މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
29 އޮކްޓޯބަރ 2025 - 10:37
މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މ. ބޮޑުގެ މިސްކިތް އަޅަން މާދަމާ ބިންގާ އަޅާނެ ކަމަށެވެ. އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ އެވެ. ޝަހީމް، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި އެތަން ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރުހަލާ އެވެ.
ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅާނެ އެވެ. އެތަން ވަނީ ބަޔަކާ ހަވާލުކޮށް، ޑިޒައިންކުރުމުގެ މަރުހަލާގަ އެވެ.
ޝަހީމް ވިދާޅުވީ ހުޅުމާލެ 1 ގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށެވެ. އެ ހުރިހާ މިސްކިތަކަށް ވެސް ސްޕޮންސާ ވަނީ ހަމަޖެހިފަ އެވެ.
"ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެކެވެ. އެއީ ހެންވޭރު މަސްޖިދު އަފީފުއްދީނެވެ. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ އެވެ. މި ހުރިހާ މަޝްރޫއަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ." ޝަހީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރިއަސް، އާސާރީ މިސްކިތްތައް ހަމަ އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ޒަމާނީ މިސްކިތްތައް ބިނާކުރަނީ އިލްމީ އަދި އިޖްތިމާއީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމަދްް
30 October 2025
މިސްކިތަކީ މާތްﷲ ގެ ގެކޮޅު. އަހަރު ދެކޮޅު އަމިއްލަ ގެ ހަދާ. އެކަމަކު މިސްކިތްތަށް ހުންނަނީ ހުރިގޮތަށް. މިގޮތަށް ހިނގަމުންއައިކަމެއްގެ ނިމުން ފެނުމުން ހާދަހާވާ އުފާވޭ.
ރީނދޫ ހުމުގެ ނުބައިކަން
30 October 2025
އަހަރެމެންގެ ނަސީބު އިސްލާމްދީނަށް ނުހަނު ލޯބިކުރާ ވެރިޔަކު ލިބުނުކަމީ. އެހެންނޫންނަމަ ތި މިސްކިތްތަށް ވީރާނާވެ ފަނާވަންދެން އަޅައެއްވެސް ނުލާނެ.
ނިއުމާާ
30 October 2025
މިއީ މި ސަރުކާރުން އިސްނަގައިގެންކުރާ ވަރަށް ރަނގަޅުކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ
ޝަހުބާން މުހައްމަދު
29 October 2025
ވަރަށް އުފާވެރި ހަބަރެއް. މިސްކިތްތައް އައުކޮށް އަބަދުވެސް ބަލަހައްޓަން ޖެހޭނެ.
އިސްކުރު
29 October 2025
ހުކުރުމިސްކިތް ތަޅާލަނީތަ އަނެއްކާ.
ޗދޗާޑށ
29 October 2025
އިހަށް ޚަބަރު ކިޔާބަލަ
އަބޫ
29 October 2025
ދަރުމަވަންތަ މިސްކިއް ބިހުރޯޒުކަމަނާ މިސްކިއް
ޗދސޗދސ
29 October 2025
ޚަބަރު ކިޔާލިއްޔާ އަޒާބު ލިބެނީތަ؟
އަލީބެ
29 October 2025
މާލޭގައި ބާމިސްކިތަަކަށް ހުރީ ހުކުރުމިސްކިތާ އަދިވެސް އާސާރީ މިސްކިތްތައް. މިސްކިތްތައް ޒަމާންވުމަކީ ތަޅާލަން ޖެހޭ ސަބަބެއްނޫން. ފާޚާނާބަރިއާ ވުޟޫކުރާބައި ތަޅާލިޔަސް އެންމެރަނގަޅު. މާލޭގައި ސަރުކާރު ބަޖެޓުން ހެދިމިސްކިިތެއްނެތް. މުޅިންވެސް އަމިއްލަ ފަރާތްތަކާ ބޭރުގެ އެހީއިން. ދައުލަތުން ހަދާނަމަ ހުޅުމާލޭގައިވެސް ޓިނުން ވަގުތީ މިސްކިތެއް ހުރީ. އިސްލާމްދީނަށް ހައްގު މިންވަރަކީ މީބާ.
އެޑްމުންޑޯ
29 October 2025
އަޅާނެ ތިކިޔަނީ ، އަޅަ ދުވަހެއް ނާދޭ
މަން
29 October 2025
ހުޅުމާލޭގައި އަޅަނީ ހަމަ އެކަނި ވިޔަފާރި ވެރިންގެ ފްލެޓްތަ؟ އިސްލާމި މަރްކަޒް އަދި ދަރުބާރުގެ ކަހަލަ ތަނެއް އަޅާ ބަލަ. މައުމޫން ފަދަ މީހެއް ނެތީތަ ހަމަ. އޭނަ ހާދަ ވިސްނުންތެރިއޭ
ޭއަލްޓިކޯ
29 October 2025
މަޖުލިހަށް ހުށަހަޅާ ބަޖެޓްގަ ލިޔާނެ އެއްޗެއްހޯދާލީ ދުލެއްގަ ވިއްޔާ އިތުބާރެއް ތެދުވެރިކަމެއްވެސް އޮންނަންވާނެ ހުސްއަންނަމަހާ އަންނައަހަރު ކިޔުމުގަ 2 ތޮޅިއަށް މިދިޔައީ