޅަން ފެށުން ކަހަލަ ކަމެއް ތިއީ. ތިޔަ ތަން ބަނގުރޫޓްވީ.
ޜޯނުއެދުރު އަލަމާ
15 October 2025
ޢެއާޕޯރޓް ޒަމާން ދިޔައީ ތި
އިޒްޔާންް
15 October 2025
ނޫނޭ. އެއާޕޯޓުން ރައްޔިތުންނަށް ހަގީގީ މަންފާ މީގެން ކުރާނީ.
ޢަރުތަ
14 October 2025
ސަބްސިޑަރީ ކުންފުނިން ދަނޑުވެރިކަން ކުރަންވެސް ފެނޭ، ފިސާރި ފުޅާކޮށް ޖެއްސީމަ ވެދާނެ، ރިސޯޓުތަކަށް ސަޕްލައި ކުރެވޭނެ މިންވަރަކަށް އުފެއްދުންތެރިކަން ލާޖުކޮށް ނުޖެއްސެންވީ ސަބަބެއް ނެތް.
އަސް
14 October 2025
ކުރާނެ އިތުރު ކަމެއް ނެތީދޯ،
ޖައުޝަންް
15 October 2025
ރައްޔިތުންނަށް މަންފާވާ ކަންކަންމިއީ. އެމްޑީޕީ ސަރުކާރުގެ ދަރަނި ބޯމަތީ އަޅައިގެންވެސް މި ސަރުކާރު މި ހިންގާލަނީ ރައްޔިތުންނަށް އެންމެ ލާބައާއި މަންފާ ވާނެ ގޮތަށް.
ޝޯމޭން
14 October 2025
ރައީސް މުއިއްޒު ދައުލަތުގެ މުއައްސަސާތަކުންނާއި ސަރުކާރުކުންފިނިތަކުގެ މެދުގަ އުޅޭ ޑުޕްލިކޭޝަންސް ނައްތާލާކަށް ނޫންތޯ އެމް.އޭ.އެލްއާއި އާރްއޭސީއެލް މާރޖްކުރީ. ދެން އެމްޓީސީސީގަ މަހާޖައްރާފުތަކާއެއްޗެހި އޮއްވާ އެމްއޭސީއެލުން ބިންހިއްކުންމީ ކޮންފަދަ ބޮޑު ޑުޕްލިކޭޝަނެއް.
ލަބީދު
14 October 2025
ސުޕޭސް ޕުރޮގްރާމް ހިންގަން އެމްއޭސީއެލް އިން ފެށުން ދެން އޮތީ
ހިޔާލީ އަލީ
14 October 2025
އެއަޕޯޓަށް އަންނަ ޓުއަރިސްޓުންނާއި ފުރާ ޓުއަރިސްޓުން އަތުން ނަގާ ޓެކްސް ބޮޑުވެ ޓުއަރިސްޓުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރުވެސް މި ބަލަނީ މި ފައިސާއިން އަނެއްކާ އަނެއް އިސްރާފު ފަށަން، މި ގައުމަށް ހެވެއް އެދޭ ނަމަ ބަޔަކު ފަސޭހައިން ޗުއްޓިހަދައި އެމީހުންގެ ފަރާތުން ނަފާވެރިކަމެއް ހޯދުމަށް ލުއި ދީބަލަ، މި ވެރިކަން އައި ފަހުން އުޅެނީ ގަދަ ބަސް ބުނުމާއި ގޮތްދޫނުކުރުމުގަ، އެއްވެސް ވަރަކަށް ވަށާ ޖެހޭ ވިޔަފާރީގެ ކަމަށް ނުވިސްނާ
ސަޅި
14 October 2025
ތިތަނުގަވެސް އެޗްޑީސީ އެއް އުފެއްދީ
ޢަރުތަ
14 October 2025
"ބަންޑާރަކަފަ" ގަންނަވާނެ އިތުރު ބަޔަކު ވުޖޫދަށްގެނައުން ނޫންކަމެއް ނުކުރޭ، ހާދަ ދެރަކަމެކޭ. މިތަން ނެތޭ ސަލާމަތް ވާކަށް، ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
އަފްރާސިޔާބު
14 October 2025
އެމްއޭސީއެލް އިން ކިޔަވާދޭނެ ސްކޫލް ޢިމާރާތްކުރުމަކީ އެތަނަށް ބޭނުންވާ މޭން ޕަވަރ ތަރައްގީ ކުރުމަށް ލިބޭނެ ހިއްވަރަކަށްވާތީ ސްކޫލް އަޅައި ހިންގުމަކީ ވަރަށް ބޭނުންތެރިކަމެއް. ދެން ރަށްރަށުގެ ކަރަންޓް ޙާލަތުދަށްވެ ފްލައިޓް ތަކަށް ރަނގަޅު އަލި ހޯދުމަށް އިންޖީނުގެ އަޅައި ހިންގުމަކީވެސް އެހާމެ ފައިދާ ހުރި ކަންކަން. އަދި މުވައްޒަފުން ރަނގަޅު ކާނާ ނުލިބި ތިބުމަކީ ފްލައިޓްތަކަށް ރިސްކަކަށްވާތީ ދަނޑުހެއްދުންވެސް މުހިންމު.