އައިޖީއެމްއެޗް.-- ފޮޓޯ: މިހާރު
16 އޮކްޓޯބަރ 2025 - 14:59
ބަލި މީހުންނަށް މަރުހަބާ ކިޔައި، އެހީވާން މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކަށް އިތުރު މުވައްޒަފުންތަކެއް ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
އެ ތަނުން ބުނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރާ މީހުންނަށް އެހީވާން ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުންގެ 40 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެ މަގާމަށް އަންނަ އަންގާރަ ދުވަހުގެ 1:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
މަގާމުގެ ޝަރުތަކީ ގްރޭޑު 10 ނިންމާފައިވުމެވެ. މުސާރައަށް ކަނޑައަޅާފައިވަނީ 12،000ރ. އެވެ.
- ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެ މައްސަލަތައް ހައްލުކޮށްދިނުން
- ހިދުމަތް ހޯދަން ދާ މީހުންނަށް ފުރިހަމައަށް މައުލޫމާތު ދިނުން
- އޯގާތެރިކަމާއި ހަމްދަރުދީވުން އަދި ހިނިތުންވުމާ އެކު މުއާމަލާތްކުރުން
އެ މަގާމަށް މިދިޔަ ޖުލައި މަހު ވެސް 55 މީހުން ވަނީ ހޮވައިފަ އެވެ.
އާއްމުންގެ ބޮޑު ޝަކުވާއެއް އޮންނަ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދޭ ހިދުމަތް ރަނގަޅުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ނަގަމުންނެވެ. އަދި އެ ތަނުގެ ހިންގުން ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކާއެކު، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ އަދި ތެލެސީމިއާ ސެންޓަރު ހިންގަނީ ވަކި ބޯޑެއްގެ ދަށުންނެވެ. ގްރޫޕުގެ ސީއީއޯއެއް ހަމަޖައްސަވައި، ކޮންމެ ހޮސްޕިޓަލެއް ހިންގަނީ ޑެޕިއުޓީ ސީއީއޯގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަނީފް
17 October 2025
ކޮބާތަ އެ ވަޒީފާއަށް އެޕްލައި ކުރާނެ ލިންކް. ޢެނގޭ ކުުއްޖެއް ލިންކް ޖަހާލަ ދީބަ؟
ޢެޑްމުންޑޯ
17 October 2025
24 ގަޑި އިރު ޚިދްމަތްސޭ ސިއޙީމަރުކަޒް ތަކުގައި ހުންނަނީ އެންމެ ލެބްޓެކްޝީނެއް ، އޭނާ ސަލާންބުނެފިނަމަ އެދުވަހަކު ޓެސްޓެއް ނުހެދޭ ،.ތިޔަ 40 މީހުންނަށްވުރެ މާރަގަޅުވާނެ މިފަދަ ސިއްޙީމަރުކަޒްތަކަށް 2 ލެބް ޓެކް. ޙަމަކުރިއަސް ،
ޑީިޑީި
17 October 2025
ހޮސްޕިޓަލަށް ދަނީ މަރުހަބާ ހޯދާކަށްނޫން. ހޮސްޕިޓަލަށް ދަނީ ފަރުވާހޯދާން. ކައުންޓަރުތަކުގާ ތިބޭ މީހުންނަށް ޗީޒޭ ބުނަށް ދަސްކޮށްދީބަލަ.
ހެލްތުކުރައިސިސް
17 October 2025
ތިކަންކުރުމުގެކުރިން އައިޖީއެމްއެޗް އައިސީޔޫގަ މަރުވާއަދަދު ނިސްބަތުން އެހާ މަތީ ކީއްވެތޯ އިންޑިޕެންޑެންޓު ފާރމެއްލައްވައި އޮޑިޓެއްހަދާލަބަލަ!
ދ×43ރ4
17 October 2025
މުސާރައަށް 12،000 ދީފަ ޕާރޓީ ކުދިން ނެރުމަކީ ކަމުދާ ކަމެއް ނޫން ބުރޯ..ހަމައެކަނި މަރުހަބާ ކިޔާލަން...
މުހަންނަދު
16 October 2025
ބޭސް ސިޓީ ހިފައިގެން މާލެތެރޭ ފާމަސީތަކަށް ދުއްވާލަ ދޭނެ 250 ވަރަކަށް ޕާޓީ ކުދިން ވައްދަން ފެނޭ
ކަތްދައްތަ
16 October 2025
ސަބާސް! މިއޮތީ ވެރިކަމެއް ބަޔަކަށް ލިބިފަ! ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވާނެ ބަޔަކު ހޮއްވަވާކަށް ނޫޅެންތޯ؟
ޢަރުތަ
16 October 2025
"އެ މަގާމަށް މިދިޔަ ޖުލައި މަހު ވެސް 55 މީހުން ވަނީ ހޮވައިފަ އެވެ". އަނެއްކާ 40 މީހުން، ކިތައް ސަތޭކަ މީހުން މަރުހަބާ ކިޔަން ތިބެގެންބާ ކުރަން ތިއުޅޭ ކަމެއް ކުރެވޭނީ!
ގޮނުއަނގަ
16 October 2025
އަޅެ އަހަރެމެން ރަށުގަވެސް ބަލިމީހުން ބަލިވީމާ ދާން ހޮސްޕިޓަލް ހުރޭ. މަރުހަބާ ކިޔާ މީހުންނެއްނެތް ބައިވަރެއް އަޅާލަ ދީބަލަ. ބަލިވެގެން އެތަނަށް ދާއިރު އަމާ ހަނދާންވާވަރުން ހަމަ ރޮވޭ. އެކަމަކު މަރުހަބާ ކިޔާ ބަޔަކު ނުތިބޭ.
މަޙާ
16 October 2025
“އޯގާތެރިކަމާއި ހަމްދަރުދީވުން އަދި ހިނިތުންވުމާ އެކު މުއާމަލާތްކުރުން“- ޑަކްޓަރުންނަށް މިކަން ކުރަން ރުފިޔާ ނުދޭތީތަ ބަލި މީހުންނަށާ އެޙިތެރިންނަށް އެހާ ބޮޑާ ކަމާ އެކު ވާހަކަ ދައްކަނީ؟